| ހޯމަ, 09 ނޮވެމްބަރ 2009 10:59 |
| މުލަކުން ފުރައިގެން މުއްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ |
|
މ. މުލަކުން ފުރައިގެން އެއަތޮޅު މުއްޔަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ގެއްލިގެން ހޯދަމުންދަނިކޮށް ފެނިއްޖެއެވެ. އިއްޔެ ހަވީރު ގާތްގަނޑަކަށް 5:00 ހާއިރު 3 މީހުންނާއިއެކު ދަތުރުކުރި މިޑިންގީ ހޯދަމުންދަނިކޮށް ފެނިފައިވަނީ ރޭ ގާތްގަނޑަކަށް 8:30 ހާއިރު މުލަކާއި 7 މޭލުބޭރުގައި ވަނިކޮށެވެ. އިއްޔެއަކީ މީމު އަތޮޅަށް މޫސުމް ގޯސް ވިއްސާރަ ކަނޑުގަދަ ދުވަހެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އައުޓްބޯޑް އިންޖީނެއް އަޅާފައިވާ މިޑިންގީ ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓިގެން ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަނޑުގަދަވުމުގެ ސަބަބުން ވަނީ ޕެޓްރޯލް ހަން ބަންޑުން ޖަހާލައިފައި އެވެ. ފުލުހުން ވިދާޅުވީ، އިންޖީނު ހުއްޓިގެން ގެއްލުނު މިޑިންގީ ފެނިފައިވަނީ ޑިންގީ ގެއްލިގެން ހޯދަމުންދިޔަ މުލަކުގެ ދޯންޏަކަށެވެ. މިޑިންގީ ފެނުނުއިރު މިޑިންގީއިން ދަތުރުކުރި 3 މީހުންގެ ޙާލުވެސް ރަނގަޅެވެ. |
ކިޔުންތެރިންގެ ޚިޔާލް