ދަތްއުނގުޅާ ސިވާކު ދަނޑިކޮޅުގެ ފައިދާ

ސިވާކު ދަނޑިކޮޅެއް

ޖަރުމަނު ވިލާތުގެ ރޯސުޓޮކް ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދަތްއުނގުޅަން މުސްލިމުން ބޭނުންކުރާ ސިވާކު ދަނޑިކޮޅަކީ އޭގައިވަރަށްގިނަ ފައިދާ އެކުލެވޭ ދަނޑިކޮޅެކެވެ. މިއީ ސަހަރާ ތެރޭގައި ހެދޭ ގަހެއްގެ މުލެކެވެ. މި ދަނޑިކޮޅުން ދަތްސާފުކޮށް އަދި އަނގައިން ވަސްފިލުވާލަން ބޭނުންކުރެވޭ ދަތް އުނގުޅާ ޤުދުރަތީ ބުރުހެކެވެ. މި ބުރުހުގެ މޮޅުކަމަކީ ކިތަންމެ ވަރަށް ދަތްއުނގުޅާފައި ނުދޮވެ ބޭއްވިޔަސް ނުބައިވަސް ނުދުވުމެވެ.

އާދެ ޔުނިވަރސިޓީގެ ދިރާސާއިން ދެއްކިގޮތުގައި މި ޤުދުރަތީ ބުރުހުުގައި ވަރަށް ގިނަ ފައިދާކުރަނިވި މިނެރަލް މާއްދާތައް ހިމެނެއެވެ. އެގޮތުން ކޮލޮރައިޑާއި ސޯޑިއަމާއި ޕޮޓެސިއަމާއި އަދިވެސް މީރުވަސް ދުއްވާ އެހެން މާއްދާތައް ހިމެނެއެވެ. އަދި އޭގެ އިތުރުން މިދަނޑިބުރުހުގައި ހިރުގަނޑު ވަރުގަދަ ކުރާ މާއްދާތަކާއި އަދި ނުބައިވަސް ފިލުވާލުމުގެ ޤާބިލުކަން ލިބިގެންވާ މާއްދާތައްވެސް އެކުލެވިގެންވެއެވެ. އަދި އަނގަތެރެ ސާފުކޮށްދޭ މާއްދާތައްވެސް ހިމެނޭކަމަށް މިދިރާސާއިން ދައްކައެވެ. މާޝާ ﷲ

އަދި ޢާއިޝާ ރަޟިޔަﷲ އަންހާ ރިވާކުރައްވާ ގޮތުގައި އެކަލޭގެފާނު ގެޔަށް ވަދެވަޑައިގެންފި ނަމަ ސިވާކުން ދަތްޕުޅު އުނގުޅައްވަން ފައްޓަވައެވެ.

އަދި އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން އެންމެފަހުން ކުރެއްވި ކަމަކީ ސިވާކުން އެކަލޭގެފާނުގެ ދަތްޕުޅުތައް އުނގުޅުއްވުމެވެ.

މިދަނޑިކޮޅު ބޭނުންކުރުމަކީ ސުންނަތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ” ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ދަތިނުވާނެނަމަ ކޮންމެ ނަމާދަކާއިއެކު ސިވާކުކުރުމަށް (އެބަހީ: ދަތް އުނގުޅުމަށް) އަމުރުކުރެއްވީމުހެވެ.” (މުއްތަފަޤުން ޢަލައިހި)
ނިމުނީ
ހަވާލާ: ލުއުލުއު ވަލްމަންޘޫރު

ނޯޓު: ރާއްޖޭގެ ފިހާރަތަކުންވެސް މިހާރަކަށް އައިސް ޕެކެޓްކުރި ސިވާކު ވިއްކަން ހުރެއެވެ. މިއީ ދާ ކޮންމެތާކަށް ގެންދަން ފަސޭހަ ޖީބުގައި ނުވަތަ އަތްދަބަހުގައި ބާއްވާލަން ހަމަ އެއްވަނައިގެ ބުރުހެކެވެ. ބޭނުންކޮށްފައި ޕެކެޓްގައި ބައިންދާލުމުން ވަރަށް ބަރާބަރުވާނެއެވެ. މީހުންނަށް އަނގައިން ދުވާ ވަސްވެސް ކަނޑުވާލެވުނީއެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ އަަލައިހި ވަސައްލަމަގެ ސުންނަތް ވެސް ހާސިލުވީއެވެ. އެއްދޮނުގައި ދެބުޅި ޖައްސަވާލަން މިއޮތީ ރަނގަޅު ފުރުސަތެކެވެ.

ހަވާލާ: ލުއުލުއު ވަލްމަންޘޫރު

ތަރުޖަމާ: ޅޮހީ ޢަބްދުއްރަޙީމް

10 thoughts on “”

  1. 116 ދުވަސް ކުރިން ސެންޗޯ މަނަދޫ

    ހުރިހާ ދިވެހިންނައް މިދަޅި ކޮލުން ދަތްޕިލަ އުގުލުމައް ނަސޭހަތްތެރިވަން، މިފަދަ ކަންތަކުން އިބުރަތް ހާސިލުކުރުމައް ނަސޭހަތްތެރިވަން،

  2. 116 ދުވަސް ކުރިން އަހަންމަދު

    އާސަންދައިގެ ދަށުން މީގެ ދަނޑިކޮޅެއް ލިބޭނެގޮތް ވާނެނަމަ ކިހާ ރަނގަޅު.

  3. 116 ދުވަސް ކުރިން ާާައަލީ

    މިކަމަށްވެސް ވެރިޔާ އޮތީ ޖޯކު ޖަހާފަ!

  4. ކިހާދެރަކަމެއް މައްނައާއި ސަހްވާދިނީމަވެސް ބުނީ މީކަމަކުނުދެއޭ ދެންކިކޭބުނާނީ ބުޑުހިްތެއް ކޮންމެއްބޭފުޅަކުވެސް އޮވޭވިއްޔާ

  5. 115 ދުވަސް ކުރިން އިބުރާހީމް

    ދިވެހި ދަރިއެއްގެ ހައިސިއްޔަތުން އަބްދުއްރަހީމަށް ޝުކުރުދަންނަވަން. އަބްދުއްރަޙީމަކީ އެހެންމީހުންގެ މައުޅޫމާތުގެ ހަޒާނާ މުއްސަނދިވުމަށް އުފެދުނު މަސްދަރެއް

  6. 115 ދުވަސް ކުރިން ައަމަތުއްލާ އަލީ

    މިއުންމަތުގެ ނަބިއްޔާ ވަނީ އިންސާނުން އުޅެންވީގޮއި ވަރައް ރަގަޅައް ދަސްކޮއް ދެއްވާފަ

  7. ކޮލްގެޓާއި ލިސްޓްރީން މައުތު ވޮޝް އުވާލާފައި ތިޔައިން ދަނޑިބުރިއެއް ހޯދަންވީނު.

  8. 93 ދުވަސް ކުރިން ަިަީއިޝާ

    ހަމަ އަސްލުވެސްތަ މީ؟ އޭރުން ބޭނުންކުރަން އިނގޭނީ؟