| އާދިއްތަ, 29 ނޮވެމްބަރ 2009 01:37 |
| 2010 ވަނައަހަރުގެ ލަފާކުރާ ބަޖެޓަށް ޑީއާރުޕީން ވަރަށް ބޮޑަށް ފާޑުކިޔައިފި |
ސަރުކާރުން އަންނަ އަހަރަށް ލަފާކުރައްވާފައި ދައުލަތުގެ ބަޖެޓަށް އިދިކޮޅު ޑީއާރްޕީން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. ޑީއާރުޕީން ބަޖެޓަށް ފާޑުކިޔާފައިވަނީ އެޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ. ޑީއާރްޕީން މިބަޖެޓާއިމެދު ދެކޭގޮތް ފާޅުކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އަންނަ އަހަރަށް ލަފާކުރައްވާފައިވާ ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވާ އެގާރަ ބިލިޔަން ރުފިޔާގެ ބަޖެޓަކީ ރައްޔިތުންނަށް ފައިދާހުރިކަންތައްތަކެއް ކުރަން ކަނޑައެޅިފައިނެތް ބަޖެޓެއް ކަމަށާއި އެބަޖެޓަކީ ސާޅީސް އިންސައްތަ ދަރަނިބޮޑު ބަޖެޓެއް ކަމަށެވެ. ޑީއާރުޕީން މި ނޫސްބަޔާން ނެރެފައި މިވަނީ ހުކުރު ދުވަހު ރައީސް މުޙައްމަދު ނަޝީދު އެމަނިކުފާނުގެ ރޭޑިއޯ ޚިޠާބުގައި މިފަހަރު ހުށަހެޅުއްވި ބަޖެޓްގެ މައިގަނޑު އެއް އަމާޒަކީ، އިންފްލޭޝަން ކޮންޓްރޯލްކުރުން ނުވަތަ މުދަލާއި ޚިދްމަތުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުންކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ. ޑީއާރުޕީގެ ނޫސްބަޔާނުގައި ރައީސް ނަޝީދުގެ ރޭޑިއޯ ޚިޠާބަށްވެސްވަނީ ފާޑުކިޔާފައެވެ. |
ކިޔުންތެރިންގެ ޚިޔާލް