| ހޯމަ, 16 ނޮވެމްބަރ 2009 11:30 |
| ކަރަންޓު ބިލް ދެއްކުމަށް އެހީލިބޭ ފަރާތްތަކަށް މިމަހުގެ 25 ގެކުރިން އަންގަވަން ފައްޓަވާނެ: އެންސްޕާ |
ކަރަންޓު ބިލް ދެއްކުމަށް އެހީ ހޯދުމަށްއެދި މި ހިނގާ ނޮވެމްބަރު 10 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެހީލިބޭ ފަރާތްތަކަށް މިމަހުގެ25 ވަނަ ދުވަހުގެ ކުރިން އެކަން އަންގަވަން ފަށްޓަވާނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކުރައްވައިފިއެވެ. އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަޙީދު ވިދާޅުވީ، މިހާރު ހުށަހަޅާފައިވާ ފޯމްތައް ދިރާސާކުރައްވަމުން ގެންދަވާ ކަމަށާއި، ސަރުކާރުގެ އެހީއަށްއެދި ފޯމުހުށަހަޅާފައިވާ ފަރާތްތަކަށް ފައިސާ ނުވަތަ ސަބްސިޑީސް ދިނުމަށް ހަމަޖެހިފައި ވަނީ ބޮލަކަށް ކަނޑައެޅިފައިވާ އަދަދަކުން ކަމަށެވެ. މިހާތަނަށް އެހީއަށް އެދި 300 ައަށްވުރެ ގިނަފަރާތުން ފޯމު ހުށަހަޅާފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ކަރަންޓު ބިލް ދެއްކުމަށް ސަރުކާރުން ދެއްވާ އެހީގެ އިތުރުން ފެން ބިލްދެއްކުމަށާއި ކާޑުގެ ބާވަތްތައް ގަތުމަށްވެސް ފޯރުންތެރިކަން ނެތް މީހުންނަށް ސަރުކާރުން އެހީ ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކާޑުގެ ބާވަތްތައް ގަތުމަށްދެއްވާ އެހީ އަންނަ ޖެނުއަރީ މަހުން ފެށިގެން ދެއްވުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އެންސްޕާއިން މަޢުލޫމާތު ދެއްވައެވެ. |
ކިޔުންތެރިންގެ ޚިޔާލް