އިބްރާހީމް ޢަބްދުﷲ
ގައުމީ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު ހިތަށް އަރާފައިބަމުންދާ ގިނަ ޝުޢޫރުތަކެއް އޮތުމާއި އެކު ލިޔުމެއްގެ ސިފަ ޖެއްސޭތޯ ﷲގެ އިރާދަފުޅާއިއެކު ފަށަމެވެ.
އާދެ! ޝައްކެވެސްނެތް ގައުމީ ދުވަހަކީ ބޮޑު ތަކުރުފާނު ދިވެހިންގެ ދީނާއި ފަސްގަނޑުގެ ހިމާޔަތުގައި ކުރި މަތިވެރި ޖިހާދަށް މާތްﷲގެ ނަސްރާއި ކާމިޔާބު ލިބިގެން ދިޔަ ދުވަހެވެ. 17 އަހަރުގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަށް ވުމުގެ މަތިވެރި އުފާ އަޅުގަނޑުމެން ފާހަގަ ކުރަމުން އަންނަ ދުވަހެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން ވިސްނާ ފިކުރުކުރަން ޖެހިއްޖެކަން ކަށަވަރެވެ. އޭރުގެ އެއަނދިރި މާޒީ މިހާރު އިޔާދަ ވެއްޖެއެވެ. އެހެނީ އޭރުވެސް އަޅުގަނޑުމެންގެ އަދުއްވުންގެ އަމާޒަކަށްވީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން މިބިމުން ފޮހެލުމެވެ. އެމީހުންގެ ސުންޕާ އަމަލުތައް އަހަރެމެންގެ ތެރޭގައި އަށަގެނެވުމެވެ. އަޅުގަނޑުމެން މިތިބީ އިސްލާމް ދީނުގެ މަތީގައިތޯއެވެ؟ އަޅުގަނޑުމެން އަޑުގެ ކޮޅަށް ދީނޭ! ގައުމޭ! ގޮވާވަރުވޭ ހެއްޔެވެ. ދީނީ އެއްބައިވަންތަކަމެއް ނެތެވެ. ގައުމީ އެއްބައިވަންތަކަމެއް ނެތެވެ.
ސޮލީބީ ހަނގުރާމައޭ ކިޔާ އަޑު އައްސަވަންތޯއެވެ؟ އިވޭނެކަން ކަށަވަރެވެ. އަޅުގަނޑުގެ މަޢުލޫމާތު އެހާ މުއްސަދިނޫނަކަސް އެނގެނީ އެއީ އިސްލާމްދީނުގެ އަދުއްވުން އިސްލާމްދީން ބަލިކަށިކޮށްލުމަށް ފަށައިގެން އުޅޭ ހަގުރާމައެއް ކަމެވެ. ކުރިން އެމީހުން މަސައްކަތްކުރީ ގަދަބާރުން ހަނގުރާމަކޮއްގެން އިސްލާމްދީން ބަލިކަށި ކުރުމަށެވެ. ނަމަވެސް އެމީހުންނަށް ކާމިޔާބެއް ނުލިބުން ދެން އެމީހުން ފެށީ ފިކުރީ ހަނގުރާމައެކެވެ. މިއަދު އެމީހުން އަހަރެމެންގެ ދީނީ އަގީދާ ބަލިކަށިކޮއްފިކަން ކަށަވަރެވެ. ކުރިން އަހަރުމެންގެ ތެރޭގައި އޮތް ސުލްހަ މަސަލަސްކަން ކޮބައިތޯއެވެ؟ އަޙުވަންތަކަން ކޮބައިތޯއެވެ؟ ސުވާލުތައް ގިނައެވެ. ޖަވާބުދެވޭނެ ފަރުދެއް އެބަހުރިތޯއެވެ. ކޮންމެ މީހަކަށްވެސް މީއީ އަހަރުމެންގެ މިނިވަން ގައުމޭ ބުނަން ކެރެއެވެ. އެކަމަކު މިނިވަންކަމަކީ ކޮބައި ހެއްޔެވެ؟ އަނެއްކާވެސް ސުވާލެކެވެ. ގައުމިއްޔަތަކީ ކޮބައިހެއްޔެވެ؟ ޖަވާބު ދެވޭނެ ބާއެވެ؟ ބޮޑު ތަކުރުފާނު މިގައުމު އަޅުގަނޑުމެންނަށް ހޯދައިދިނީ އެޕޯޗުގީޒުންގެ ސަގާފަތާއި އެކުތޯއެވެ. ހަމަގައިމުވެސް އެހެނެއްނޫނެވެ. އެމީހުން އަޅުގަނޑުމެންގެ ފިކުރާއި ކުޅެ، އެމީހުންގެ މިޝަން އެމީހުން ކާމިޔާބުކޮށްފިޔޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ.އަޅުގަނޑުމެންގެ އިސްލާމީ އަގީދާ ބަލިކަށިވެއްޖެއެވެ. ގައުމުގެ ސަގާފަތް އެއީ ފޮތްތަކުގައި ތާރީޙީ ސަފުހާތަކެއްގެ ގޮތުގައި ލިޔެ، ފޮތް ހަރުގަނޑުގައި ރައްކާކޮށްފިޔެވެ. ގައުމީ ސަލާމަކީ މިހާރު ގައުމީ މުނާސަބަތަކާއި ގުޅިގެން ޖަހާލާ މިޔުޒިކަކަށް ވެއްޖެއެވެ.
ވާހަކަ ދައްކަން ވެއްޖެއްޔާ ދައްކާނެވާހަކަ ވަރަށް ގިނައެވެ. ލޯތައް ހުޅުވަމާ ހިނގާށެވެ. ދީނާއި މިބިން ސަލާމަށް ކުރަން އަތުކުރި އޮޅަމާ ހިނގާށެވެ. ބޮޑުތަކުރުފާނު އެދެވަހު މިގައުމާއި ދޭތެރޭ ވިސްނާނުލެއްވި ނަމަ މިއަދު އަޅުގަނޑުމެންނަށް އިސްލާމް ދީނުގެ މަތީގައި ތިބުމުގެ ނަސީބު މިންވަރުވާނެތޯއެވެ. މާތްﷲގެ ރަހުމަތް ފުޅުން އެނަސީބު އަޅުގަނޑުމެންނަށް ދެއްވީތީވެ، އެކަމާއި ޝުކުރުކުރުމުގެ ބަދަލުގައި އެ ނަސީބު ބޮލާލައި ނުޖަހާށެވެ. ދީނަށް ލޯބިކުރާ ގައުމު ދެކެ ލޯބިވާ ރައްޔިތަކަށް ވަމާ ހިނގާށެވެ.


ގައުމާއި ދީނައްޓަކާ ޝޭހުއިމުރާނު ފަދަމީހަކަށްވުމަށް ގޮވާލަން
ޝޭހެއްގެ ނަމުގަ ހުރެގެން އިމުރާނު ގައްދާރު އެކުރާ ކަންތައް ކުއްވެރި ކުރަން އޭނަޔަކީ ބަގާވަތް އުފައްދާ ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރާ ބޮޑު ގައްދާރެއް
ނިކަން ސާބިތުކޮށްދީބަލަ ގައްދާރެއްކަން ބަގާވަތަ އުފައްދާ އަލިފާން ބޯޅައުކާ ޕޮލިހެއްގެ މޫނަށް ކުޅުޖެހީ އައްނިއެއްނު… ތިންބާރު ވަކިކޮށްފަ އަނެއްކާ ބާރުނުލިބިގެން ތެޅިބާލަނީ ހަމަ ގަންޖާ ރާޖާ..
މި ޤަވްމުގެ ބައެއް މީހުން މި ޤަވްމާމެދު ކުޑަވެސް ކުލުވެރިކަމެއް ނެތުމަކީ ފަހުގެ ޖީލުތައް ހިތާމަކުރާނެ އަދި މި ޖީލުގެ މީހުންނަށް މަލާމާތްކުރާނެ ކަމެކެވެ. ޢިލްމުވެރީންނަށް ނުބައިބަސްބުނުމަކީ، ޤަވްމުތަކުގެ ހަލާކުގެ ފެށުމެވެ.
ގައުމު މަރުފަލިޖަހަމުން ދަނިކޮށް މިކަހަލަ އާޓިކަލް އެއްލިޔުނީތީ ޝުކުރުދަންނަވަން،
އިސްލާމް ދީން މިތަނުގައި އޮތީ ކޮންދުވަހަކު؟؟؟؟؟؟؟؟؟؟؟؟؟ މިހާރު ދިނީ ޙާލަތު މާބޮޑަށް ވެސް ރަނގަޅު
އަންހެނުން ގެއިއްފަތްތެރިކަން ނަގާލާ ނަމޫނާދެއްކިޝޭހަކައް އިތުބާރެއްނުކުރަން ލަދުން ބޯހަލާކު
އަމިއްލަ ނަފްސު ހިސާބު ކޮށްފަ މީހުންގެ ވާހަކަ ދައްކަބަލަ..ޝޭހުއްނަކީ ގަންޖާމެންކަހަލަ ކަޓާފަ ތިބޭބަޔެއްކަމަށްތަ ހީކުރީ…ހޭވެރިވެބަލަ!!!