ބުދަ, 11 ނޮވެމްބަރ 2009 05:16
ޑިމޮކްރެޓިކް ފުރަތަމަ ޖުމްހޫރީ ދުވަސް

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ ރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޅުތުންނަށް އަރިސްކުރަމެވެ.

މިއަދަކީ ރާއްޖޭގައި ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގެ ދަށުން ވެރިކަން ގިނަ ޕާޓީތައް އެކުލެވޭ ވާދަވެރި އިންތިޚާބަކުން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމުކުރިތާ ބަރާބަރު އެއް އަހަރުފުރޭ ދުވަހެވެ. މިއަދުގެ އުފަލުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުއަށާއި ނައިބުރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަންމަނިކަށް އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާދު ޢަބްދުﷲ ސަޢީދަށާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ތަހުނިޔާ އަރިސްކުރަމެވެ.

 

ރާއްޖޭގައި ވެރިކަން ކުރަމުން އައި ވައްޓަފާޅި މުޅިން ބަދަލުކޮށް ފުރަތަމަ އެކުލަވާލި ސަރުކާރަކީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރެވެ. ތިރީސް އަހަރުވެރިކަން ކުރެއްވި އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން ރައްޔިތުން ބަދަލުކުރީ ފޮނި އުންމީދެއްގައެވެ. ރައްޔިތުންގެ އެދޭ އޯގާތެރި ސަރުކާރަކަށް އާ ސަރުކާރު ވާނެކަމުގެ ފުރިހަމަ އުންމީދުގައެވެ. މިއަދު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމަށް ބަރާބަރު އެއް އަހަރު ފުރުނީއެވެ. ސަރުކާރުގެ އެންމެހާ ވެރިންނަށާއި އެމްޑީޕީގެ މެންބަރުންނަށް ތަހުނިޔާ އަރިސްކުރަމުން ދަންނަވަން ޖެހެނީ އެމްޑީޕީ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށެވެ. ސަރުކާރުން ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަމުންދާނީ  ރައްޔިތުން އެދޭގޮތައްތޯ ނުވަތަ ނޫންތޯ ނިންމާނީ ރައްޔިތުންނެވެ. ސަރުކާރު ޒިންމާދާރުކުރުވުމަކީ އިދިކޮޅު ޕާޓީގެ ޒިންމާއެކެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރަށް މިއަދު އަހަރެއް ފުރިގެން މިދިޔައީ ރައްޔިތުންގެ މަޖިލިހުން ވަރުގަދަ ނިންމުމެއް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނުން ސަރުކާރުގެ ވަޒީރެއްގެ މައްޗަށް އިތުބާރުނެތް ކަމަށް ހުށަހަޅައި ވޯޓުނެގި މައްސަލަ ސަރުކާރުން ބޭނުންވިގޮތަށްވަނީ ކާމިޔާބުކޮށްފައެވެ. މިއީވެސް ޑިމޮކްރަސީއަށް ހުޅުވިގެންދިޔަ ދޮރެކެވެ. 

ކިޔުންތެރިންގެ ޚިޔާލް

ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
މިހާރު ރައީސް ނަޝީދަށް އެނޭގެނެ ވެރިކަމަކީ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫންކަން، އެހެންކަމުން ތިން ލައްކަ މީހުން ބަޑައް ނުޖެހެނީސް އަވަހަށް ދުރަށް ޖެހި ވަޑައިގަތުމަށް ދަންނަވަން
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
ކިޔުންތެރިއެއް
0
 
 
 
ރައްދު ދެއްވުމަށް
ހާދަ ހެއްވައޭދޯ
ނަން ޖެއްސެވުމަށް ރެޖިސްޓަރ ކުރައްވާ * ނުވަތަ ލޮގިން ކުރައްވާ
ޚިޔާލް ފޮނުވުމަށް
ކެންސަލް
މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް...