2013 ގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ބޮޑު ތިލަދުންމައްޗަށް އަންނަ އިދިކޮޅު ފަރާތަކަށް ފުރުޞަތެއް ނެތް – ކުޅުދުއްފުށި ކައުންސިލް

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު 25 ވަނަ ދުވަހުގެރޭގެ މުޒާހަރާގަ | ހަވީރު ފޮޓޯ އިބްރާހިމް ފާއިދު

މީހުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ ޤައުމުގެ އެކުވެރިކަމާއި ދީނީ އެއްބައިވަންތަކަން ނަގާލުމަށްފަހު 2013 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެންޕޭނަށް ބޮޑު ތިލަދުންމައްޗަށް އަންނަ އެއްވެސް އިދިކޮޅު ފަރާތަކަށް އެފުރުޞަތު ދެވެންނޯންނާނެ ކަމަށް ކުޅުދުއްފުށީ ރަށުކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގަ ބައިވެރި ދެއްކެވި ވާހަކަފުޅާއިގުޅިގެން ނަޝީދަށް ރައްދު ދެއްވާ ކުޅުދުއްފުށި ރަށު ކައުންސިލުން ނެރުނު ނޫސްބަޔާނުގަ ބުނެފަވަނީ   ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ކަމުން އެދާއިރާއަށް ކުޅުދުއްފުށީ ރައްޔިތުން އިންތިޚާބް ކޮށްފައިވާ މުޙައްމަދު ނަޝީދު ވަގުތުން އިސްތިއުފާ ދިނުމަށެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ކުރަމުންދާ މުޒާހަރާގައި  ކުޅުދުއްފުށި ތަމްޞީލު ކުރަން ހޮވާފައިވާ އެއްވެސް މީހަކު ބައިވެރިވުމަކީ ކުޅުދުއްފުށީ ރަށުކައުންސިލުން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށާއި،  ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ސަރުކާރު ވައްޓާލަން ބަޣާވަތް ކުރުމުގެ ރޫޙުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ބައިވެރިވެ، މުޒާހަރާގައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލުމަކީ ކުޅުދުއްފުށީގެ އެއްވެސް ރައްޔިތަކު އެދޭކަމެއް ނޫންކަމަށް ކުޅުދުއްފުށީ ކައުންސިލުން ނެރުނު ބަޔާނުގަ ބުނެފަވެއެވެ.

އަދި މިއަމަލަކީ ކުޅުދުއްފުށީގެ ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ހުރަހަކަށްވާތީ މުޙައްމަދު ނަޝީދުގެ މިޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާކަމަށް ކުޅުދުއްފުށީ ރަށު ކައުންސިލުން ނެރުނު ބަޔާނުގަ ބުނެއެވެ.

26 thoughts on “”

  1. ބަލަގަ ތިޔަ ކައުންސިލުން އައްޔަނު ކޮއްފަ ހުރި މީހެއްތަ އެއީ؟ ކެކި އަރަނީ؟ 2013 ގަ ބޮޑުތިލަދުންމަތީ މީހުން ކަންތަށް ކުރާނީ މިޔެނި އެވެނި ގޮތަކަށޭ ކިޔަން ކުޅުދުއްފުށީ ކައެންސިލަރުންތީ ފަހެ ކޮންބައެއް؟ 2013ގަ އެމްޑީޕީ އަކަށް މި ބޮޑުތިލަދުންމަތިން ތާއީދެއް ނުލިބޭނެ……..

    • 26 ދުވަސް ކުރިން އަހައމާ

      ހަހަހަހަ ތިލަދުންމަތީގެ ރައްޔިތުންވެސް ހަމަ އެހާ ކޮސް ބައެއްތަ

      • ބަލަގަ އެހެން އަދި އެންމެ ކުޅުދުއްފުށީ ކައުންސިލަކުން ބުނިކަމުގައި ވިޔަސް އިދިކޮޅު ފަރާތްތަކަށް ނޭރޭނެ ހިސާބެއް ނޯންނާނެ…

    • 26 ދުވަސް ކުރިން އެންޓި-ކޮރަޕްޓު އެންޓި-ހައްދުފަހަނައެޅުން

      ތިޔަކަހަލަ ފުރޭތައިންނޭ 30 އަހަރުގެ ވެރިކަންކުރި ލާއިންސާނީ، ލާދީނީ، އަދި ކޮރަޕްޓު އަދި ހައްދުފަހަނަ އަޅާފައިވާ ބައިގަނޑަށް ތާއީދުކުރާނީ. ލާދީނީ މީހުނެއްނޫންތޯ ދަށުދަރަޖައިގެ މީހުން ގާޒީންނަށް ލުމަށް ހިތްވަރުދޭނީ. ލާދީނީ މީހުންނެއް ނޫންތޯ 30 އަހަރު ރައްޔިތުން ފަޤީރުކަމުގައި ފާލަމެއް ނާޅާ ވަކި މަދު ބަޔަކު އެކަނި ކުއްލި ކުއްލިއަށް މަހުޖަނުންނަށްވެ އަދިވެސް ރައްތައް 99 އަހަރަށް ރަލާއި އޫރުމަސް ވިއްކުމަށް އަހަރަކަށް 50 ރުފިޔާއަށް ހޯދުމަށް އެދި އެކަން ނުވުމުން ކޮންމެ ރެއަކު މުޅި މާލެތެރެ ގުންޑާއިން ލައްވައި ހަލުވާނީ. ތިޔައީ ހުސް ހައްދުފަހަނަ އަޅާފައިވާ މީހުން،

      • 26 ދުވަސް ކުރިން ކަނަމަނަ

        ދެން ަހަޖަމުކުރަން ދަސްކުރަންވީނު ދޯ

        • ހަޖަމްގެ މައްސަލަ އުޅެނީ ކާމިނީ އާއިލާގަ ވެރި ކަމާގެން ތެޅިފޮޅެނީ ދެންހަމަޔަކަށް އެޅިދާނެ މިހާރު ހުޅުނބު ކޮޅުހުސްވަނީ މުޒާހިރާޔަށް ނުކުންނަމީސްކޮޅު މަދުވީމާގޮތްހުސްވެގެން އެންމެފަހުން ކުއްޓި ވެސް ނުކުތީ ބޮޑުތިލަދުންމަތީ މީހުން އަންނާނެކަމައް

      • އެ އޮތީ ފާލަންތައް އަޅާެރފަ… ގެއާއި ބަދިގެއާއި ދޭތެރޭ ފާލަން އަޅާ… އޭރު ކެއީ ދީގެން މިހާރު އެކަނި ކަނީ

  2. ފުރޭތައިން ހަމަ އެކަހަލަ ފުރޭތައިންނަށް ތާއީދުކުރާނީވެސް.

  3. ކޮން ކައުންސިލެއްތަ އޮންނާނީ!!!! ތި ކައުންސިލަރުންވެސް ބޭރުކުރާނަން މިފަހަރު!!! އޯކޭ!!!!

  4. ހަމަ ލާހިކެއް ނޫން އިދިކޮޅު އެންމެ މީހަކަށްވެސް ބޮޑު ތިލަދުން މައްޗަށް އަރާކަށް

      • 26 ދުވަސް ކުރިން ގޮއްރީންދޫގޭ އާދަނު

        ކަނަމަނަ ކައިރީ ގޮއްރީންދޫ ތެލި ބަދިގެޔައްގެންނާށޭ ބުނީމަ އެ ހިފައިގެން ތީނީ އިންޓަނެޓަށްވަދެ!

  5. ކޮން ކައުންސިލެއްތަ އޮންނާނީ!!!!!! ތި ކައުންސިލަރުންވެސް ބާލާނަން މިފަހަރު!!!!! އޯކޭ!!! ސާފްވެއްޖެ!!!

    • ސާފުވެއްޖެ ލައިގެންހުރި އެއްޗެހިވެސް ބާލާ

  6. 26 ދުވަސް ކުރިން މޫސާ މުހައްމަދު

    ބޮޑު ތިލަދުންމަތިން ފެށިގެން ބޮޑު ޏަވިއަންޏާ ހަމައަށް ސަރުކާރުގެ މަކަރުވެރިކަންވަނީ އެނގިބޭޒާރުވެފަ ވީމަ އިންތިޚާބުގެ ފަހުން އެމްޑީޕީގެ ވަސްވެސް ނޯންނާނެ ހިސާބަށްވުރެ ގިނައިން ވީވަޢުދުތަށް ނުފުދި ލަދުން ފަރުދާވާންޖެހި މުޅިންބޯޚަރާބުގެ ކަނބިލިފިލާހެން ފިލާނިމޭނެ މިހާރުވެސް ނޭގެ ޔޫކޭއިން ފޭލިގެ ނުހޯދާކަމެއް ލަދުން ބޯހަލާކު

    • ތެޅިފޮޅެނީ ވެރިވަން ނުލިބޭނެކަން ޔަގީންވާތީ އަދިވެސް ކާމިނީބައިގަނޑުގެ އަވައިގައި ޖެހުގެންތިބޭ ވެރިކަން ވައްޓާށޭކިޔާފއަި ނުކުމެ ވައްޓާލަނީ މަގުމަތީ އިންދާފައިތިބި ރުއްތައް ކާމިނީގޭ ވެރިކަމެއް ދެނެއްނުލިބޭނެ

  7. 26 ދުވަސް ކުރިން ޑޮކްޓަރު މޮންރޯ މަސީހު އާރް.އެމް.ޕީ

    ބޮޑުތިލަދުންމަތީގެ ވެރިކަން ކުޅުދުއްފުށީކައުންސިލަށް ލިބެނީ ކޮންގާނޫނަކުންބާ؟

  8. 26 ދުވަސް ކުރިން އަހަންމާބެ

    މިހާރުވެސް އެބައުޅޭ ކައުންސިލަރުން ތެރޭގައި ޕީ.ޕީ.އެން މީހުން

  9. 26 ދުވަސް ކުރިން ވަޑިއަހަންމަދު

    ކުޅުދުއްފުށީ ކައުންސިލަށް ގުޅާފަ މިހެންކިޔާފަ ބަޔާނެއް ނެރޭށޭ ބުނީމަ ނެރެފަ އެއޮތީ…..، ރައްޔިތުންގެ ބަޔާނެއް ނެރެން ރައްޔިތުން އެއްކޮށްބަލަ…..، މީރައްޔިތުން އެދޭގޮތެއްނޫނޭ ބުނާއިރު އެއްވެސް ރައްޔިތެއްގެ ހިޔާލު ހޯދާލިންތަ؟… ދެން އަހަރުމެންވެސް ބަޔާން ނެރެންފަށަންވީ ދޯ…. ތިޔަ ކައުންސިލްއާއި ބެހޭގޮތުން….

  10. 26 ދުވަސް ކުރިން ހޮއެ ހޮއޭޭ

    މީ އެއުޅޭ ހޮޅިބުރި ސޭހު ކައުންސިލަރުގެ ނިންމުންބާ.. އޭނައަށް ހީވާކަހަލަ އޭނާމީ ދުނިޔެ ހިންގަން ލާފަހުރި މީހެކޭ… ތީ ދާދި މިދާކަށް ދުވަހާއި ހަމައަށްވެސްް އެނދަށް ފަހަރުވާލީ މީހެކޭ… ސައިޒު އޮޅުނީދޯ… 2014ގެ ކައުންސިލުގައި ސައިސައއއއްލާނަން. އިންޝާﷲ

  11. 26 ދުވަސް ކުރިން މަނަދޫ ކާނަލް

    ތިޔަކައުންސިލްގެ ރައީސް ޖަމުސީދު ކިޔެވިސުކޫލެއް ނިކަން ބުނެދިބަލަ، އުމުރުން16 ައަހަރުގަ ސިފައިންގެއައް ވަނީ، އެތަނުގަ ދުވަސް ކޮލަކު އުލެފަ ދިޔައީ ދަތުރުކުރަން،،، ދަތުރުކުރަން އުލެމުން ދަސްކުރީ އެހެންބޯޓްދަތުރުކުރަން ގޮސް އުލޭ މީހުންވެސް ދަސްކުރާކަންތައް، ދޮންބަޑު މައްޗައް ބީއްސުންހެންހީވަނީ، ތިޔަކަހަލަ ތަނެއްދޮރެއްނުދަންނަ ގަމާރުން ނެރޭ މިކަހަލަ ކަބަރު މިސައިޓްގަ ޖަހާތީ މައްސަލައަކީ،

  12. އެންޓި-ކޮރަޕްޓު އެންޓި-ހައްދުފަހަނައެޅުން އަދި ބޮޑޭ އަށް ބުނެލަން އޮތީ.. މިފަދަ ހުދުމުހުތާރު ވެރިކަމެއް ދެކެފައިވާ އެއްވެސް ފަރުދެއް މި ރާއްޖެއަކު ނެތޭ.. ކޮރޮޕްޓްވީ މީހުންގެ ލިސްޓެއް ކިޔާލަދެންތަ؟ އަދި ކުއްލިޔަކަށް މުއްސަނދިވީ މީހުން ހާމަކޮއްލަންތަ؟ ކިޔާފަ ހަޖަމް ކުރޭ.. ރާކޯ މޫސަ، އީވާ، މާރިޔާ، އަލްހާން، އަލީ ވަހީދު، ކުޅުދުއްފުށީ ދޫރެސްގެ މީހުން،…………. މިފަދަ އެތަށް ބައެއް އެބަތިބި އިނގޭތޯ… ވައުދު ފުއްދުމަކީ ވަރަށް ރީތި ސިފައެއް، އެކަމަކު މިސަރުކާރަކީ ވައުދެއް ފުއްދޭނެ ގާބިލް ސަރުކާރެއް ނޫނޭ ބުރޯ…. “މުސަޅު ވެލި ކާގެންވެސް ހަޖަމު ކުރޭ، އެކަމަކު މިވާހަކަ ތަކެއް ރައީސް ނަސީދަކަށް ހަޖަމެއް ނުވާނެ” އަލްހާން ފަހުމީ

  13. ގަމާރު ކައުންސިލަރުން ތަކެއް އުޅޭތަނެއް އެއީ.. ލިޔަންކިޔަން ވެސް ނޭނގޭ ބައެއް.. މަސީހު ގެ ކޮމެންޓަށް މަ ތާއީދު..

  14. 26 ދުވަސް ކުރިން ގޭ-ގައްސާނު

    ހަޖަމުކުރޭ ކުދިންނޭ! ވާނުވާނޭނގޭ ގޮލައަކު ހުރިއްޔާ ބޮންދުކައިރީ އަހާ! ލޮލް

  15. ނޫނޭ މައުމޫނުއަށް ނޭރޭ ރަށްވަރަށް ގިނަވާނެ

  16. 19 ދުވަސް ކުރިން މަނަދޫ ޖައްލޭ މައުލާނާ ބިން ހޭހޭ

    މިފަހަރު މައުމޫނު (–) ދާންޖެހޭނީ ހިކޭދިޔައިގަ ފަރަށް ވެރިކަން މަތިން ހަދާންނައްތާލާ ޔާމީނު ގެންދޭ ގޯނިހިފަހައްޓަން ގޮޅާއަޅަން ތަސްގެންދޭ ގޮޅާކައްކަން ސޭކު އިމުރާނުގެންދޭ ގޮޅާތަޅަން ބުރުމާގެންދޭ ފޫޅުނައްޓަން ވެރިކަން މަތިން ހަދާންނައްތާލާ ެކަމެއް ދުވަހަކުވެސް ތިމީހުންނަކަށް ދެނެއްނުވާނެ އިރާދަ ކުރެއްވިއްޔާ