އަންގާރަ, 09 ފެބްރުއަރީ 2010 00:22
މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި


މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް މުޙައްމަދު ޝިހާބު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ. އިންޑިޔާގެ ހޯމް މިނިސްޓަރގެ ދަޢުވަތަކަށް މި ފެބުރުއަރީ މަހުގެ 01 ން 08 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ ހޯމް މިނިސްޓްރީގެ ތަފާތު ދާއިރާތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަމާއި އެއްބާރުލުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް މުޙައްމަދު ޝިޙާބްގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަޞީޙާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ޔޫނުސް ސޮބާޙްވެސް ބައިވެރިވެލެއްވިއެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ހޯމް މިނިސްޓަރާއި ބައްދަލުކުރައްވާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ހޯމް މިނިސްޓްރީގެ ދާއިރާގެ ތެރެއިން އިންޑިޔާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އިންޑިޔާއިން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އިންޑިޔާގެ ހޯމް މިނިސްޓަރ އަރުވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި އަލަށް ފުރިހަމަ ޖަލެއް ބިނާކުރެވޭއިރު ޖަލު ޑިޒައިން ކުރުމާއި ޖަލު މެނޭޖް ކުރުމަށްވެސް އެފަރާތުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި ޕޮލިސް އެކަޑަމީއެއް ބިނާކުރުމާއި، ދިވެހި ރާއްޖޭގައި ޒަމާނީ ފޮރެންސިކް ލެބޯޓްރީއެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތް ހަލުއި ކުރައްވާނެ ކަމަށާއި، މިދެ ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެދިލައްވާ ތަމްރީނުތައް އިންޑިއާގެ ޕޮލިސް އެކަޑަމީތަކުން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ކަންކަން ޒަމާނާއި އެއްގޮތަށް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ އިތުރު އާލާތްތައް އިންޑިއާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި މިބޭފުޅުން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި)ގެ ޑައިރެކްޓަރާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ކުށުގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި، މޯލްޑިވްސް ޕޮލިސް ސާރވިސްގައި ކޯޕަރޭޓް އަދި ވައިޓް ކޮލާރ ކުށްތަކާއި، ސައިބަރ ކްރައިމްސް ފަދަ ކުށްތައް ތަޙުޤީޤުކުރުމަށް މުވައްޒަފުން ބިނާކުރުމާއި، މިފަދަ ސެކްޝަނެއް މޯލްޑިވްސް ޕޮލިސް ސާރވިސްގައި ޤާޢިމުކުރުމަށްޓަކައި ފަންނީ އެހީދޭނެ ފަރާތެއް ފޯރުކޮށްދެއްވާނެކަމަށް ސީ.ބީ.އައިގެ ޑައިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އޮފް ހޯމްއެފެއަރޒް އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެވަޑައިގެންފިއެވެ. އިންޑިޔާގެ ހޯމް މިނިސްޓަރގެ ދަޢުވަތަކަށް މި ފެބުރުއަރީ މަހުގެ 01 ން 08 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވި މި ދަތުރުފުޅަކީ ހޯމް މިނިސްޓްރީގެ ތަފާތު ދާއިރާތައް އިތުރަށް ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ވެދެއްވެންހުރި އެހީތެރިކަމާއި އެއްބާރުލުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް މުޙައްމަދު ޝިޙާބްގެ އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަޞީޙާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ހެޑް އޮފް ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ޔޫނުސް ސޮބާޙްވެސް ބައިވެރިވެލެއްވިއެވެ.

މިދަތުރުފުޅުގައި އިންޑިއާގެ ހޯމް މިނިސްޓަރާއި ބައްދަލުކުރައްވާ ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ހޯމް މިނިސްޓްރީގެ ދާއިރާގެ ތެރެއިން އިންޑިޔާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަށް އިންޑިޔާއިން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން އިންޑިޔާގެ ހޯމް މިނިސްޓަރ އަރުވާފައިވެއެވެ. އެގޮތުން ދިވެހިރާއްޖޭގައި އަލަށް ފުރިހަމަ ޖަލެއް ބިނާކުރެވޭއިރު ޖަލު ޑިޒައިން ކުރުމާއި ޖަލު މެނޭޖް ކުރުމަށްވެސް އެފަރާތުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. މީގެއިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި އިންޑިއާ ސަރުކާރުގެ އެހީގައި ޕޮލިސް އެކަޑަމީއެއް ބިނާކުރުމާއި، ދިވެހި ރާއްޖޭގައި ޒަމާނީ ފޮރެންސިކް ލެބޯޓްރީއެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތް ހަލުއި ކުރައްވާނެ ކަމަށާއި، މިދެ ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެދިލައްވާ ތަމްރީނުތައް އިންޑިއާގެ ޕޮލިސް އެކަޑަމީތަކުން ލިބޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުންގެ ކަންކަން ޒަމާނާއި އެއްގޮތަށް އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ އިތުރު އާލާތްތައް އިންޑިއާ ސަރުކާރުގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިދަތުރުފުޅުގައި މިބޭފުޅުން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި)ގެ ޑައިރެކްޓަރާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ކުށުގެ ޙާލަތަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި، މޯލްޑިވްސް ޕޮލިސް ސާރވިސްގައި ކޯޕަރޭޓް އަދި ވައިޓް ކޮލާރ ކުށްތަކާއި، ސައިބަރ ކްރައިމްސް ފަދަ ކުށްތައް ތަޙުޤީޤުކުރުމަށް މުވައްޒަފުން ބިނާކުރުމާއި، މިފަދަ ސެކްޝަނެއް މޯލްޑިވްސް ޕޮލިސް ސާރވިސްގައި ޤާޢިމުކުރުމަށްޓަކައި ފަންނީ އެހީދޭނެ ފަރާތެއް ފޯރުކޮށްދެއްވާނެކަމަށް ސީ.ބީ.އައިގެ ޑައިރެކްޓަރ ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
އަހަރެމެން ރައްޔިތުންގެ ލޮލަށް ކަރުނަގޭހެއް ނުޖަހާނަން. އަހަރެމެން ޖަހާނީ ޒަމްޒަމްފެން.
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...