ހޮނިހިރު, 05 ޑިސެމްބަރ 2009 00:46
ދިވެހި ޙައްޖުވެރިން ރާއްޖެދިއުމަށް ދަތުރުފަށައިފި

މައްކާއިން: މުޙައްމަދު އަނީލް

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެއަށް ދިޔުމުގެ ދަތުރު ފަށައިފިއެވެ.

މިއަދު ހެނދުނު 7:30 ގައި އަލްމަނާސިކް ގުރޫޕްގެ ބައެއް ޙާޖީން ވަނީ ޖިއްދާއަށް ދިޔުމަށް ދަތުރު ފަށާފައެވެ. ޤަޠަރު އެއާލައިންސް އިން މާލެއަށް ދަތުރު ކުރާ މި ގުރޫޕްގެ ޙައްޖުވެރިން ޖިއްދާއިން ފުރުމަށް ހަމަޖެހިފައިވަނީ މިރޭ 11:00 ހާއިރުއެވެ.

މީގެ އިތުރަށް މިރޭ ސިސިލްފަރު ގުރޫޕްގެ ބައެއް ޙައްޖުވެރިންނާއި އައްޞަފާ ގުރޫޕްގެ ބައެއް ޙައްޖުވެރިން ރާއްޖެ ދިޔުމަށް ފުރާނެކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޙައްޖުވެރިން ރާއްޖެ ދާއިރު ހުރިހާ ހައްޖުވެރިންގެ ޙާލުވެސް އާދައިގެ ގޮތެއްގައި ރަނގަޅެވެ.