ޣަފޫރުބޭގެ ބަދަލެއްނުވާ ސޫޖީ އާއި ފިހުނުމަސް

ކެއްކުމަކީ ޣަފޫރުބޭގެ ޙާއްސަ ހުނަރެކެވެ. ބައެއް ބޮޑު އީދުތަކުގައާއި، އަދި ހޮޓަލަކުން ސިފައިގައި ޣަފޫރުބޭގެ ކެއްކުމުގެ ރަހަތަށް ބަލާލުމުގެ ފުރުސަތު މަނަދޫ ބައެއް މީހުންނަށް ލިބިފައިވާނެއެެވެ. އޭނާއަކީ ހުނަރުވެރި ކައްކާއެކު ބުނުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއެވެ. ކެއްކުމަކީ ހުނަރަކީ އާދައިގެ ކަމެކޭ ބުނެލަން ފަސޭހަވިޔަސް އެއް ރަހެއްގައި ހިފަހައްޓާލުމަކީ ފަސޭކަމޭ ނުބުނެވޭނެވެ.

އާދެ، ނ.މަނަދޫ ފެހިވިލާގެ އަބްދުލްޣަފޫރު ނުވަތަ ޣަފޫރުބެއަކީ މީގެ ވިއްސަކަށް އަހަރު ކުރީއްސުރެ  ކޮންމެ ރަމަޟާންމަހަކު ސޫޖީއާއި ފިހުނުމަސް ތައްޔާރުކޮށް މަނަދޫގެ ގިނަބައެއްގެ ހިތްހަމަޖެހުން ހޯއްދަވާފައިވާ ބޭފުޅެކެވެ. ކޮންމެ ރަމަޟާންމަހެއްގެ ތަރާވީސް ދަމު ބުއިމަށް  ސޫޖީއާއި ފިހުނުމަސް ޣަފޫރުބޭ ތައްޔާރުކުރަނީ  އެކަމަށް ހާއްސަ ސަމާލްކަމެއް ދެއްވައިގެންނެވެ. ޣަފޫރުބޭ ތައްޔާރުކުރާ ސޫޖީގެ ރަހަ އޭރާއި މިހާރު ބަލާފައިވާ މަނަދޫ ބައެއް މީހުން ބުނަނީ ރަހައަށް ބަދަލު ނާންނަކަމަށެވެ.

ސޫޖީ ތައްޔާރުކުރަނީ ޣަފޫރުބޭ އަމިއްލައަށް އަމިއްލަ ރެސިޕީއެއްގައެވެ. ފިހުނުމަސް ހަދަނީ ވަކި މިނަކަށް މަސްބުރިކޮށްގެން  އަލިފާން ޖައިގެން  އަމިއްލައަށް ފިހެގެންނެވެ. އަވަނެއް ބޭނުމެއް ނުކުރެއެވެ. ޣާފޫރުބޭ ބުނިގޮތުގައި މަސްއުލުގައި ހިމެނޭ ކޮންމެ މަސްކޮޅެއްގައި ހުންނާނީ އޭނާގެ އަތުގެ ދެ އިނގިލީގެ ފުޅާ މިނެވެ.

މީގެ ކުރީގެ ރަމަޟާން މަސްތަކުގައި ޣަފޫރުބޭ ސޫޖީއާއި ފިހުނުމަސް ތަރާވީހް ނިމޭ ގަޑިއަށް މިސްކިތަށް ފޮނުވާފައިވެއެވެ. ނުވަދިހައިގެ އަހަރުތަކުގެ ރަމަޟާން މަސްތަކުގައި  ފެހިވިލާގެއަށް ސޫޖީއާއި މަސްއުލެއް ކާލުމަށް ތާރާވީހް ގަޑީގައި ގިނަ ބަޔަކު ދާނެއެވެ.ބައެއް ރަމަޟާން މަސްމަހު މަސްއުލެއް 1 ރުފިޔާއަށް ،ސޫޖީ ތައްޓެއް 2 ރުފިޔާއަށްވެސް ވިއްކިއެވެ.

ޣަފޫރުބޭ ތައްޔާރުކުރާ ސޫޖީ އާއި މަސްއުލަކީ މަނަދޫ  ރައްޔިތުންގެ މެދުގައި ވަރަށް މަގްބޫލް ކެއުމެކެވެ. މި ރަމަޟާންމަހު ކޮންމެރެއަކު ގިނައަދަދެއްގެ ޒުވާނުން ސޫޖީ ތައްޓަކާއި މަސްއުލެއް ކާލުމަށް ފެހިވިލާގޭ ދޮށައް ޖަމާވެއެވެ.  ބައެއް ޒުވާނުން ބުނީ މިރަހަތަކަކީ ވަރަށް ޅަ ދުވަހުއްސުރެ ކޮންމެ ރަމަޟާން މަހު ކަހަލަ ގޮތަށް ބަލަމުން އަންނަ ރަހަތަކެއް ކަމަށާއި ، އެދުވަސްވަރުގެ ރަމަޟާންމަސްތަކުގެ މަތިން ހަނދާން އާވާކަމަށެެވެ.

 

 

18 thoughts on “”

  1. 282 ދުވަސް ކުރިން އަހުމަދު ބޮންދުލް ވައީމުލް

    ވަރަށް މުހިއްމު ވާހަކައެއް ގަފޫރުބޭގެ ސޫޖީ ނުބޯ މަނަދޫ ޒުވާންޖީނުގައި ނުހިމެނި ނުދާނެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މަނަދޫ ކައުންސިލްގެ ނާއިބްރައީސް އަލީޝިފާޒްގެ ލޮބުވެތި ބައްޕަ ގަފޫރުވެއަކީ މަޖާ އަދި އެހާމެ ކަންކަމުގައި ބަރާބަރު މީހެކެވެ. ކުރާކަމެއް ގަފޫރުބޭ ކުރާނީ ނިކަން ގަޔާވެގެން ފޯރީގައެވެ.

    • 282 ދުވަސް ކުރިން ރިހިދޫ

      ތި ޑެލިވަރީ ކުރަނީ ކިހިނެއްބާ؟؟؟ ކުރީ ޒަމާން ތަކުގެ ގޮތައް އުޅޭ ނަމަ އެހެން ރަށަކުން އޯޑަރު ކޮއްފިނަމަ ކަނޑު ފަތައިފަތަ؟؟؟ދާން ވާއިރަށް ޑެލިވަރީ ކުރާން އޯޑަރ ކުރިގޭގެ މީހުން ތިބޭނީ ހާންތިވެފަ ކަންނޭގެ އެނުލިބިގެން؟؟؟

      • 281 ދުވަސް ކުރިން ސަންފަ

        ނޫނޭ އެހެނެއްނުވާނެ. ހަމަގުޅާލާއިރަށް އަންނާނެ. ޣަފޫރުބޭ ވަރަށް ހަލުވިވާނެ. ޑެލިވަރީކުރާނީ ހަމަ ހިނގާފަ.

  2. 282 ދުވަސް ކުރިން އެން އެޗް

    މިއަހަރުވެސް އެކަން ކުރިޔަށް ގެންދޭތަ އަޅަ މަވެސް ބޭނުން ސޫޖީ ބޯން

  3. 282 ދުވަސް ކުރިން ކިޔުންތެރިއެއް

    މަނަދޫ ލައިވް އިން ރަގަޅުވާނެ ރަމަޟާން މަހުތެރޭ ކާއެއްޗެތި ހަދާގޮތުގެ ރެސިޕީ ޣަފޫރުބޭގެ ހިމަނަލަން

  4. 282 ދުވަސް ކުރިން އަހަންމަދު

    މި އަހަރު ސޫޖީ އޮވޭތަ؟ ތިކަން އިނގޭނަމަ މަ ރަށަށްވެސް ފިޔައީމުސް ކުރިން. މަށަށް އަބަދުވެސް ވަރަށް ކަމުދޭ ގަފޫރުބޭގެ ސޫޖީ. ކުރިން ސޫޖީ ލިބިފަ ހުރީ މަންމަ ނުވަތަ ބައްޕަ ގަނެދިނީމަ. އަދި މަސްއުލެއް ކޮންމެހެން ވެސް ކާލެވޭ އޭރުގަ. އަދި މިސްކިތަށް ސޫޖީ ގެންދާރޭ ތަރާވީސްވެސް ކުރާ ކުދިން ވަރަށް ގިނަވާނެ. ކުރީގެ ހަދާންތަކާއި ގުޅިފައިވާ ސޫޖީ. ގަފޫރުބެއަށް އަދަށް ވުރެ ފެހި މާދަމާއެއް ދައްކަވާންދޭވެ.

  5. ސޫޖީ ގެންދާރޭރޭ ތަރާވީޙު ނަމާދުގެ ފަހުރަކުއަތުގަ މުޅި މިސްކިތްފުރާލާނެ ނުވަރުގެ ސޮރުތައް އައިސް އަޅެ މަޖަލެއްނޫންތަ! އަހަރެންވެސް އޭރު އަމޔާ ވަގަށް ތަރާވިސް ކުރާގަޑީގަ ހުންނަނީ ޣަފޫރުބޭގެކައިރީ މުގޯލިއަޅައަޅާ،،،، މިރޭ ސޫޖީ ގެންދާނީ ހުކުރު ކިސްކިތަށްތޯ ނޫނީ އިރުމަތީ މިސްކިތަށްތޯ ބަލަބަލާ…. ސޫޖީ ގެންދާ މިސްކިތަކަށް ދުވެފަ ގޮސް އަރަނީ…. އޭރު ރައިވަރޭގެ ހެލްޕް ވަރަށް ލިބޭ… އެސޮރު ބައެއް ރޭރޭ ކުރިން މަގޭމެންނަށް އަންގާލާނެ އެރޭ ސޫޖީގެންދާ މިސްކިތެއް….. އޭ އަޅެ ހާދަ މަޖާ ދުވަސްވަރެކޭ ދޯ!

    • 281 ދުވަސް ކުރިން މުހަންމަދު

      އެދުވަސްވަރު ހަނދާން ވުމުން ބައެއް ފަހަރަށް ގައިން ހީބިހިނާލާ. ޅަދުވަހު ކެރެވޭ މަޖާ ކަންތައްތައް.

  6. 281 ދުވަސް ކުރިން އަލިހޮއްކޮ

    ކަލޯ ކުންބަޅަވެސް ތެލަށް އަޅާލައިފަި ހުންނައިރު މުރުމު ގޮއްވާލެވޭ އެވަރެއްނެއް ރޯދަ އަންނަދެން މަގޭ އެއްރުފިޔާ ފޮރުވާފައި ބޭއްވޭތޯ ބަލަން

  7. ތިޔަ ފަދަ ސޫޖީ ގިރަން މާލްރޯޑް ގޭގެ މީހުން މާމޮޅުވާނެ.

  8. ކާކު ތަ މާލުރޯޑު ގައި ތިކަން ކުރަނީ،،،،،،،

  9. 279 ދުވަސް ކުރިން ރެކިފުތާ

    ސަމް ގާލްސް ނީޑް ސޫޖީ ވިތްއައުޓް ޖީ.

    • 271 ދުވަސް ކުރިން ކިޔުންތެރިއެއް

      އީވަން ސަމް ބޯއިސް އިން ދިސް އައިލެންޑް ލައިކް އިޓް. :ޕީ

  10. 271 ދުވަސް ކުރިން ދެއްވަދޫ

    ރެސިޕީ ގެނެސް ދިން ނަމަ ވަރަށް ސަޅިވީސް

  11. ރެސިޕީ ގެނެސްދިނަސް އެހާމީރުކޮށް ތައްޔާރު ކުރަކަށް ނޭންގޭނެ އެހެންވެ ޝާއިއު ނުކުރީ އެކިމީހުން ތައްޔާރު ކުރުމުގައި ރަހަ ތަފާތުވާނެ ތިކަމަށް ޣަފޫރުބެއަށް ހަދާނީ ފިލައެއް ދިނުމަށް އެދެން

  12. 19 ދުވަސް ކުރިން އަހުމަދު

    އަާސިމާ ވެސް ގަފޫރުބޭ ސޫޖީ ބޭނުމޯ