| އާދިއްތަ, 27 ޑިސެމްބަރ 2009 00:56 |
| ދެތިންހަފްތާ ތެރޭގައި އައްޑު އަތޮޅާއި، ފުވައްމުލަކުގައި ދަތުރުފަތުރުގެ ނިޒާމުން ގުޅާލެވޭނެ - ޓްރާންސްޕޯޓް މިނިސްޓްރީ |
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ މަޝްރޫޢުގެ ދަށުން ދެކުނު ޕްރޮވިންސްގައި ހިމެނޭ އައްޑު އަތޮޅާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދެތިން ހަފްތާތެރޭގައި ފަށައިގަނެވޭނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރްމަންޓް އިން ވިދާޅުވެއްޖެއެވެ. މިނިސްޓަރ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރްމަންޓް އިން ވިދާޅުފައިވަނީ ދެކުނު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް ސަރުކާރާއެކު ސޮއިކޮށްފައިވަނީ އެމްވީކޭ އާއެކު ކަމަށާއި، ޚިދުމަތް ދިނުމަށް ބޭނުންކުރާނެ އުޅަނދުތައް އެފަރާތުން މިހާރު ހޯދާފައިވާ ކަމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ. މިހާތަނަށް ސަރުކާރުންވަނީ މަތިއުތުރު ޕްރޮވިންސާއި، މެދުއުތުރު ޕްރޮވިންސާއި، މެދު ދެކުނު ޕްރޮވިންސް، މަތިދެކުނު ޕްރޮވިންސް އަދި ދެކުނު ޕްރޮވިންސްގެ ދަތުރުފަތުރުގެ ޚިދުމަތްދިނުމަށް އަމިއްލަ ފަރާތްތަކާއެކު ސޮއިކުރައްވާފައެވެ. މީގެ ތެރެއިން މެދު ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމަކުންވަނީ ގުޅުވާލެވި ޚިދުމަތް ދެއްވަން ފަށްޓަވާފައެވެ. މެދު އުތުރު ޕްރޮވިންސްގައި ހިމެނޭ އއ.އަތޮޅުގެ ދަތުރުފަތުރުގެ ޚިދުމަތްވެސް ވަނީ ފެށިފައެވެ. |
ކިޔުންތެރިންގެ ޚިޔާލް
_އާސަރުކާރުން ފޮނިބޯން އެންމެފުރަތަމަލިބުނު ވިޖްދާން ބިން..._