ކާއްޓަކުންޖެހި ހޭނެތުނު އަންހެނަކަށް ނ.އަތޮޅު ހޮސްޕިޓަލުން ފަރުވާދެނީ

ކާއްޓަކުންޖެހި ބޯފަޅައިގެން ގޮސްފައިފާ އަންހެނަކަށް ނ.އަތޮޅު ހޮސްޕިޓަލުން ފަރުވާދޭން ފަށައިފިއެވެ. އެމްއެލްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހިތާމަވެރި ހާދިސާ ދިމާވީ ނ. ލަންދޫ ޝާދީވިލާ މަރިޔަމް އުމަރު (35) އަށެވެ.

މަރިޔަމްއާއި އޭނާގެ ރައްޓެހި 3 މީހަކު ލަންދޫ ވަލުތެރޭގައި ކާށިހޮވުމުގެ މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް ވެއްޓުނު ކާއްޓަކުން ބޮލުގައި ޖެހުމާއެކު އޭނާވަނީ ހޭނެތިގެން ބިންމައްޗަށް ވެއްޓިފައެވެ. މަންޒަރުދުއް މީހުން ބުނާގޮތުން އޭނާ ނަގައިގަނެގެން ގެންދިޔައިރުވެސް ބޮލުން ލޭތައް ފައިބަމުން ދިޔައެވެ.

މިއަދު ހެނދުނު 8:15 ހާއިރު ހިނގި މިހާދިސާޔާއި ގުޅިގެން މަރިޔަމް އަށް ފަރުވާ ދިނުމަށްޓަކައި އޭނާ އެންމެފުރަތަމަ ގެންދިޔައީ ނ.ލަންދޫ ހެލްތު ސެންޓަރަށެވެ. އެތަނުގެ ލަފާގެ މަތިން ނ.އަތޮޅު ހޮސްޕިޓަލަށް މަރިޔަމް ގެނެސްފައިވަނީ ގަތްގަނޑަކަށް މެންދުރު 12:30 ހާއިރުއެވެ.

ހޮސްޕިޓަލުގައި ހުރެ ވާހަކަދެއްކި މަރިޔަމްގެ ގާތްމީހަކު ބުނެފައިވަނީ މިހާރު އޭނާގެ ބޮލުގެ އެކްސްރޭ ނަގާފައިވާކަމަށެވެ. އަދި މިހާރުވެސް އިތުރު ޓެސްޓުތައް ދަނީ ހަދަމުންނެވެ. މަރިޔަމްގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށްވެއެވެ. އަދިވެސް ހޭނާރާތީ ފަހަރުގައި އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލަން ޖެހިދާނެ ކަމަށްވެސްވެއެވެ.

7 thoughts on “”

  1. ވަރަށް ދެރަ ހަބަރެއް ދޯ ކަމެއްދިމާވެދާނެ ކޮންމެ ވަގުތަކުވެސް އަވަސް ޝިފާއަކަށް އެދެން

  2. 25 ދުވަސް ކުރިން ތުތތތުުު

    އެކަމަނާއަށް އަވަސް ސިފާއަކަށް އެދެން،

  3. 25 ދުވަސް ކުރިން މަނަދޫ މީހާ

    ވަރައްދެރަ ހާދިސާއެއް،ކޮންމެފަދަ ވަގުތެއްގަވެސް ކަމެއް ދިމާވެދާނެ، އަވަސް ޝިފާޔަކައްއެދެން،

  4. 25 ދުވަސް ކުރިން ކަހަނބޭ

    އަވަސް ޝިފާއަކަށްއެދެން މާތްﷲގެ ރަޙުމަތްފުޅުން އާސަންދަ އޮތްކަން ހާދަރަގަޅޭ ތިޔަ އާއިލާއަށް ބޭސްކުރުމުގައި ދަތިކަމެއް ނޯންނާނެކަމަށް އުއްމީދުކުރަން. ހިތްވަރުކުރާތި އިރާދަކުރެއްވިއްޔާ މަރިޔަމްއަށް ފަސޭހަވެ އާދައިގެ ދިރިއުޅުމަކަށް އާދެވޭނެ.

  5. މިއީ ކުރީ ސަރުކާރުން އިންދި ކުރެއްގެ ކާއްޓެއް. އަނިޔާވިމީހާ އަށް އަވަސް ޝިފާއަކަށް އެދެން.