|
ބުރާސްފަތި, 03 ޑިސެމްބަރ 2009 21:07 |
|
ގދ. ކާޑެއްދޫ ކައިރި ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި 15 މީހަކަށް އަނިޔާވެއްޖެ |
|
10:40 - ގދ. ކާޑެއްދޫގެ އިރުމަތި ފަރާތުން ގާތްގަޑަކަށް 500 ފޫޓު ދުރުގައި ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 15 މީހަކަށް އަނިޔާވެ، އޭގެތެރެއިން ގދ. ތިނަދޫ މާކަރީ ލައިޓް ޢުމުރުން 23 އަހަރުގެ މަސްޢޫދަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި އަންނަނީ ފަރުވާ ދެވެމުންނެވެ.
މިއެކްސިޑެންޓް ހިނގީ ރޭ އިރާކޮޅު ގދ. މަޑަވެލިން ގދ. ތިނަދޫއަށް ދަތުރުކުރި ދޯންޏެއްގައި ގދ. ކާޑެއްދޫއިން ނިކުމެގެން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ލޯންޗެއް ޖެހިގެންނެވެ. މިއެކްސިޑެންޓް ހިނގިއިރު ލޯންޗްގައި 12 މީހުން، އަދި ދޯނީގައިވެސް 12 މީހުން ދަތުރުކުރިއެވެ. އޭގެތެރެއިން އަނިޔާ ލިބުނު 15 މީހަކު ގދ. ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވެއެވެ. އެއީ ދިހަފިރިހެނުންނާއި ފަސް އަންހެނުންނެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނަކުވެސް ހިމެނެއެވެ.
ގދ. ކާޑެއްދޫ ކައިރި ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި 15 މީހަކަށް އަނިޔާވެއްޖެ 21:05-
ގދ. ކާޑެއްދޫ ކައިރި ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި 15 މީހަކަށް އަނިޔާވެއްޖެއެވެ.
ދޯންޏަކާއި ލޯންޗެއް ޖެހުމުގެ ސަބަބުން ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އަނިޔާވީ ކިހާވަރަކަށް ކަމެއް އަދި ޔަގީނެއް ނުވެއެވެ. އެހިސާބުގައި އޮތް ދޯންޏަކާ ހަވާލާދީ އިތުބާރުހުރި މަސްދަރަކުން މި ޚަބަރު ވަނީ ކަށަވަރުކޮށްދީފައެވެ. މިޚަބަރާގުޅޭ ތަފްސީލު ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ.
|
ކިޔުންތެރިންގެ ޚިޔާލް