ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ދޭން ފަށައިފި

ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަގަޅު ކުރުމަށް ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަނުން ކުރަމުންގެންދާ މަސައްކަތުގެ ބައެކެވެ.

ގަތަރުގެ ޚަލީފާ ފައުންޑޭޝަންގެ އެހީގައި ޤާއިމްކުރެވުނު ޑިޖިޓަލް އެކްސްރޭ މެޝިނުގެ ސަބަބުން ކެމިކަލް ގަތުމަށާއި އަދި މިނޫންވެސް ކަންކަމަށް ކުރަންޖެހޭ ހޭދަ ކުރިއަށްވުރެ ވަރަށްބޮޑުތަން ކުޑަވެފައިވާކަމަށާއި، އަދި މިސިސްޓަމްގެ ސަބަބުން ކުރިއަށްވުރެ އިތުބާރާއިއެކު ރައްޔިތުންނަށް އެކްސްރޭގެ ޚިދުމަތް ދެވޭނެކަމަށްވެސް ސަދަން ހެލްތް ސާވިސަސް ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވެއެވެ.

މިލިޔަނެއްހާ ރުފިޔާގެ އަގުހުރި މި މެޝިނުގެ އެހީގައި ނަގާ އެކްސްރޭތައް ޑޮކްޓަރުގެ ކޮޓަރީގައި އިދެގެން ނެޓްވޯކް މެދުވެރިކޮށް ކޮމްޕިއުޓަރ މޮނިޓަރުން ބެލޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ޑިޖިޓަލް އެކްސްރޭ ސިސްޓަމާއި އެކު ޚަލީފާ ފައުންޑޭޝަނުން އެހޮސްޕިޓަލަށް ވަނީ ޓެލެމެޑިސިން ސިސްޓަމެއްވެސް ހަދިޔާކޮށްފައެވެ. މިސިސްޓަމްވެސް މިހާރުވަނީ ބަހައްޓާނިމި ޓެސްޓްވެސް ކޮށްފައިކަމަށް އެކޯޕަރޭޝަނުން ހާމަކުރެއްވިއެވެ.

4 thoughts on “”

  1. 103 ދުވަސް ކުރިން ދިވެސް

    ނޮދަން ޕްރޮވިންސް އޮފީހުން ކުރަާ މަސައްކަތަކީ ކޮބައިތަ؟

  2. ދަޅަ ދެއްކުން ފިޔަވާ އެއްކަމެއްވެސް ނޯދަން ހެލްތު ކޯޕަރޭސަނަކުން ނުކުރެވޭ

  3. 102 ދުވަސް ކުރިން ރަދުން

    މީތި ކަޑަ. މިގޮތަށް ކަލޭމެން މަސައްކަތް ކުރަންޏާ ކިހިނެއް މިސަރުކާރު ވައްޓާލާނީ

  4. 102 ދުވަސް ކުރިން ކީއްވެ

    ކީއްވެތޯ އަރަބި ގައުމުތަކާ ގުޅުން ގާއިމު ނުކުރަނީ؟ ގައިމު ލާރިވެސް އެމީހުންއަތުގައި ގިނައިން އެބަހުރި މި ޔޫރަޕު މީހުނަށްވުރެ ގިނައިން.. ފައިދާވެސް ބޮޑުވާނެ