
އަދާލަތުގެ އިސްތަރުޖަމާން ޝައީޙް ޝަޙީމް | އަދާލަތު ފޮޓޯ
މީގެ ދުވަސްކޮޅެއް ކުރިން އަދާލަތު ޕާޓީގެ އިސްތަރުޖަމާން އައްޝައިޙް މުޙައްމަދު ޝަޙީމު އަލީ ސައީދު އަންހެންނަކާއި އެކު ގައިގޯޅިކޮށް އުޅޭ މަންޒަރު ދައްކުވައިދޭ ކަމަށް ބުނެވޭ ވީޑިއޯއާއި ގުޅިގެން އެމަނިކްފާނު ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވައިފިއެވެ.
ޝަޙީމް އެ ވީޑިއޯއާއި ގުޅިގެން ބަސްބުނުއްވާފަވަނީ ، އެމްއެންބީސީންވަން އިން ގައުމީ ދުވަހު އެ ޗެނަލްގެ ހަބަރު ތެރޭގަ ފޮނުވި ރިޕޯޓެއްގައި އެވީޑިއޯގެ ބައިތައް ދައްކާ ޝާޙީމާއި ބެހޭގޮތުން ޙަބަރު ތައްޔާރުކޮށްފަވާތީ ، އަދާލަތު ޕާޓީގެ ވެބްސައިޓްގަ މިއަދު އާއްމުކުރި އެމަނިކްފާނުގެ ބަޔާނެއްގައެވެ.
ޝައިޙް ޝަޙީމުގެ ބަޔާން
” އާދެ! އެމްއެންބީސީއަކީ، އަޅުގަނޑު ނުހަނު އިޙްތިރާމްކުރާ ބަޔަކު އިސްވެތިއްބެވި މުއައްސަސާއެކެވެ. ( ޓީވީއެމްގެ ދުވަސްވަރުން ފެށިގެން) ދިވެހިޤައުމު ދީނީ ގޮތުން ހޭލުންތެރިކުރުމާއި، އެއްބައިވަންތަކަން ދެމެހެއްޓުމާއި، މަޢްލޫމާތުގެ ގޮތުން މުޖްތަމަޢު މުއައްސަނދި ކުރުމުގައި އެމްއެންބީސީއިން ( ޓީވީއެމް) އަދާކޮށްފައިވާ ފަދަ މަތިވެރި އެއްވެސް ދައުރެއް އެހެންބަޔަކު އަދާކޮށްފައި ނުވާކަންވެސް ފާހަނގަކުރަމުން ދަންނަވަމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދުވަހު، އެމްއެންބީސީ 1، އިން، ހެނދުނު 10، މެންދުރު ފަހު، 2، އަދި ރޭގަނޑު 8ގެ ޚަބަރުގައި ތަކުރާރުކޮށް ފޮނުވަމުން ދިޔަ ރިޕޯޓެއްގައި އަޅުގަނޑާމެދު، ފަތުރާފައިވާ ޚަބަރުތައް އަޅުގަނޑު ތަޙައްމަލްކުރީ ޙައިރާންކަމާއި، އިތުރު ހިއްވަރަކާއި، ސާބިތުކަމާއެކީގައެވެ.
ދިވެހިރައްޔިތުންގެ މީޑިޔާއިން، އުފާވެރި ޤައުމީ ދުވަހު، އަޅުގަނޑާއި އަޅުގަނޑުގެ ޢާއިލާއާއި ދަރީންނާއި ރަޙްމަތްތެރިންނާއި، ދަރިވަރުންނާއި އެކުވެރިން ރޮއްވާލުމުން އެމް.އެން.ބީ.ސީ އަށް ލިބުނީ ފަހެ ކޮން އުފަލެއް ހެއްޔެވެ؟ ޙާޞިލްކުރެވުނީ ކޮން ނަތީޖާއެއް ހެއްޔެވެ؟ އެމް.އެންބީސީ އިން މިކަން ކޮށްފައިވަނީ ކޮން މަޤްޞަދެއްގައި ކާކުގެ އަމުރަށް ބާވައެވެ؟ އެ ވީޑިއޯގެ ޙަޤީޤަތާ ބެހޭގޮތުން އަޅުގަނޑާ އެއްވެސް ސުވާލެއް ކޮށްލުމެއްވެސް ނެތި އަޅުގަނޑު ކަތިލީ ފަހެ ކޮން ސަބަބަކާ ހުރެތޯއެވެ؟ އެޑިޓްކުރެވިފައި ހުންނަ ވީޑިއޯތަކަކީ މީހުންގެ ޝަޚްޞިއްޔަތު ކަތިލަން ކިހާވަރުގަދަ ޙުއްޖަތެއްތޯއެވެ؟ އެފަދަ ވީޑީއޯތަށް ނަގައިގެން މީހުންގެ ޝަޚްޞިއްޔަތު ދުއްވާލުމަކީ ޒިންމާދާރު ނޫސްވެރިކަމެއްތޯއެވެ؟
ދައުލަތުގެ މުއައްސަސާއަކުން މި ފަދަ ކަންކަން ހިނގާފާނެކަމީ ދުވަހަކުވެސް އުންމީދު ކުރިކަމެއްނޫނެވެ. މީހުންގެ ޝަޚްޞިއްޔަތު ޤަތުލުކުރުމާއި މީހުންގެ އަގުވައްޓާލުމުން، އެމީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި، މުސްތަޤްބަލަށް ކުރާނެ ނޭދެވޭ އަސަރު މި ސަރުކާރުގެ ވެރިންނަށް ވުރެން ބޮޑަށް ތަޖުރިބާކުރެވިފައިވާނެ ދެވަނަ ބަޔަކު މިރާއްޖޭގައި އުޅޭނެބާވައެވެ؟ ދައުލަތުގެ މީޑީޔާ ވާންޖެހޭނީ ކުރިއަށް ވުރެން އަބުރުވެރި އެއްޗަކަށެވެ. ދިވެހިކޮށްމެ ރައްޔިތެއްގެ ޝަރަފް ދެމެހެއްޓުމަކީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ މަސްއޫލިއްޔަތެކެވެ. ތިމާއާއި ޚިޔާލުތަފާތުވެއްޖެ ކޮންމެ މީހަކަށް ޖިސްމާނީ ގޮތުން، ނުވަތަ މަޢްނަވީ ގޮތުން ގެއްލުން ދިނުމަކީ ބުއްދިވެރިޔަކު ކުރާނޭ ކަމެއްނޫނެވެ. ދައުލަތުގެ މީޑިޔާއިން ވަކި ވަކި ފަރުދުންގެ އަބުރުގެއްލުވާލުމުން ދޭހަކޮށްދެނީ ކޮން ޙަޤީޤަތެއްްތޯއެވެ؟ ސިޔާސީ ގޮތުން ދިމާކުރުމުގެ ބަދަލުގައި ޒާތީގޮތުން ދިމާކޮށް، އަބުރު ނަގާލުމަކީ އެއީ ޒިންމާދާރު މުއައްސަސާތަކުން ކޮށްފާނެކަމެއްތޯއެވެ؟ ޢަމުދުން ރައްޔިތުންގެ މުއައްސަސާއަކުން ރައްޔިތުންނާމެެދު ކުރަން ހެޔޮވަރުގެ ކަމެއްތޯއެވެ؟ ޒާތީގޮތުން އަޅުގަނޑުމެންގެ ޝަޚްޞިއްޔަތު ޤަތުލުކުރުމަކުން، ބަޔަކު ހިންގާ ޣައިރު ޤާނޫނީ ޢަމަލުތައް، ޤާނޫނީ ކަންކަމަށް ބަދަލުވެގެންދާނެތޯއެވެ؟ އަނިޔާވެރިކަމެއް ނިޔާވެރިކަމަކަށް ބަދަލުވާނެތޯއެވެ؟ ބައެއްގެ ހިތުގައި އޮތް ނަފްރަތެއް ލޯތްބަކަށް ބަދަލުވާނީތޯއެވެ؟
ސިޔާސީ މަޤްޞަދަކަށްޓަކައި ޒާތީގޮތުން ދިމާކޮށް ކިތައްމެ ފުރައްސާރައެއްކުރިކަމުގައި ވިޔަސް، ކިތައްމެ ބަދުނާމެއް ބޮލުގައި އެޅުވިޔަސް، ޝަޚްޞިއްޔަތު ޤަތުލުކުރުމަށް ކިތައްމެ ބިރެއް ދެއްކިޔަސް، ކިތައްމެ ފަޟީޙަތެއް ކުރިޔަސް، ބަޔަކަށް ދެއްވަން ހުރި ޢިއްޒަތެއް ﷲ ދެއްވާނެއެވެ. ކިތައްމެ ބަދުނާމެއްކުރިޔަސް، ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ފިކުރާއި ޟަމީރު އަޅުވެތި ކުރެވޭނެ ހަމަ އެއްވެސް މަގެއް ނޯންނާނެއެވެ! ބަދު އަޚްލާޤީ ޢަމަލެއް އެއްވެސް މީހެއްގެ މައްޗަށް ސާބިތުކުރުމަކީ، އެކަމުގައި ޝަރުޢީ މަތިވެރި އިންތަކެއް ލެއްވިގެންވާކަމެކެވެ. ދައުލަތުގެ މީޑިޔާއިން ވަކި ވަކި ފަރުދުން ބޭޒާރު ކުރުމުން، އެ ބޭޒާރު ކުރެވެނީ އެއްމެ މީހެއްނޫނެވެ. އެތަށް ބަޔެކެވެ. އެ ލަދުވެތި ކުރުވެނީ އެތަށް މަޢުޞޫމް ކުޑަކުދީންނެކެވެ. ޝަރުޢީ ގޮތުން އެމީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށްވެރިއެއްނޫނެވެ. އަޅުގަނޑުގެ ބޮލުގައި އަޅުވާފައިވާ ޒިނޭގެ އިލްޒާމުތަކުން އަޅުގަނޑު ބަރީއަވެގެންވަމުއެވެ. އަޅުގަނޑުގެ އަމިއްލަ ނަފްސަށް އޮތް ޔަޤީންކަމާ އިތުބާރު ވަރަށް ބޮޑެވެ.
އިންސާނުންގެ އަބުރާ ޝަރަފަކީ އިސްލާމްދީނުގައި އެންމެ މަތިވެރި މަޤާމެއް ދެއްވާފައިވާ ފަސް ކަމުން ކުރެ އެއްކަމެވެ. އިސްލާމްދީން ބާވާލެއްވުނު މަތިވެރި ފަސް މަޤްޞަދުގެ ތެރޭގައި މީސްތަކުންގެ އަބުރާއި ޝަރަފް ޙިމާޔަތްކުރުން ހިމެނިގެންވެއެވެ. ޚާއްޞަކޮށް މިފަދަ ޒަމާނެއްގައި، އެއްބަޔަކު އަނެއްބައެއްގެ އަބުރު ޙިމާޔަތްކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދަމަހައްޓަކައި، ނެގެހެއްޓުމަކީ އެންމެހާ ރައްޔިތުންނާއި، އިސްލާމީ ޖަމާޢަތުގެ ވެރިކަމާއި، މީޑިޔާއާއި، އެންމެހާ މުއައްސަސާތަކުގެ ޤައުމީ މަސްއޫލިއްޔަތެއްކަމުގައި އަޅުގަނޑު ދެކެމެވެ.
ސިޔާސީ އެއްވެސް މަޤްޞަދެއް ޙާޞިލްކުރުމަށްޓަކައި، އެއްވެސް ބަޔަކު އަނެއްބައެއްގެ ޝަޚްޞިއްޔަތު ޤަތުލުކުރުމާއި، މީޑިޔާ މެދުވެރިކޮށް ވަކިވަކި ފަރުދުންގެ އަބުރު ނަގާލުން ފަދަ ކަންކަންކުރުމަކީ، ސިޔާސީ އަޚްލާޤިއްްޔާތާއި އިސްލާމީ އުޚުއްވަތްތެރިކަމުގެ ތަރަހައިން ބޭރުގައިވާ ކަމެކެވެ.
އަޅުގަނޑަށް ހެޔޮ ދުޢާ ރައްދުކުރައްވައި، މެސްޖްކުރެއްވި ރައްޔިތުންނަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ ހިތް ވަރަށް ތަނަވަސްވެގެންވެއެވެ. ފުރައްސާރަކުރި އެންމެނަށް މަޢާފްކުރަމެވެ. ނިންމާލަމުން އެމްއެންބީސީއިން ރިޕޯޓް ލިޔުއްވި ދެބޭފުޅުންނަށްް ދަންނަވާލަން އޮތީ އެހެން މީހުންގެ އަބުރާއި ޝަރަފް ނަގާލުމުގެ ކުރިން ކޮންމެ މީހަކު ވެސް ތިމާގެ އަމިއްލަ ނަފްސު ޙިސާބުކޮށްލުމަކީ މުހިންމުކަމެއްކަމުގައެވެ. އެމް.އެންބީސީގެ ކުރީން އަމިއްލަ އެހެން ޗެނަލަކުން ވެސް މިޚަބަރުތައް ފަތުރާފައިވެއެވެ. ނަމަވެސް އެމްއެންބީސީ އަކީ، ދިވެހި އެންމެހާ ރައްޔިތުންގެ ޙިއްސާ އޮތް ޤައުމީ މުއައްސަސާއެއްކަމުން އެމްއެންބީސީގެ ރިޕޯޓާމެދު އެއްޗެއް ދަންނަވަންޖެހުނީއެވެ. “


ކަލޯ ޝަހީމު ހަމަ އަސްލުވެސް ކަލޭ އެ ވީޑިއޯ އިން އެ ފެންނަނީ.
ޝަހީމް ތިކަހަލަ ކަމެއް ކޮށްފާނެކަމަށް އަޅުގަނޑު ގަބޫލުކުރަން… ފޮޓޯ އެޑިޓްކުރާހެން ވީޑިއޯ އެޑިޓެއް ނުކުރެވޭނެ… އެއީ ހަމަ އަސްލު ވީޑިއޯއެއް…. އަދި މޮޅަށް ދެނެވޮޑިގެންވަނީ ﷲ….
އަންނި މުޅި ޤައުމު ފަސާދަ ކުރަމުން ނުވިތާކަށް މީހުންގެ އަބުރަށްވެސް އަރަންފެށީ ދޯ…
އަންނިތޯ ހިލޭ އަންހެނެއް ގޮވައިގެން ތުއިވެ-ތުއިވެ އިނދެ ފުޅިއެއްގައި ހުރި އެއްޗެއް ބޮއިގެން އެހިލޭ އަންހެން މީހާ ގޮވައިގެން ނިދާ ކޮޓަރިއަށް ވަނީ؟
ކޯނޗެއް އެޑިޓް ކޮށްފަ ހުރީ އަތްމޮޑުނުތަންތަ؟
އެޑިޓް ކޮށްފައޭ އެބުނީ ތެދުފުޅެއް އެވީޑިއޯގެ އަސްލުން ފެންނަ ބަޔެއް މަންޒަރުތަކަކީ ބަލަން ހެޔޮނުވާ ވަރުގެ މަންޒަރު ތަކެއްވީމަ ކަޑާފަ ދެއްކީ އެވާހަކަ ކަންނޭގެ ސަހީމް އެވިދާޅުވަނީ އަޅުގަނޑު އަޑުއެހިން ސަހީމް ރޭގަ ވީޓީވީ ޕޮރޮގުރާމެއްގައި ސަހީމުމެން ފަދަ ޒުވާން ބޭފުޅުންގެ ޒުވާން ކަމުގެ ކަންތައްތަކުގަ ހިފާން ކިތައްމެ ވަރަށް ކިޔަސް އޭނާ މާލޭ މަގުމަށްޗަށް ނުކުންނާނެ ކަމަށާ ލަދުވެސް ނުގަންނަ ކަމަށް އެކަމް މިހާރު އަނެއްކާ ކީކޭ ތިކިޔަނީ
ސަހީމަށް މިހާރު ދަސްކޮއްދޭން ވެއްޖެ އެޑިޓުކުރުމަކީ ކޮބައިކަން ކޮންމެ ފިލްމަކީވެސް އެޑިޓުކޮއްގެން ނެރޭ ފިލްމެއް ދެން މިކަމާ ބެހޭގޮތުން އިތުރަށް ބޭޒާރުނުވެ މަޑުން ހުރުން ބުއްދިވެރި ދެން ސިޔާސީ މައިދާނަށް ނުވަދެ ގޭތެރޭގަ ހަނުހުރިއްޔާ ރަގަޅުވާނެ އަދިކޮބާ ކޯސްޓު ކިރުގެ އިސްތިހާރު ކުޅުނު އަންހެންކުއްޖާގެ ވާހަކަ ބޭޒާރު ވީމަ މާކަ މަންޒަރު ރީއްޗެއްނުވާނެ
ކުރަނިކޮށް އަތްފުރެންދެން ހިފިޔަކަސް އެއްބަހެއް ނުވާނެ ތިޔަ މީހުން
ބަލަ ޝަހީމުގެ އަތްފުރެންދެން ސޯފާއަށް އައިސް ހިފައި އޮޅުލިތަނެއް ނުފެނޭތޯ
އެއީ، އެޑިޓްކޮށްފައިވާ އެއްޗެއް، މި ސަރުކާރުރަކީ ލާދީނީ ސަރުކާރެއް، މިބައިގަނޑު ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް، ވެރިކަމުގަ އިސްސަފުގަތިބި މީހުންނާ އެމީހުންގެ ދަރިންގެ ފޮޓޯތައްވެސް ތިވީ ހާއްމަކުރަންތާދޯ. ސަހީމަށް ދަންނަވާލަންއޮތީ ބަލާނެކަމެއްނެތް ރައްޔިތުންގެ ގިނަމީހުންތިބީ ސަހީމުމެންނާއެކު، ރައްޔިތުން މި އަނިޔާވެރި ސަރުކާރު ބަލާނުގަތީމަ ދެން މިހާރު އެ އެޅެނީ ސާމާނުގަނޑަށް ވައި އަރާގެން،
30 އަހަރުގައި ރައްޔިތުންނަށް ކޮށްދޭންޖެހޭ އެތައްއެތައް ކަމެއް ކޮށްނުދީ ހައެކަ މީހުން ކުއްލިއަކަށް މަހުޖަނުންނަށް ހަދައި އެހައެކަ މީހުން އެތެރެކުރާ ތަކެތީގެ އަގުބޮޑުކޮށް ވިއްކައި، ރައްޔިތުންގެ ޢާމްދަނީ ހަނާކޮށް، ސިޔާސަތަށް ފާޑުކިޔާމީހުން ޖަލުތަކުގައި ހަނާކޮށް އަނިޔާކޮށް މަރާ، ރައްޔިތުންގެ ޅަދަރީންނަށް މަސްތުވާތަކެތި ވިއްކުވައި ހެދި މީހުންނެއްނޫންތޯ ލާދީނީ؟ 3 އަހަރުން ދަތުރުފަތުރުކުރުމާއި، ހިލޭ ބޭސްކުރެވޭނެގޮތާއި، ނަރުދަމަޔާއި ބިންހިއްކުމާއި، 16 މިސްކިތާއި، 54 ބަނދަރު ހަދާމީހާތޯ ލާދީނީ؟
ވަރަަައް ރަނގަޅު ވާހަކަ އެއްތީ.ކޮން ލާދީނީ އެކޭ ކިޔާކައް….30އަހަރުގެ ދީނީ ސަރުކާރުގަ ހުރިހާ ނުބައި ކަންތަކު ގެ ބިންގާ އެޅި ހުރިހާ ކަމެއް ހަައްދުން ނެއްޓުނީ…..އެއްވެސް އަބުރު ވެރި މާތް މީހެއްގެ އަގު ވެއްޓުމުގެ ފުރުސަތު ނުލިބޭނެ …ހަގީގަތުގައި އެމީހަކު ކޮށްފައި ވާ ކޮންމެ ކަމެއްވެސް ބޭޒާރު ވުން އެކަށީގެން ވޭ.ރޭގަނޑުގެ މުހިއްމު އަޅުކަންކުރާ ވަގުތު ތަކުގަ އި ބޭކާރު ކޮށް މަގުމަތީ ގައި އަޑުގަދަ ކޮށް މީހުންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަކޭ ތިކަހަލަ މާތް ދީނީ ބޭފުޅުން ކުރަން އެކަށީ ގެންވާ ކަންކަމެއް ނޫން..ދުނިޔޭގައި މިތިބޭ ކުޑަ ދުވަސްކޮޅު ވަގުތު ބޭކާރު ނުކޮށް އަޅުކަން ކުރުމާއި ގެން އަވަދި ނެތި އުޅުން އެއީ އެންމެ ރަނގަޅު ގޮތް
ޝޭހު ގޯނިން ނެރުނީމަ ކޯފާވަނީ ތިކަހަލަޝޭހުންގެބަސް ކާކު ގަބޫލުކުރާނީ މަންޖެޔަކާ ސަމާސާ ކޮށްލައްވަނިކޮން އަޅުގަނޑު މެއްނައްވެސް ފެނިއްޖެ ޝަހީމު ކަލޭއެއްޗެހިލައިގެން ތިއުޅޭނީއެއްޗެއް ކޮށައިގަންފާނެތީތަ
ބަލަ ޝަހީމޫ ވީޑިއޯ އެޑިޓެއް ނުކުރެވޭނެ ތިންދެން ދޮގުހަދާއިރު ކަލޭތީ ޝޭހެއްތަ؟ ނޫނީ ސޭކެއްތަ؟ އެވީޑިއޯ އަކީ ހަމަކެލޭގެ ވީޑިއޯއެއް… ތިހެން ނުވާނީ ކިހިނެއް.. ތީ އަންކިޔާ ފިއްޔާ އަބަރީވެސް ހެޔޮވަރު ގިތެލެއް… ތީގެ ހުރިހާ ޝޭހުންވެސް އުޅެނީ ހަަމަ ތިހެން ފަތިފުއް ވަރަށް މުޑުދާރުވާނެ
ސަހީމް ބުނަނީ ސަބިތު ނުވާ ދޮގުވާހަކަ ނުދެއްކުމަށް، އެކަމަކު,,,, ހެޔޮދޯ ދޮގުހަދާ ރައްޔިތުންނަށް އޮޅުވާލިއަސް، ތިއީ މިހާރު ވަނދު ބަނބުކޭލޭ ބޭނުނުން ނުކުރާނެ، ފަގީރަކުވެސް….. މިގައުމުގަ އަދުލު އިންސާފް ލިބެން ޖެހެނީ ފައިސާ ވެރިންނަށާއި އެމީހުންގެ މުންޑުތެރޭގައި އުޅޭމީހުންނަށް. އަހަންނަކީ ކުރިން އަންނި ދެކެ ވަރަށް ރުޅިއަންނަ މީހެއް އަބަދުވެސް ވެރިންދެކެ ރުޅިއާދޭ އަދުލު އިންސާފް ނެތީމަ އެކަމް މިފަހަރު މަވެސް އަންނި އަށް ތާއީދު ކުރަން މިކަމުގަ،
ޯޝަހީމޫ، އެއީ ފޭކެއް ނަމަ ކީއްވެ ކަލޭގެ އަންހެނުން ކަލޭކައިރިން ނުކުތީ؟ ލަދެއްވެސް ނުގަނޭ އަނގަ ފުޅާކުރަން….
ހަހަހަހަ ކަލޭ މާރީތިވީމަ
ކިޔަވަން ގޮސްލާފައާދޭ
ލޮލް، ޝަހީމޫ ބަޔާނުގައި ރީތިކޮން އިބާރާތްކުރިޔަސް ޝަހީމަކީ ރައްޓެހިންނާއި ގާތްމީހުންނާ ވާހަދައްކާއިރު އަގަނހަޑިމީހެއް އަންހެނުންކަންތައް ހިތިމީހެއް ކޮބާތަ އެއްކަލަ ޓީވީއަށް ޚަބަރުކިޔަން އަރާކުއްޖާ؟ އެކުދިންނަށް ކުރި ޚަރަދުކޮބާ އެމްއެންބީސީގެ ކިތައް ބިޓުންނަށް ޝަހީމު އެޕްރޯޗްކުރިންތަ؟ ޝަހީމޫ ސިޔާސީގޮތުން ބޮޑޭވާން އުޅެން ހަދައިގެން ކިޔެވިއެއްޗެއްގެ ބޭނުން ނުކުރެވި ފަޟީހަތްވީ މިއަދު، ޝަހީމު ނޫނަސް ރައީސް ނަޝީދުގެ އަނބިންނާ ދަރިންތިބޭ އެމަނިކްފާނުގެ އަބުރާއި އިއްޒަތް ކޮންމެދުވަހަކު ނޮޅައިގެން ތިޔަ ކަމުންދަނީ އަދާލަތާ ޕީޕީއެމް އޮވެގެން ޗަންޕާ ޓީވީއާ ރޭޑިއޯއިން، ތިޔަހާ ދީނީ ބޭފުޅުން ކީއްވެތޯ ވަލިޔުލް އަމްރުގެ ހައްޤުގައި ނުނުކުތީ، ލަދުގަންނަ ކަމެއް ވެއްޖެތާދޯ.. ދެން ލޮލް ދެރަވޭ އަހަރެންވެސް ވަރަށް ޤަދަރުކުރިން ފަހަތުގައި ނަމާދުކުރާހިތުން އިމާމުވެ ނަމާދުކުރާ މިސްކިތްވެސް ހޯދައިގެން އެމިސްކިތަކަށް އެރިހަނދާންވެސްވޭ.. އެކަމަކު ދެން ވަނދުބަނބުކޭލެއް މިހާރުތީ
ހޯހޯ އެދުރުމީހާ މިހާރުތިގޯސްހަދަނީ ދޮގުހަދަންޏާ އަންގްބޮޑުމީހެއްގެ އަޑު އިވިދާނެ ކުރިން ހުރިގޮތައް ހަނުހުންނެވުން ބުއްދިވެރި!!!