
ރައީސް ނަޝީދު އަދި ޑިފެންސް މިނިސްޓަރ ތަލްހަތާއި ސިފައިންގެ އެންމެ އިސް އޮފިސަރުން | އެމްއެންޑީއެފް ފޮޓޯ
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ، ޤައުމީ ދިފާއީ ބާރުގެ އިސް އޮފިސަރުންނާއި މުޙާތަބްކުރައްވާ އިއްޔެގެ ވަގުތެއްގައި ސިފައިންގެ އެތެރޭގަ ދެއްކެވި ވާހަކަފުޅަކީ ސިއްރުން ދައްކަވާފަވާ ވާހަކަފުޅެއް ނޫންކަމަށް ސަރުކާރުގެ އޮފިޝަަލަކު މީޑިއާގަ ބުނެފިއެވެ.
އޮފިޝަލް ބުނެފަވަނީ ، ސިފައިންގެ އެންމެމަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ދޭތެރެދޭތެރެއިން ސިފައިންނާއި ބައްދަލުކުރައްވާކަމަށާއި ، އިއްޔެގެ ބައްދަލުވުމަކީވެސް އެފަދަ ބައްދަލުވުމެއްކަމަށެވެ.
އިއްޔެގެ ހަވީރުގެ ވަގުތެއްގަ ރައީސް ނަޝީދު ސިފައިންނާއި ބައްދަލުކުރައްވާ ދެެއްކެވި ވާހަކަފުޅުކަމަށް ބުނާ އޯޑިއޯ ވިދާޅުވެފަވަނީ ، ދަށު ކޯޓުތަކުގެ ފަނޑިޔާރުންނަށް ދޭ މުސާރަ ހިފަހައްޓަވަން ޖެހިދާނެކަމަށާއި ގާނޫނުގައި ކަނޑައެޅޭ ފަނޑިޔާރުން ހުވާ ކުރައްވަންދެން ހުކުމްތައް ސަރުކާރުން ތަންފީޒް ކުރެއްވެން ނެތްކަމަށެވެ.
“އެ ފަނޑިޔާރުން ހުކުމް ކުރީމާ އެ ހުކުމް ތަންފީޒު ކުރަން މިޖެހެނީ އަޅުގަނޑު. އަޅުގަނޑު ވެސް މިހުރީ މާތް ﷲ ގަންދީ ހުވާކޮށްގެން ހުވާމަތީގައި މިހުރީ. އަދި އިންސާފު ބެލެހެއްޓުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް. އަދި އިސްލާހުގެ މަގުން ކަންތައް ކުރުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމެއް،” ލީކުވިކަމަށް ބުނާ އޯޑިއޯގައި ރައީސް ވިދާޅުވެފައި ވެއެވެ.
“މައްސަލައެއް ނެތް ކޮންމެ ބޭފުޅަކު ފަނޑިޔާރު ގޭގައި ހުންނެވިޔަސް” ރައީސް ވިދާޅުވި އެވެ. “ފަނޑިޔާރުގެއްގައި އިންނަވާ ބޭފުޅަކީ ގާނޫނީ ހަމަތަކުގެ މަތިން އިންނަވާ ބޭފުޅަކަށް ކޮންމެހެން ބޭނުންތެރި ބޭފުޅަކަށް ވާތީ މިދެންނެވި މަގުން ނިންމަވާ އެ މަގުން އަޅުގަނޑު މަސައްކަތްކުރަށްވަން ނިންމަވާފައިވާތީވެ ހިތުލީ ތިބޭފުޅުންނާއި މިވާހަކަ ދައްނަވާ މަޝްވަރާކުރެއްވުމަށްފަހު ކުރިއަށް ދިއުމަކީ ބުއްދިވެރި ގޮތަކަށް ވާނެކަމަށް،” ރައީސްގެ ވާހަކަފުޅުގަ ވިދާޅުވެފަވެއެވެ.
އިދިކޮޅު ފަރާތްތަކުން އަބަދުވެސް ވަކާލަތު ކުރަމުންގެންދާނީ ދައުލަތުގެ މުއައްސަސާތަކުން ކުރާ ކަންތައްތަކަކީ ގާނޫނާއި ހިލާފަށް އުސޫލް ތަކާއި ހިލާފަށް ކުރާ ކަންތަކެއްކަމަށް ދެއްކެވުމަށް ކަމަށާއި ނަމަވެސް އެކަންދަނީ އެގޮތަށް ނޫންކަމަށް ވަރަށް ސާފުވާކަމަށާއި، ސިފައިން އަދާކުރައްވަމުން ގެންދަވާ ބުރަ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރަށްވަމުން ގެންދަވާ ފުރިހަމަކާމާއި އެކު ސާބިތުކަމާއި އެކު ތިއްބެވުމާއި އެކު ލައިން އޮފް ކޮމާންޑާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއައީމާ ހުރިހާކަންކަން ފުރިހަމަވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ދަށު ކޯޓްތަކަށް ފަނޑިޔާރުން އައްޔަންކޮށްފަވަނީ ، ގާނޫނޫ އަސާސީގަ ބުނާ އިންތިގާލީ މަރުހަލާގައި ހަދަންޖެހޭ ފަނޑިޔާރުންގެ ގާނޫނު ހެދުމުގެ ކުރިންނެވެ.


މިއީތަ ކެނެރީގެ ނަސީދު ގެންގުޅޭ ރޮބަޓްތައް.؟ ވެރިކަން ކުރުމުގެ ގާބިލިއްޔަތު ގަނޖާބެ ގައިގާ ނެތްކަން ވަނީ ރައްޔިތުންނަށް އެނގިފާ، އެހެންކަމުން އަވަހަށް އިސްތިއުފާ ދެއްވާފަ އަވަހަށް ގެއަށް ވަޑައިގަންނަވާ.
ކޮޗެއް، ސިއްރުންދެއްކީ، އެހެންނޫންނަމަ ޕްރޮޕެގަންޑާ މެށިނުން ލައިވް ކުރީސް، މިހާރު ދެން ގުދޯ ގުދޯ ގޮވަނީ، އަމިއްލަ އަތައް ގޮވީ، ތިޔަކަން ލީކު ކއްލިމަވެސް އެނގެނީ ސިފައިން މިހާރު ރައީސުމިހާއައް ތާއީދު ނުކުރަކަން…
ދެން މަނަދޫ އަނިޔާވެރި 30 އަހަރު ގެ ,,, ހާދަ ގަމާރޭ ރައީސް މީހާއަށްވެސް އިގޭނެ 1000 މީހުނާ ސިއްރަކުން ވާހަކަ ނުދެއްކޭނެ ކަން ސިއްރުން އެއެއްމެން ކާރިޔަކު ނުބުނާނެ އެއްނު ހަމަ ހޭކެޑިފައި ތިބިމީހުން ގަބޫލު ކުރާނީ އެއީ ސިއްރުން ދެއްކި ވާހަކައެއްކަމަށް
ފަނޑިޔާރުންގެކަންތަކާގުޅޭގޮތުން ވާހަކަދައްކަންވާނީ ސިފައިންނާ. ރައްޔިތުންނާމުޚާތަބްކުރާންވާނީ އެމްޑީޕީ ހަރުގޭގައި.
ރުޅިނާދޭ ރީމް 2013އައީމަ ލަރިލިބޭނެ ކިތައްރުފިޔައައްތަ ވޯޓުވިއްކަނީ