ކުޑަކުދިގެން ހާއްސަ ޑޮކްޓަރެއް ނ.އަތޮޅު ހޮސްޕިޓަލަށް ގެނެސްފި

އަލަށް ގެނެައި ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރު (ވ) | މަނަދޫލައިވް

ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެއްގެ ޙިދުމަތް މެދިކެނޑިފަ އޮންނަތާ  ދުވަސްތަކެއް ފަހުން ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެއް ނ.އަތޮޅު ހޮސްޕިޓަލަށް ގެނެސްފިއެވެ. ނ.އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ، މިފަހަރުވެސް ޑޮކްޓަރު ގެނެސްފަވަނީ އިންޑިއާއިންކަމަށާއި، މި ޑޮކްޓަރަކީ ގިނަ ދުވަސްތަކެއްވަންދެން އިންޑިއާގަ މަސައްކަތްކޮށްފަހުރި ޑޮކްޓަރެއްކަމަށެވެ.

ނ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ފަރުޙާދު ވިދާޅުވީ ، ކުޑަކުދިންގެ ޙާއްސަ ޑޮކްޓަރެއްގެ އިތުރުން ، ނަރުހަކާއި ، މެޑިކަލް އޮފިސަރެއްވެސް މިއަދު އައިސްފަވާކަމަށެވެ. އަންހެނުންގެ ޙާއްސަ ޑޮކްޓަރެއް އަންނަ ފެބްރުއަރީ މަސްތެރޭގައި ގެނެވޭތޯ ވަރަށް މަސައްކަތް ކުރަމުންދާކަމަށް ފަރުޙާދު ވިދާޅުވިއެވެ.

ނ.އަތޮޅު ހޮސްޕިޓަލްގަ އަންހެނުންގެ ޙާއްސަ ޑޮކްޓަރެއް ނެތުމުން ގިނަ ބައެއްގެ ޝަކުވާ ބޮޑުވެވާއިރު ، މިހާރު އެ ހިދުމަތް ލިބެނީ ނައިފަރުގަ ހުންނަ އަންހެނުންގެ ޙާއްސަ ޑޮކްޓަރު މަނަދުއަށް އައުމުންނެވެ،.

12 thoughts on “”

  1. 26 ދުވަސް ކުރިން ޑޭން/މަނަދޫ

    ސާބަހޭ ޕަރަޑޭސް .ތި ގޮލަ ވަރަށް އެނބަ ހިނގާލާތިތަން…

  2. ޑޮކްޓަރަކަށްވުރެބޮޑަށް ވައްތަރީ މަސްވެރިއަކާދޯ

  3. 26 ދުވަސް ކުރިން ބޮޑުއްކޮ

    ކުޑަ ކުއްޖަކާ މީނަ ވައްތަރީ ވެސް

  4. ބަލާ ސެލެބްރޭސަންވެސް ނޫނޭ ފަރުހާދު ކަލެއަށް ތިކަން ވެދާނެ

  5. 26 ދުވަސް ކުރިން މަނަދޫ ދާދާ

    މިހާރު އެބަ ރަނގަޅުވޭ، ރަނގަޅުވާތީ ފެންނަންޏާ އަހަރެމެން އިދިކޮޅުމީހަކަސް ޤަބޫލުކުރާނަން . މަގެއަށް އިއްޔެވެސް 500.00 އާސަންދުން ބޭސްފަރުވާއަށް ޚަރަދުކުރި. އެމްޑީޕީ އަށް ވަންނަން ގަސްތުކުރަން. ފަރުޙާދަށް ބުނެލަންއޮތީ ގަދަޔައް ހިންގާލާށޭ

  6. ތީ ރޯނީ ޖޯޖް ކަމުގައި ވަންޏާ ކުރިން ރާއްޖޭގައި މަސައްކަތް ކުރި. މާކަމުދާ މީހެއް ނޫންތިޔަކީ.

  7. 25 ދުވަސް ކުރިން ކޯޕަރޭޝަންގެ މުވައްޒަފެއް

    ކޯޕަރޭޝަންގެ އާ މެނޭޖުމަންޓުން ކުންފުނީގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ވަރަށް ބުރަ މަސައްކަތް ކުރައްވާކަން ގަބޫލުކުރަން. މުވައްޒަފުންނަށް ވެސް މިހާރު ވަރަށް ރަނގަޅު ގާތް ގުޅުމެއް ބާއްވަމުން ގެންދަވާކަން ފާހަގަކުރަން. ރަނގަޅިއްޔާ އަހަރެމެންވެސް ކޯޕަރޭޝަނަށް ވެސް ރަނގަޅުވާނެ.

  8. ކުދިންނޭ ބަލާބަލަ އޭނާއަތުގައި އޮތީ ކޮންކަހަލަ ފާހެއްތޯ ކުރިންވެސް ވަނީ ޚާއްސަ ޑޮކްޓަރެކޭކިޔާފަ އާދައިގެ އެމްބީބީއެސް ޑޮކްޓަރެއްގެނެސްފައެވެ. އެފަހަރުވެސް މުޅިއަތޮޅަށް އިސްތިހާރުކުރޮއެވެ. ވަރަށްމޮޅު ޚާއްސަޑޮކްޓަރެއްއަންނަވާހަކަ މިފަހަރު އެގޮތަށް ނިވެއްޖެއްޔާ ކިތަންމެހާވެސް ރަގަޅު

  9. 25 ދުވަސް ކުރިން އިބުރާހީމް

    ރާއްޖޭގަ މީހުން އާއްމުކޮށް ތޮފިއަޅާ ނުހަދާތީ ހީވަނީ މަސްވެރިން އެކަންޔޭ ތޮފި އަޅަނީ. ހައް ހައް ހައް ހާ. މިއޮއްފަދަ ޒަމާނުގަ ޓީވީތަކުންވެސް މީހަކު ތޮތްޕެއް އަޅާފަ ހުއްޓަ ނުފެންނާތީ ކުރި ކޮމެންޓެއްހެން ހީވަނީ. އޮބާމާ މިކަހަލަ ތޮފި އަޅާފަ ހުއްޓަ ހަމަ ނުފެނޭތަ.؟؟؟؟ މަނަދޫ މީހުން ބޯގޯސް

  10. އަނގަކޮފައޭ ދޮތަ.. ހަޔާތްކުޑަކަން އަދި ޑޮކުޓަރެެއް ލިބުނީމަވެސް މައިތިރިނުވޭ.. ތީ ނ. އަތޮޅު މީހުންގެ ވައްތަރު