ހޯމަ, 08 ފެބްރުއަރީ 2010 15:54
ރ. މަޑުއްވަރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ފިރިހެނަކު ފިހިއްޖެ


މިހާދިސާއާ ގުޅިގެން ފުލުހުން ވިދާޅުވީ، ރ. މަޑުއްވަރީގައި ގޭސް ލީކުވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ޢުމުރުން ދުވަސްވީ ފިރިހެނަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި، މިހާދިސާ ހިނގާފައިވަނީ އޭނާ ގޭސް އުނދުނުން އެއްޗެއް ކައްކަން އުޅުމުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މިހާދިސާގައި އޭނާގެ ހަށިގަނޑުން 90 އިންސައްތަ ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އޭނާއަށް މިހާރު ގެންދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫ އިން ފަރުވާދެމުންނެވެ.


  15:30 -

ރ. މަޑުއްވަރީގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފިއެވެ. މިހާދިސާގައި ފިރިހެނަކު ވަރަށްބޮޑަށް ފިހިގެން ފަރުވާ ދިނުމަށްޓަކައި ރ. އުނގޫފާރު ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގެ މަޢުލޫމާތު އެމްއެލްއަށް ލިބިއްޖެއެވެ. ތަފްޞީލް އަންނަނީ..

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އަޅުގަނޑު ހިތަށް އަރާ ރ. އުގޫފާރު ހޮސްޕިޓަލުގައި އައި.ސީ.ޔޫ އެއް ހުރޭބާވައެވެ. މިއީ މިހާ ގިނަދުވަސްވީ ހޮސްޕިޓަލް ތަކުގެ ތެރެއިން ތަރައްޤީ ނުވެ ހުރި ހަމައެކަނި ހޮސްޕިޓަލޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ،،، ތިބުނާ މީހާ ފިހުނީ ކައްކަން އުޅެނިކޮށްނެއް ނޫންކަމަށް ބުނަނީ،،،،،،އެކަމަކު މިއާޓިކަލުގައި މިވަނީ ކައްކަން އުޅެނިކޮންނޭ،،،ރަގަޅު ގޮތަކީ ކޮބާބާ؟؟؟؟؟؟؟
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...