ހޯމަ, 08 ފެބްރުއަރީ 2010 12:45
ހުޅުމާލޭ ފެރިއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


މިއަދު މެންދުރު 12:25 ހާއިރު ކ.ފުނަދޫ ކައިރީގައި ހުޅުމާލޭ ފެރީއަކާއި ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއްޖެހި ހިނގި މިއެކްސިޑެންޓުގައި ކުޑަކުއްޖަކަށާއި، ހަތް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް ކޯސްޓްގާޑުން ވިދާޅުވިއެވެ.

މިއެކްސިޑެންޓްގައި އަނިޔާ ލިބިފައިވާ މީހުންގެ ތެރެއިން ހަތް މީހުންނަކީ ފެރީން ދަތުރުކުރި މީހުންނެވެ. އަދި ލޯންޗުން ގެއްލުންލިބިފައިވަނީ އެލޯންޗުގެ ފަޅުވެރިއަކަށެވެ. މިހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ތިން މީހަކަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ބާކީ މީހުންނަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށްވެސް ކޯސްޓްގާޑުން މަޢުލޫމާތު ދެއްވައެވެ.

މިއެކްސިޑެންޓާއި ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، އެކްސިޑެންޓްވި ލޯންޗަކީ ރަންނާޅި ރިސޯޓުން ފަތުރުވެރިންތަކެއް ގޮވައިގެން ހުޅުލެއަށް ދިއުމަށް ދިޔަ ''ސްވެނިއަރ އިންވެސްޓްމަންޓް'' ގެ ލޯންޗެއް ކަމަށެވެ. އަދި އެކްސިޑެންޓްވި ދޯންޏަކީ، "ނިޔާމަ- 7" ނަމަކަށް ކިޔާ ހުޅުމާލެ ފެރީއެއްކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މެރިން ޕޮލިސްއިން މިހާރު ގެންދަނީ މިއެކްސިޑެންޓް އިތުރަށް ތަހްޤީޤް ކުރައްވަމުން ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.

 ކުއްލި ޚަބަރު

12:45 -

 މާލެކައިރީގައި ހުޅުމާލެ ފެރިއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއެކްސިޑެންޓްގައި ތިން މީހަކަށް ހާނިއްކަވެގެން މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

 

އަނިޔާވި ތިން މީހުންގެ އިތުރުންވެސް އިތުރު އެހެން ބަޔަކަށް އަނިޔާވި ކަމުގެ މަޢުލޫމާތު ވަނީ ދާދި ދެންމެ ލިބިފައެވެ.

ތަފްޞީލް އަންނަނީ.. 

 

 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
+1
 
 
 
ރައްދު ދެއްވުމަށް
މިހާރަކަށް އައިސް ކަނޑުމަތީގައިވެސް އެކްސިޑެންޓްތައް ގިނަވެއްޖެ. މިހެންވާންދިމާވަނީ އަސްލު ބަލަންވާވަރަށް ނުބަލާތީއޭ ބުނެވޭނީ. މިއެކްސިޑެންޓްގައި އަނިޔާލިބުނު އެންމެންނަށް އަވަސް ޝިފާޔަކަށް އެދެން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...