
ޙަސަން ޢަރީޝް، ހ. ރަންފަޅޯގެ، | police photo
މާލޭގައި މިހާރު ކުރިޔަށްދާ މުޒާހިރާތަކާއި ގުޅުވައިގެން މާލެތެރޭގައި ހަމަނުޖެހުން ހިންގައި ތޫނު ހަތިޔާރު ހިފައިގެން ނުކުމެ މާރާމާރީ ހިންގަން އުޅުނު މީހަކު ވަޅިއަކާއެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ.
ރޭ މާލެތެތޭގައި މުޒާހިރާ ކުރިޔަށް ދިޔަ ވަގުތު ހެންވޭރު ސަރަޙައްދުގައި މާރާމާރީހިންގުމަށް ބަޔަކު އުޅޭކަމުގެ މަޢުލޫމާތުލިބި އެސަރަޙައްދަށް ފުލުހުންނާއި ސިފައިން ގޮސް ހިންގި އޮޕްރޭޝަންގައި މިމީހާއި މިމީހާ ގެންގުޅުނު ވަޅި ހޯދައި ފުލުހުންނާއި ޙަވާލުކޮށްފައިވަނީ ސިފައިންގެ ފައުޖުންނެވެ. މިމައްސަލައިގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޙަސަން ޢަރީޝް، ހ. ރަންފަޅޯގެ، (27 އަހަރު) އެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.


ރަށަށް އަނެއް ދިވެހި ރާއްޖެ ތިއަންނަނީ ހަމައަށް އަދި!! ބޯޑެތި ވަޅިތައްދޯ؟