އާދިއްތަ, 22 ނޮވެމްބަރ 2009 23:44
ބޭރުމީހުން އެމީހުންގެ ކޮޓަރީގައި އެމީހުންގެ ދީނަށް އުޅުމުގެ ޙައްޤު އިސްލާމްދީން ލިއްބައިދޭކަމީ ޝައްކެއްއޮތް ކަމެއްނޫން: އަދާލަތު ޕާޓީގެ ރައީސް



ރާއްޖޭގައި ޣައިރު މުސްލިމުން އަޅުގަނޑުމެންގެ މެހްމާނުންގެގޮތުގައި އުޅޭއިރު، އެމީހުންނަށް އެމީހުންގެގޭގައި ނުވަތަ ކޮޓަރީގައި އެމީހުންގެ ދީނަށް ޢަމަލުކުރުމުގެ ޙައްޤު އިސްލާމް ދީން ލިއްބައިދޭކަމީ ޝައްކެއްއޮތް ކަމެއް ނޫންކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޢަދާލަތު ޕާޓީގެ ރަސްމީ ވެބްސައިޓުގައި އެޕާޓީގެ ރައީސް އަދި ސަރުކާރުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ޗެއަރމަން ޝައިޚް ޙުސައިން ރަޝީދު ލިޔުއްވާފައިވަނީ އެހެންނަމަވެސް، މިކަމުގައި އެމީހުންނަށް ވަކި ޙުދޫދެއް އޮންނަންޖެހޭނެކަމަށެވެ. "އެއީ އެކަންކަން ފާޅުކޮށް ޢާއްމުކުރުމާއި، ޖަމާޢީގޮތެއްގައި އެތަންތަނުގައި އަޅުކަންކުރުމާއި އެކަންކަމުގެ އިޢުލާންކޮށް އެންގުމާއި، އެއްވެސް ދިވެއްސަކު ބައިވެރިކުރުމާއި އެކަމާމެދު ޖަލްސާތަކާއި ބައްދަލުވުންތައް ބޭއްވުމާއި މިކަންކަމީ ކޮއްގެންވާނޭ ކަމެއްނޫން. އެއީ މިޤައުމުގެ ވަޙްދަތު ގެއްލިދާނެތީ. މިދީބުގައިއޮތް އިސްލާމީ ކިއްލާގައި ރެނދު އަޅާފާނެތީ" އަދާލަތު ޕާޓީގެ ރައީސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެމީހުންނަށް އެކަހެރިގޮތެއްގައި އިޢުލާންކުރުމެއްނެތި އެމީހެއްގެ ގޭގައި މިކަންކަން ކުރުމީ އެންމެ ރަނގަޅުކަމެއްކަމަށްވެސް ޝައިޚް ޙުސައިން ރަޝީދު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ޚިޔާލް

އަދީބް
-3
 
 
 
ރައްދު ދެއްވުމަށް
ހަމަ ރަގަޅު ވާހަކައެއް ރާއްޖޭގައި ތިބީ %100 މުސްލިމުންނޭ ކިޔައިގެންވެސް ކޮންމެހެން ދޮގުވާހަކަތަކެއް ނުދައްކާ އަވަހަށް އެމީހަކު ބޭނުންދީނަކަށް އުޅުމުގެ މިނިވަންކަންވެސް ދޭންވީ އެއީ އަސްލުގައި ދީނުގައި އޮންނަތޮތް ނޫންތަ؟؟؟؟/
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
އަދީބް
0
 
 
 
ރައްދު ދެއްވުމަށް
ހަގީގަތުގައި ދީނީ މިނިވަނކްން އޮންނަން ޖެހޭނެ،،،،އެހެންނޫނީ ބައެއް މީހުން އެކަހެރި ކޮށްލެވެނީނޫންތަ؟؟؟ ހުރިހާދީނަކަށް ފުރުސަތު ދިނީމަ އިގޭނެ މުސްލިމުން ވަކިކުރަން އެހެން ނޫނީ މިހާރަކު ނޭގެއެން ނޫންތޯ ތަނެއް ދޮރެއް އެއެންމިއެއް ވަކިކުރާކަށް،،،،،،ޒިނޭ ކުރަނީވެސް %100 މުސްލިމުން ވައްކަންކުރަނީވެސް ހަމަ އެމިހުން މީހުންގެ ނެތިމޮށެނީވެސް ހަމަ މި %100 މުސްލިމުން އަޅެ ބަޔަކު ހާރާނެން ނުވާނެތެ؟؟؟ މިކަހަލަ މުސްލިމު ބަޔަކު އުޅޭނެތަ ދުވަހަކުވެސް ރާވެސް ބޯނެ ހުރިހާ ކަމެއް ކުރާނެ އެކަމަކު އަޅުގަނޑުމެންނަކީ މުސްލިމުން މާތްﷲ މިފަދަ މުސްލިމުންނަކީ ސުވަރުގެ ވަނަތްވެރިންބާ!!!!!!
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
އެކަހެރިކޮށް އެންމެ މީހަކު ވަކިން އަޅުކަންކުރުން ފިޔަވާ އެހެންގޮތަކަށް ހުއްދަ ދީފިއްޔާ ވާނުވާ ބަލަންތިބޭތި. ކުޅިވަރު ދައްކާލާނަން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ފާލުކަން ބޮޑުކޮށް ބުނަންނުކެރެނީ ކީއްވެތޯ މިރާއްޖޭގައި ފައްޅިއެއްނޭޅޭނެއޭ .... ކޮބައިތޯ .. ރަޝީދުގެ އަޤީދާ މަގާމަށްޓަކައި ވިއްކާލެއްވީތޯ ....
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...