މިއަދަކީ އިންޑިޔާގެ 62ވަނަ ޖުމުހޫރީ ދުވަހެވެ. މިދުވަހާއި އިންޑިއާ ކުރިމަތިލާއިރު އެޤައުމުގެ އުފެއްދުންތެރިކަމުގެ މިންވަރުވަނީ 7.4ފަސެންޓަށް މައްޗައްޖެހޭނެކަމަށް ލަފާކޮށްފައެވެ.
އިންޑިޔާއަކީ ފަހުގެ މާޒީގާ ތަރައްޤީއާއި މަސައްކަތްތެރިކަމުގެ ރޮނގުން ވަރަށް ކުރިއަރަމުން އަންނަ އާބާދީއެއްއޮތް ޤައުމެކެވެ. ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު ހުސްވި 2011ވަނަ އަހަރު އެޤަމުވަނީ ދުނިޔޭގެ ނިސްބަތުން އުފެއްދުންތެރި ޤައުމެއްކަން މުޅިދުނިޔެއަށް ސާބިތުވެސް ކޮށްދީފައެވެ.
އަދި އިންޑިޔާގެ މިހާރުގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަންސިންއަކީ އިޤްތިސާދީ މާހިރެކެވެ. އެމަނިކުފާނުގެ ޒައާމަތުގައި އިންޑިޔާ މިހާރު ހޯދަމުން އެދާ ކާމިޔާބީތަކަކީ ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވެރިން އައްސަރިބަހާއި ސާބަސް ރައްދުކުރއްވަމުންގެންދަވާ އެއްސަބަބެވެ.
ދުނިޔޭގެ ޤައުމުތަކަށް އަންނަމުންދާ އިޤްތިސާދީ ހީނަރުކަން އިންޑިޔާއަށްވެސްދަނީ ފޯރަމުންނެވެ. މިގޮތުން އެޤައުމުގެ އިންފުލޭޝަންވަނީ ކޮންމެވެސް ވަރަކަށް އުފުލިގެންގޮސްފައެވެ. ހަމަ އެއާއެކު ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ދެމެހެއްޓެނިވި ފިޔަވަޅުތަކުގެ ސަބަބުން އިޤްތިސާދަށް ފޯރަމުންދާ އަސަރުތައްވަނީ ކުޑަކޮށްފައެވެ.
މިދުވަހުގެ މުނާސަބަތުގައި މިއަދައަކީ އިންޑިޔާއަށް ސަރުކާރު ބަންދުދުވަހެކެވެ. އިންޑިޔާއަކީ ދިވެހި ގިނަ ޢާއިލާތަކެއް ދިރިއުޅެމުން އަންނަ ޤައުމެކެވެ.

