| ހޮނިހިރު, 06 މާރޗް 2010 17:01 |
| ޤައުމުގެ ލާމަސީލު އަންހެންދަރިޔާ، ޑީއާރުޕީން ހޯމަދުވަހު ހޮވަނީ |
އިދިކޮޅު ޑީއާރުޕީން މިއަހަރުގެ އަންހެނުންގެ ދުވަހާ ދިމާކޮށް ޤައުމުގެ ލާމަސީލު އަންހެން ދަރިޔާ އަންނަ ހޯމަ ދުވަހު ހޮވާގޮތަށް ހަމަޖައްސައިފިއެވެ.ޑީއާރުޕީގެ އޮފިޝަލަކު ވިދާޅުވީ މި މަޤާމަށް އަންހެނަކު ހޮވާނީ އެކަމަށް ޚާއްޞަ ޕެނަލަކުން ކަމަށާއި އެ މަޤާމު އިޢުލާން ކުރާނީ ދަރުބާރުގޭގައި ބާއްވާ ޚާއްޞަ ޖަލްސާއެއްގައި ކަމަށެވެ. " އެޖަލްސާގައި ޑީއާރުޕީގެ އަންހެން މެންބަރުންނާއި ފިރިހެން މެންބަރުންވެސް ބައިވެރިވާނެ. ޑީއާރުޕީގެ ޒަޢީމުވެސް ބައިވެރިވެވަޑައިގަންނަވާނެ" އޮފިޝަލް ވިދާޅުވިއެވެ. މި މަޤާމަކީ ސިޔާސީ ދާއިރާގައި ޤައުމަށް ފައިދާހުރި މަސައްކަތްތައް ކޮށްފައިވާ އަންހެނުންގެ ތެރެއިން ހޮވޭ މަޤާމެއްކަމަށް ޚަބަރު ލިބިފައިވެއެވެ. |
ކިޔުންތެރިންގެ ޚިޔާލް