| ހޯމަ, 23 ނޮވެމްބަރ 2009 23:13 |
| ހ. އަތިރީގެއާގޭގެ ދެވަނަ ފަންގިފިލާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި |
|
ހ. އަތިރީގެއާގޭގައި ދެވަނަ ފަންގިފިލާގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. މިރޭ އިރުއޮއްސުނު ވަގުތާ ދިމާކޮށް ހިނގި މިއަލިފާނުގެ ހާދިސާގައި ދެފަންގިފިލާއަށް އިމާރާތްކޮށްފައިވާ މިޢިމާރާތުގެ ބޮޑުބައެއްވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ. މިހާދިސާގައި އެގޭގައި ދިރިއުޅޭ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް މިހާދިސާގެ ސަބަބުން ހ. އަތިރީގެއާގޭގެ ދެވަނަ ފަންގިފިލާގައިވާ ދެކޮޓަރީގެ އެޕާރޓްމަންޓް ވަނީ ބޭނުންކުރެވޭވަރަށް އަނދައިގެން ގޮސްފައެވެ. މިއެޕާރޓްމަންޓަކީ ބޭރު ބިދޭސިންގެ ފަސްމީހުން ނިދުމާއި ކައްކާކެއުމަށް ބޭނުންކުރަމުންދާ އެޕާރޓްމަންޓެއްކަމަށާއި ހާދިސާ ހިނގި ވަގުތު އެތަނުގައި އެއްވެސް މީހަކު ނޫޅޭކަމަށް އެޕާރޓްމަންޓް ހިފައިގެން އުޅޭ ފަރާތާއި ޙަވާލާދެއްވައި، އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ ބޭފުޅުން މަޢުލޫމާތު ދެއްވައެވެ. މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް ކުރި މަސައްކަތުން ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓް ތެރޭގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. |
ކިޔުންތެރިންގެ ޚިޔާލް