މަނަދޫގެ ދެގޮތެއްނުވާ ގަދަ ކެޔޮޅު

ކެޔޮޅު ދޮންބެމުހައްމަދު - ފޮޓޯ: ޢަބްދުﷲ

ހަޔާތުގެ ބޮޑުބައެއް ކަނޑުމަތީގައި ހޭދަކޮށްފައިވާ މަނަދޫއަށް ނިސްބަތްވާ ކެޔޮޅަކީ ކާކުތޯ ސުވާލު ކޮށްފިނަމަ، ޖަވާބަކަށް ވާނީ، އެމީހަކީ އާންމު ނަމުންނަމަ “ދޮންބެ މުހައްމަދު” ކަމަށެވެ. މިއީ އޭނާގެ ބައްޕައާ ގުޅޭގޮތުން ދީފައިވާ ފަންވަތު ނަމުންނެވެ. މަނަދޫ ބުލާސަންމާގެ މުހައްމަދު މޫސާއަކީ މަނަދޫގެ ޒުވާން ހީވާގި ކެޔޮޅުންގެ ލާމަސީލު މިސާލެކެވެ. މުހައްމަދު މޫސާ މަސްވެރި ކަމަށް ޝައުގުވެރިކަން އުފެދުނީ ގޮނޑުދޮށައް އަރާމަސް އޮރި، މެކުނު، ކިރުޅިޔަމަސް ބާނަން އުޅުމުގެ ތެރޭގައެވެ.  މުހައްމަދު މޫސާގެ އުމުރުން ބާރަ  އަހަރުގައި އޭނަގެ ބައްޕަ ގެންގުޅުނު ކުޑަދޯންޏެއްގައި ރިޔާނަގައިގެން ވަދުއެޅުމުގެ މަސްވެރިކަމުގައި ކަނޑު ބޭރުވާން ފެށިއެވެ.

މިގޮތުގައި ވަދުމަސް ވެރިކަމުގައި ރިޔާނެގި ދޯނީގައި ފަސް އަހަރެއްހާ ދުވަހު މަސްވެރިކަން ކުރުމަށްފަހު މިދޯނި ކުޑަވެގެންނާއި، ބާވެ ދިޔަވާތީޔާއެކު މިދޯންޏަށްވުރެ ބޮޑު ދޯންޏެއް ގަނެ، ރިޔަލުގައިވެސް ދުއްވޭވަރު މަޑުވާތީ އާދޯނީގައި އިންޖީނެއްއަޅާ ދޯނި ބާލައިގެން ކުރިއަށްވުރެ ފޯރީގައި މަސްވެރިކަން ކުރަން ފެށިއެވެ. އާންމު މަސްވެރިންނަށް ކަނޑު “ބަންދު” ވެފައި އޮންނަ ހުކުރު ދުވަހުވެސް ހުކުރުނަމާދު ކޮށްގެން މެންދުރުފަހު މަސްވެރި ކަމަށް އޭނާ ފުރައެވެ. ގަދަވެ ސަލާމަތުން ހެޔޮހާލުގައި މުޙައްމަދު ހުރިއްޔާ، ދުނިޔެ މަށްޗައް އިރުއަރާނީ އޭނާގެ ދޯނި ކަނޑުމަތީގައި ވަނިކޮންނެވެ. މިގޮތުގައި މިދޯނި ތިންއަހަރެއްހާ ދުވަހު ދުއްވުމަށްފަހު އެދޯނިވެސް މާކުޑަވެގެން ވިއްކާލުމަށް ފަހު ކުރިން ގެންގުޅުނު ދޯންޏަށްވުރެވެސް ބޮޑު ދޯންޏެއް ގަނެގެން މަސްވެރިކަން އިތުރުފޯރީގައި ކުރިޔަށް ޖައްސާލިއެވެ.

މުޙައްމަދު ހަރަކާތްތެރިވާނީ އެދުވަސް ވަރަކާ އެންމެ ގުޅޭ ގޮތުން ކުރެވެން އޮންނަ މަސްވެރި ކަމެއްގައެވެ. ބާނާމަސް ވިއްކަނީ ކޮންތާކަށްތޯ ސުވާލުކުރުމުން މުހައްމަދު ބުނީ ގިނަދުވަސް ދުވަހު މަސް ވިއްކަނީ ހަމަ ރަށުމީހުންނަށް ކަމުގައެވެ. ވަރަށް މަދުމަދުން ބީރަށް ޓެހި ރަށްރަށަށް ގޮސް މަސްވިއްކާފައި ވާނެކަމަށް އޭނާ ބުންޏެވެ. ގިނަ އަދަދަކަށް ފަރުމަސް ބެވިއްޖެނަމަ ރިސޯޓަށް ވެސް މަސްވިއްކައެވެ. ކުރަނީ ކޮންކަހަލަ މަސްވެރި ކަމެއްތޯ ސުވާލު ކޮށްލުމުން  މުހައްމަދު ބުނަނީ ހުރިހާ ވައްތަރެއްގެ މަސްވެރިކަމެއްވެސް ކުރާކަމަށެވެ. ތަންކޮޅެއް ކުރީގައި ލޭނުއެޅުމުގެ މަސްވެރިކަން ކުރިއެވެ. ނަމަވެސް ތިމާވެށި ހިމަޔަތް ކުރުމުގެ ގޮތުން މިޔަރު ކޮންޓްރޯލް ކުރުމާއެކު މިހާރު އެކަމެއް ނުކުރެއެވެ. އަޑިއަށް ނަނު ފައްތައިގެންނާއި ވަދު ދަމައިގެންނާއި އެންދަމައިގެން ކުރާ ދޮށީގެ މަސްވެރި ކަންވެސް ކުރެއެވެ. މިހާރަކައްއައިސް ދިއްލައިގެން މުށިމަސް ބޭނުމުގެ މަސްވެރިކަންވެސް ކުރެއެވެ.

އަވިދެންޏާ އަވީގައި ވާރޭ ވެހެންޏާ ވާރޭގައި، އަބަދު ލޮނާތެމި ފޯވެގެން ތިމަސައްކަތް ކުރަން ހިޔާރު ކުރީ ކިީއްވެގެންތޯ އަހާލުމުން މުހައްމަދުބުނީ މިއީއަހަރެމެންގެ ކާބަފައިންވެސް ދުނިޔޭގައި އުޅެން ކުރި މަސައްކަތައް ވެފައި މިއީ ދިވެހިންގެ ލޭނާރާ ގުޅިފައިވާ ކަމަކަށް ވާތީކަމުގައެވެ. ބައްޕަޔަކީވެސް ކެޔޮޅަކަށް ވެފައި ބައްޕަ ކުރިމަސައްކަތައް ވާތީއާއެކު މަސްވެރިކަން ކުރަނީކަމުގައެވެ. މަސްވެރި ކަމުންލިބޭ އާމްދަނީ ރަނގަޅުވެފައި އެންމެކުރާހިތްވާ ކަމަކީ މަސްވެރިކަން ކަމަށްވާތީއެވެ. މުހައްމަދު ދެކޭ ގޮތުގައި މަސްވެރި ކަންކުރެވޭނީ ވަރަށްމުރާލި ކެރޭ ހީވާގި މީހުންނަށެވެ. ދިއްލައިގެން އެންހިފަން ދާނަމަ މެންދަމު ބާރަޖަހާއިރު ރަށުން ފުރަންޖެހެއެވެ. “އަންބަކާއި، އުފަން 6 ދަރިންނާއި، ކާފަކިޔާ 2 ދަރިން ބަލަހައްޓަމުން، އެދަރިންނަށް ބޭނުންވާ ކަންކަމަށް ޚަރަދުކުރަމުން، އޮޑިޔަށް ބޭނުންވާ ސާމާނު މިހޯދަނީ މަސްވެރި ކަމުން ލިބޭ އާމުދަނީ އިން” ކަމުގައި މުޙައްމަދު ހެވިލާފައި ބުންޏެވެ.

ޒުވާން ކުދިންނަށް ކެޔޮޅު ދޭންބޭނުންވާ ނަސޭހަތަކީ ކޮބައިތޯ އަހާލުމުން ކެޔޮޅު ބުނީ މަސްވެރިކަމަކީ ބުރަ އަދި ހަޑި މަސައްކަތެކެވެ. ނަމަވެސް މިމަސައްކަތުން ލިބޭ އާމްދަނީ ރަނގަޅު ވުމާއެކު ފައިސާގައި “މަސްވަސް” ނުދުވާނެ ކަމަށާއި، ޒުވާން ކުދިން މިމަސައްކަތަށް ނުކުތުމަށެވެ. “ރަށުގައި ކަމެއްނެތިފަ ތިޔަހެން ނުތިބޭށޭ. މިމަސައްކަތުން ރަނގަޅު އާމުދަނިއްޔެއް ލިބެއޭ” ބުނެ ކެޔޮޅު ޒުވާން ކުދިންނަށް ވަރަށް ހިތްވަރު ދިނެވެެ. ކެޔޮޅުގެ މަސައްކަތުގައި މަސްވެރިކަމުގެ ދާއިރާއިން ކެޔޮޅު ދެކެން ބޭނުންވާ ދުވަހަކީ ކޮބައިތޯ އަހާލުމުން މުހައްމަދު ކެޔޮޅު ބުނީ އެދުވަހަކީ ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން މަސްވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ އިނާމު ލިބޭނެ ދުވަހެއް ކަމުގައެވެ. ކެޔޮޅުގެ މަސައްކަތާ މެދު ތިޔަކުރާ އުއްމީދު ﷲގެ އިރާދަފުޅާއެކު ހަގީގަތަކަށް ވުން އެދެމެވެ. (ލިޔުނީ: ނެވި މަނަދޫ)

21 thoughts on “”

  1. 320 ދުވަސް ކުރިން ކިޔުންތެރިއެއް

    އެއެއް ކިޔާނެ ކަމެއްނެއް މައުމޫނާ ނުޖެހި ކަލޯމެންނަކަށް ހަމަނޭވައެއް ނުލެވޭނެ އެހެންތާވާނީ ތިޔަ ގައުމީ އިނާމެއް ދޭންޖެހޭކަން ކަލޯމެންގެ ސަމާލުކަމަށް ގެނައީ އެބޭ ވިއްޔަ ދންނުދެވި ތިބި އެންމެންނަށް ދީބަލަ އެބޭ އެ އޮތީ އެކަން ފަށާފަ

  2. 311 ދުވަސް ކުރިން ކިޔުންތެރިއެއް

    ގަދަ ކަލޭ މުހަންމަދާ. ތީ ހަމަ ކެރޭ ހީވާގި މީހެއް. ތިގޮތަށް މަސްވެރިކަން ކުރާތީވެތަ މުހަންމަދުގެ ހަށިގަނޑުވެސް ހުންނަނީ އާނޯޑް ހަށިގަނޑުހުންނަ ގޮތައް. މަވެސް ދެން މަހައްދާނީ

    • 311 ދުވަސް ކުރިން ކިޔުންތެރިއެއް

      އަވަހަށްދޭ. މުޙަންމަދުވަރާވަރަށް އަނެއްކާ ކަލޭވެސް ފެންވަރާތި. އޭރުން ހަމައެހަށިގަނޑު ލިބިދާނެކަލޯ.

  3. 311 ދުވަސް ކުރިން ކިޔުންތެރިއެއް

    މުޙައްމަދާ ތީހަމަ ކަނޑުގެ ދަރިއެއް. މަސްވެރިކަމުގައި ފުކެއްވެސް ފަހަތަށް ނުޖެހޭތި. އެއްކަލަ މާނިޔާމަސްގަނޑު ބެއްދި ދުވަސް އަދިވެސް ހަދާންވޭ ކަލޯ. ތިޔަކުރާ ހިތްވަރަށް ހަމަ ސާބަސް. ތިޔަކަހަލަ ހިތްވަރުގަދަ މީހަކު އަހަރެމެންގެ ރަށުގައި ހުރީތީ ޒުވާނެއްގެ ހައިސިއްޔަތުން ފަޚުރުވެރިވަން.

  4. 311 ދުވަސް ކުރިން ކިޔުންތެރިއެއް

    މި ސަފްހާގައި އަންހެން ކަނބަލެއް ނުގެނެސްދެނީ ކީއްވެތޯ؟

  5. 311 ދުވަސް ކުރިން ކިޔުންތެރިއެއް

    ތެދެއް ކީއްވެތޯ އަންހެން ބޭފުޅެއް ނުގެނެސްދެނީ މީހަކަށްވާވަރުގެ އަންހެނެއް ނެތީތޯ

    • 311 ދުވަސް ކުރިން ކިޔުންތެރިއެއް

      ބަލަގަ މަވެސްމިހިރީނުން. ކީއްވެތިބުނީ މީހަކަށްވާކަހަލަ މީހަކު ނެތީހޭ. ކޮންމެގޮތަކުން ބެލިނަމަވެސް ތިޔަ މުހަންމަދަށްވުރެވަކި ދެރައެއްނުވާނެ. މިބުނީ މަސްވެރިކަމުގެ ވާހަކައެއްނޫން. އަހަރެންގެ ދާއިރާއިން.އިން އަހަރެންނަކީވެސް ހަމަ ކެޔޮޅެއް. ހަހަހަހާ

  6. 311 ދުވަސް ކުރިން މަނަދޫ ޒުވާނެއް

    ކެޔޮޅަށް މަސްވެރި ކަމުގެ ރޮގުން އިނާމުހައްގު މައުމޫނު އެއިނާމު ކެޔޮޅަށް ނުދިނީ އުމުރުން 12 އަހަރުން ފެށިގެން ކަނޑުމަތީ ފޫހިކަމެއްނެތި ރެއެއް ދުވާލެއްނެތި ތިކުރާ ހިތްވަރަށް ސާބަސްދެން އެހެން މީހުންނަށް މަސްކާންދެން ވެގެން އެއްވެސް އަރާމެއްނެތި ކަނޑު މަތީގަ އަބަދާއަބަދު ކެޔޮޅަށް އަށްސަރިބަހުން ސާބަސްދެން ކެޔޮޅު ކުރާމަސައްކަތައް މާތްﷲ ބަރަކާތް ލެއްވުން އެދި ދުއާކުރަން

  7. 311 ދުވަސް ކުރިން ކިޔުންތެރިއެއް

    ކެޔޮޅާ އަދި ތިޔަ ދުވަސްވެސް ފެނުން އެކަށީގެންވޭ. އިންތިޒާރުކޮށްލާ. އެބޭ ނުދިނަސް އަހަރެމެން ކެޔޮޅަށް މިފަހަރު ތަށިދޭނޫ.

  8. 311 ދުވަސް ކުރިން ކިޔުންތެރިއެއް

    ތީ ތެދެއް މީ ކަލޯ ހަމަ ދެގޮތެއް ނުވާ މީހެއް އެކަން އެނގޭނެ ބޮޑީއަށް ބަލާލީމައި ބޮޑީ ބިލްޑް ނުކޮށް އަދި ކޮށްގެންވެސް މަނަދޫ އަކު ނުހުންނާނެ ބަނޑަށް ސިކްޕެކް ކަޓް އަރުވާލައި ރީތި ހަށިގަނޑެއް ހުރި މީހެއް ކެޔޮޅު ފިޔަވާ

    • 311 ދުވަސް ކުރިން ކިޔުންތެރިއެއް

      އެހާވަރަށް ފެންވަރާމީހަކުވެސް ވަކި މިމަނަދޫއަކުން ނުކެރޭނެ ނެރޭކަށް. ކެޔޮޅެކޭބުނީމަ ގަބޫލުކުރާނީ ހަމައެކަނި އޭނާ ދަންނަމީހުން. އެހެންމީހަކު ނުކުރާނެ. އެހެންނުންވާނީ ނުލާހިކު ސާފުތާހިރުކޮށްހުންނާނީ.. މީހެއްގެ ޅަދަރިއަކަށް ފެނިއްޖެއްޔާ ބިރުން ހޭރޭނެ.. ޝަހާދެއްފާތެދެއް.

  9. 310 ދުވަސް ކުރިން ކިޔުންތެރިއެއް

    އުތީމު މުހައްމަދު ތަކުރުފާނެކޭ މަނަދޫ މުހައްމަދު ތަކުރުފާނެކޭ އެއްގޮތް ކަނޑުމަތީގަ ރެއެއް ދުވާލެއްނެތި އެތަކުރުވެސް މިތަކުރުވެސް

    • 306 ދުވަސް ކުރިން ކިޔުންތެރިއެއް

      އެކަމަކު މިތަކުރު މަސްވިއްކަނީ ވަރަށް އަގުބޮޑުކޮށް

  10. 310 ދުވަސް ކުރިން ކިޔުންތެރިއެއް

    މަށައް ވަރަށް ފައްކާ މަސްކަޑައިގައި ގިޔޮޅު ބޮލިކެ ދެފަޅި ކޮއްލަން މުހަންމަދު ފަރިތަ ކަމުން

  11. 310 ދުވަސް ކުރިން ކިޔުންތެރިއެއް

    އަބަދު މަސްވެރި ކަމުގަ އުޅޭތީ މީނަގެ އަތްފައިގެ ބާރުވަރަށް ގަދަ ހީވަނީ ބޮޑީކުރާމީހެއްހެން ހަށިގަނޑު އާނޯޑުގެ ހަށިގަޑާ ވަރަށް ވައްތަރު ހަށިގަދެއް ކިޔޮޅައް ލިބިފަވަނީ

  12. 310 ދުވަސް ކުރިން ކިޔުންތެރިއެއް

    އެއްވާހަކަ މަދުކަން ފާހަގަކުރަން ދަރިއަކު އެންމެ ލޯބިން ފިރުމާލީވެސް މުޙައްމަދުގެ ————— ތަނުގައިއެވެ. އެހާލޯބިން ފިރުމާލުން ހޮސްޕިޓަލްގައި ހޭނާރާ އޮންނަން ޖެހުނު އަދި މާލެގެންގޮސްވެގެން ފަރުވާދިން މިއީ ދަރިއަކު ބައްޕަ ގައިގައި އެންމެ ބޮޑަށް ލޯބިން ފިރުމާލި ބައްޕަޔަށްވާނެ

  13. 308 ދުވަސް ކުރިން ކިޔުންތެރިއެއް

    – އަޅެ ހެޔޮނުވާނެ ކޮއްކޯ އެކަހަލަ ކަންތައްކުރަންވެސް، އެކަމަކުވެސް ދަރިންދެކެ ހާދަ ލޯބިވާ ބައްފައެކޭ ދޯ

  14. 308 ދުވަސް ކުރިން ކިޔުންތެރިއެއް

    ކާފަ ކިޔާ 3 ދަރިން، 2 ކެއް ނޫން

    • 305 ދުވަސް ކުރިން ކިޔުން ތެރިއެއް

      4 ކިޔަން ތައްޔާރުވި. ފަހުން ވީގޮތެއް ނޭންގުނު.

  15. 305 ދުވަސް ކުރިން ޑަރޯގާ

    މީނަ އަށް ކޮންމެހެންވެސް ހިތްވަރު ދިނުމުގެ އިނާމު މަނަދޫލައިވްއިން ހޯދަދެވޭތޯ ބަލަންޖެހޭނެ އެއީހުކުރު ދުވަހު ހުކުރަށްނު މަހަށް ފުރާތީއާ ނަމާދައްނާ އާ ވެރިކަމަށް އެރިފަހުން އެމްޑީޕީއާ ހެދި މޮޔަވެފަ ހުންނާތީ އަދި އެޕާޓީގެ މަނަދޫގެ ގޮތްކިޔާ މީހަކަށްވާތީ އަދި ކައުންސިލަރުކަމަށް ކުރިމަތިލާމީހުންގެ ކެމްޕޭނު މެނޭޖަރުކަން ކުރާތީ . މިކަހަލަބޭފުޅުންނާ މިލައިވް މިހާރަކަށް އައިސް ވަރަށް ދޯޅުވާނެ

  16. ނަސީބެއްނުން ކަލެއާ ދޯޅުނުވާކަން،،،،،،،ތިކަހަލަ ޕާޓިީވެގެންއުޅޭމީހުން މިކަހަލަޗެހިނުކިޔަންވީނުން