އަޅުގަނޑަކީ އެންމެ ގިނަ ސަމިޓުތަކުގައި ބައިވެރިވި ސާކުގެ ބާނީ – މައުމޫން

މައުމޫން ފުރާވަޑައިގަތުމުގެ ކުރިން އެއަރޕޯޓުގައި | ފޮޓޯ : ސަން

މިދިޔަ އަހަރު ފިޔަވައި މިހާތަނަށް ބޭއްވުނު ހުރިހާ ސާކު ސަމިޓެއްގައި ބައިވެރިވެ ވަޑައިގެންނެވި ހަމަ އެކަނި ލީޑަރަކީ ތިމަން މަނިކުފާނުކަމަށާއި އަދި ސާކުގެ ބާނީ އެއްކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިންގަޕޫރަށާ މެލޭސިޔާ އަށް ކުރަށްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން އިބްރާހީމް ނާސިރު އިންޓަނޭޝަލް އެއަރޕޯޓުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

މައުމޫން މިއަދު ވިދާޅުވީ 1985 ވަނަ އަހަރުން ފެށިގެން އެންމެ ފަހުން ބޭއްވި ސާކް ސަމިޓްގެ ކުރިޔަށް ބޭއްވި ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި ހަމައެކަނި ސިޔާސީ ލީޑަރަކީ އެމަނިކުފާނު ކަމަށެވެ. އެއީ ސާކްގެ ހުރިހާ ގައުމަކުން ބަލައިގަންނަ ހަގީގަތެއް ކަމަށެވެ.

“1985 ވަނަ އަހަރުން ފެށިގެން ހުރިހާ ބައްދަލުވުމަކަށް ހާޒިރުވި ހަމަ އެކަނި ސިޔާސީ ލީޑަރަކީ މައުމޫން އަބްދުލް ގައްޔޫމް، ދިވެހިރާއްޖެގެ ރައީސުލް ޖުމްހޫރިއްޔާ. މިއީ ސާކް ގެ ހުރިހާ ގައުމުތަކުން ބަލައިގަންނަ ހަގީގަތެއް،”

ފޮރިން މިނިސްޓަރު ނަސީމް ސާކު ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް މައުމޫނަށް ދައުވަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވައި މައުމޫނު ވިދާޅުވީ  މިނިސްޓަރ ނަސީމަށް އެމަނިކުފާނަށް ދައުވަތު ދިނުމުގެ ހައްޤު ނޯންނާނެކަމަށާއި ސަރުކާރުން ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ސަރުކާރުންދެއްވާ ދައުވަތު ބޭނުން ފުޅުވެސް ނުވާކަމަށެވެ.

“އަޅުގަނޑު ދާ ކޮންމެ ގައުމަކުން، އެގައުމެއްގެ ވެރިންނާއި ރައްޔިތުން އެބަ ގަދަރު ކުރޭ، އެބަ ވަޒަން ކުރޭ އަޅުގަނޑު ސާކަށްޓަކައި ކޮށްދީފައިވާ ހިދުމަތްތައް. އެހެންވީމަ އެކަހަލަ ބޭފުޅަކު [ފޮރިން މިނިސްޓަރު] އެހެން ވިދާޅުވިޔަސް އަޅުގަނޑަކަށް އެއިން އެއްވެސް އުނިކަމެއް ނާންނާނެ. އަދި އެބޭފުޅާއަކަށް ހައްގެއް ނޯންނާނެ އަޅުގަނޑަށް ދައުވަތު ދެއްވާކަށް. އަޅުގަނޑަކީ 30 އަހަރު ވަންދެން މިގައުމުގައި ވެރިކަން ކުރި މީހެއް، އަދި ސާކް ގެ ބާނީ އެއް. އެހެންވީމަ އެއީ ކާކުތޯ އަޅުގަނޑަށް ދައުވަތު ދޭން. އަޅުގަނޑު އޭނަގެ ދައުވަތެއް ބޭނުމެއް ވެސް ނޫން،” މައުމޫން ވިދާޅުވި އެވެ.

37 thoughts on “”

  1. 120 ދުވަސް ކުރިން އަކުރު

    ތީދެންމާމޯޅު ކަމެއްތަ! އަމިއްލަ އަށްދޯ ފަހުރުވެރިވާން ވެސް އިގެނީ!

  2. 120 ދުވަސް ކުރިން އަލިބެއްޔާ

    ދެންމިފަހަރު އަމިއްލައަށް ގޭކުދިންގޮވާގެން ސާކްސަމިތޭއް ބާއްވާލާ! އޭރުން އޯކޭވާނެ.

    • ސާކުގެ ޕޫބެއަރ އާއި ބާނީ އާއި ސްޕައިޑަރމޭންވެސް ހޮވާތަ؟

  3. 120 ދުވަސް ކުރިން ހަސަން ފުޅު

    ހެހެހެ ކޮން ސާކްސަމިޓެކޭ ކިޔާކަށް އޭރަކު ދިވެހިންނަކަށް ނޭނގޭ ސާކް ސަމިޓް ބާއްވާ އިރު ވެސް.. ދެން ދެރަވީ ދޯ މިފަހަރު މިހާ ފެންވަރުގަ ހުރިހާ ދިވެހި ރައްޔިތުން ގުޅިގެން ބާއްވާ ތީ.. ސޮރީ ޔޫ އާރ ނޮޓް އިންވައިޓެޑް..

  4. އަޅުގަނޑަކީ އެންމެ ގިނަ ސަމިޓުތަކުގައި ބައިވެރިވި ސާކުގެ ގޅބ

  5. ބޯހަލާކު. އަމިއްލަ އަށް ފަޚުރުވެރިވެ ބޮޑާވުމަށް މިވަރެއް ނެތް.

  6. 120 ދުވަސް ކުރިން ކަރީމް

    މިފަހަރު ސާކުސަމިޓް ނިމުމުން އޮންނަ ސޭކުސަމިޓް އަށް މަނިކުފާނަށް ދައުއަތު އެރުވުމަށްވަނީ ހަމަޖެހިފަައި

  7. 120 ދުވަސް ކުރިން ޓްރިޕްލް/އާލަ

    މައުމޫނު ވިދާޅުވިޔަސް، ތިޔަވިދާޅުވީ، ވިދާޅުވާންވީ ގޮތަކަށްނޫން! ތީހަމަރަނގަޅަށްވެސް ތެދަކަށްވެދާނެ! ތިޔައީ ސާކްސަޓްގެ ބާނީއަށްވެދާނެ! ނަމަވެސް ތިމަންނާ މީ އެންމެ ބޮޑުމީހާއޭ، އެންމެ ފައިސާގިނަމީހާއޭ ބުނީމާ ވަރަށް ހުތުރު! ތިމަނިކުފާނަށް ސަޕޯޓްކުރާ މީހަކުލައްވާ ތިޔަވާހަކަ ވިދާޅުވިނަމަ، ވަރަށްވެސް ރީތިވީސް! ތެދުފުޅެއް! ގިނަދުވަހު ހުންނެވި ބޭފުޅަކަށް ގިނަކަންތައްހުންނާނީ ކުރެވިފާ! ގިނަތަންތަންވެސް ހުންނާނީ ފެނިވަޑައިގެންފާ! އެކަމަކުވެސް، މަބޮޑުވާން އުޅުއްވުމަކީ ވަރަށްހަޑިހުތުރުކަމެއް! އަހަރެން ތިމަނިކުފާނަށް އިޚްތިރާމުކުރަން! ތިޔައީ މިގައުމަށް ހުރިހާގޮތަކުންވެސް ކުރިއެރުމާއި، ތަނަވަސްކަމާއި، ތިޔާގިކަން ގެނެސްދެއްވުމުގާ، އިސްރޯލެއްކުޅުއްވި ބޭފުޅެއް! މިހާރުގެރައީސް ނަޝީދުވެސް އެއުޅުއްވަނީ ކުރިއަށްވުރެވެސް މާބޮޑަށް ތަރައްގީގެ ގިނަކަންތައްތަކެއް މިރާއްޖެއަށްކޮށްދެއްވޭތޯ! ނިމިދިޔަ ރައީސަށާއި، މިހާރުގެ ރައީސަށްވެސް އުފާވެރި ދުވަސްތަކެއް މިންވަރުކުރައްވާށި! އާމީން!

  8. 120 ދުވަސް ކުރިން އެއްކަލަ ކަލޯ

    ބޯ ހަލާކު.. މީދެން ކާކުތަ އަމިއްލައަށް ޕޮރޮމޯޓުވާން.. ވާލެއްނުވީ ދޯ.. މާ ދުއްޕާން ނުކޮށް ގައުމުން ފާބާ.. ގޅބ

    • އެއީ ސާކުގެ ބާނީޔޯ؟ ކާކުތަ ސާކުގެ ސްޕައިޑަރ މޭންއަކީ ؟

  9. 120 ދުވަސް ކުރިން އަންނި

    މައުމޫނު އެބުނުއްވީ ތެދު ފުޅެއް… މިފަހަރު ސާރކް ސަމިޓް ކިތަންމެ ފެންވަރެއްގަ ބޭއްވި އަސް މިހާރު ރައްޔިތުންނަށް މި ވެރިކަން ވަރަށް ރަގަޅަށް އިންގޭ. މުޅި ގައުމު އޮތީ ހަލާކުވެފަ.. އައްޑޫ ރައްޔިތުންނަށް ހަދާދިން ދަރުބާރުގެ ހެދީ 2 އަހަރަށް ބަލައިގެން މިހާރުވެސް ވަނީ މުޅި އިމާރާތުގައި ރެންދު ލާފައި….

  10. 120 ދުވަސް ކުރިން ކަހަނބޭ

    އޭ މައުމޫނާ ކަލޭގެ ކަންތައް ތިޔަހުންނަގޮތަކުން މުޅިން ބޯހަލާކު، މާލެތެރޭގައި އުޅުނު ..ކަލެޔެކޭ މިހާރު ތަފާތެއްނެތެއްނުން.. އަހަރެމެން މިއޮއްލޯބިން އަސުރުމަލުގެ ކަންކަމުގައި އުޅެނިކޮން ކެރަފާނަސީމު ޖެހި ގުއިމަޅިއެއްގައި ތިޔަ ބެދިގަތީ.. އަޅެ ބުނި ނަމަ ކެރަފާ ދައްކާ ވާހަކައަކަށް ޖަވާބެއްނުދޭނަމޭ.. ތިހެން ނޫޅެބަލަ ބޭބޭ އަހަރެމެން ބޭބެއަށް ގަދަރުކުރަމޭ

  11. 120 ދުވަސް ކުރިން ައެނިސް އެޗް

    މަނަދޫ ލައިވުގައި ޖަހާފައިހުރި ދައްފެންވަރުގެ ކޮމެންޓްތަށް ކިޔާފައި ހަމަ ކޮސްވެއްޖެ. މައުމޫނަކީ 30 އަހަރު ވެރިކަން ކުރެއްވިބޭފުޅެއް. މުޙައްމަދުނަޝީދު ވަނީ ތިންއަހަރާ ގާތަށް ވެރިކަން ކުރައްވާފަ. މިފަދަ ބޭފުޅުންނައް ތިޔަހާ ހަޑިހުތު ބަހުން މުޚާތަބުކޮށް ކޮމެންޓް ކުރީމާ އެވެއްޓެނީ ކޮމެންޓްކުރި މީހާގެ އަގު.

  12. 120 ދުވަސް ކުރިން ވޯޓުފޮށީގަ ބަނޑުއަޅާ މީހާ

    ވެރިކަން ފޭރިގަނެގެން މިއޮއްހާދުވަހު 30 އަހަރު އުޅުނީމަ ދިވެހިރާއްޖެއިން ބައިވެރިވެވޭނީ ކާފައަށްކަން ދިވެހިރާއްޖޭގެ އެންމެއްނަށްވެސްއެގެޔެ ކޮންމެހެން ކާފަ ތިވާހަކަ ނުބުންޏަސް ފޭރިކޭ30 އަހރުދިޔައީ ދެންސާކުސަމިޓުގަ ބައިވެރިވެބަލަ ލާހިކެއްނޫން ބައިވެރިވާކަށް

  13. 120 ދުވަސް ކުރިން ކަށިކުނބުރު

    މިރީނދޫހުންޖެހިގެންއުޅޭ ބައިގަނޑު މިދައްކާ ޙުއްޖަތްތަކުން ހަނދާންވަނީ މޫސާގެފާނުގެ ޒަމާނުގައި، އެކަލޭގެފާނަށް ޙުއްޖަތްދައްކާ އުޅުނު ޔަހޫދީންތަކެއްހެން! ނަސީމުދެއްކިވާހަކަޔަށް
    މައުމޫނު އެއްޗެކޭނުބުނެ މަޑުންހުރިނަމަ ދެންބުނާނެ، މައުމޫނަކީ ހާދަފިނޑި މީހެކޭ! މައުމޫނު އެބުނީ ހަމަބުނަންވާގޮތަށް! ކެރަފާ ނަސީމުދެން އެއީކޮން ،،، މައުމޫނަށް ދަވަތުދޭން.
    80އިގެކުރީކޮޅުގަ މަރސެނަރީން ގެނެސްގެން މައުމޫނު މަރާނުލެވުނީމަ، އެހެނަސް އެކުލީސިފައިންނަށް އެތަށްލައްކަ ޑޮލަރެއް ނަސީމުދޭންޖެހުނީތީ އަދިވެސް އެރުޅިގަނޑު އޭނައެ
    ބާލަނީ މައުމޫނަށް ހެހެހެހެހެހެ! މެކުނުފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ!

  14. ފަހުރުވެރިކަމާއެކު އަމިއްލައަށް ބުނެވޭނީވެސް ބުނެވޭވަރުގެ މީހުންނަށް، އެހެނެކޭ ކިއާފަ ތިކުދިން ތިބެން ޖެހޭނީ ތިހެން ތިބެން

  15. 120 ދުވަސް ކުރިން ޒޫބެ/ނ.އަތޮޅު

    މައުމޫނު އެވިދާޅުވީ ހަމަ ރަނގަޅަށް އޮޅުވާލަން ކިތައްމެވަރަކަށް މަސައްކަތް ކުރިކަމުގައިވިއަސް އެކަމެއް ނުވާނެދޯ….. މައުމޫން މިހާރު ކުރިއަށް ވަޑައިގަންނަވަމުން ތިގެންދަވަނީ ރަގަނޅު މަގުންކަމުގައި ދެކެން …..މަނިކުފާނަކީ 0 މަކުން ފަށައިގެން 30 ކީތްކުރަންތޯ 100 އާ ހަމައަށްވެސް ދަސްވެމިމުން ގެނެސްދެއްވި ފަރާތް….. ސުކުރިއްޔާ

  16. އަހަރެމެންދެކޭ ގޮތުގައި އަދިވެސް ރާއްޖޭގެ ރައީސަކީ މައުމޫން، ސާކުގެ ބާނީއަކީވެސް މައުމޫން، އޭނާޔައް ދައުވަތުދޭން ކެރަފާނަސީމަކީދެންކާކުތަ. ހީހީވެސްހަލާކު . ބަލަގަ މިހާރު މިއޮތީރާއްޖޭގެވެރިކަން ބަދަލުވެފައޭ. މިފަހަރު ސާކުސަމިޓް އެންދެރިމާގޭގައި ޔުމުނާއާއި، ޤައްސާނާނާ ، ނައްޓުއާ ހުރިހާކުދިން ކޯޓްފަޓްލޫންލައިގެން ބާއްވާލާ، އޯކޭވާނެއޭ. ކާފަ ބުއްދީގަ ކަމެއްނެތީތޯއްޗެ. މިހާރު 78 އަހަރުދޯ.

  17. މައުމޫނުމެން ސާކުސަމިޓްގަތިބެގެން ސާކަށްގެނެވުނު ކުރިއެރުމެއްނެއް. ސާކުގެ ހަލާކު މައުމޫން، މިކަލޭގެ ހައްޔަރުކުރޭ، ގޅބ،

  18. 120 ދުވަސް ކުރިން ޝިޔާމް މަނަދޫ

    ބަލަގަ ހޭބައްޔާ ކަލޭނޫނީނެތޭ 30އަހަރުދުވަހު ވެރިކަންކުރިވެރިއެއް ސާކުގަ އެހެންވީމަ ކަލެއަކަށްނު ބައިވެރިވެވޭނީ ހުރިހާސަމިޓެއްގަ ދެންއެއީކަލޭގެ މޮޅުކަންތަ

    • 120 ދުވަސް ކުރިން ސަތޭކަ 100

      އެކޮއި ޞިޔާމް ކޫލްޑައުން މައިބޯއި.
      އެމީީހާއަކީ މޮޅުމީހެއްކަމށް ޖެހޭނީ ޤަބޫލުކުރަން ނުރުހިގެންހުރެވެސް.
      ގުބޯހައްދައިގެންވެސް 30 އަހަރު ވެރިކަންއެވަނީކޮށްފަ.
      މިކަންކުރުމަކީ ކޮށްމެކޮށްމެމީހަކަށް ވެވޭނެކަމެއްނޫން ކޮށްކޯ!
      އަދިވެސް މިރާއްޖޭގައި އެކަކަށް އެއްމެތާޢީދުއޮތީ އެމީހާއަށްކަމުގައި ދެއްނެވިދާނެ.
      އެކަން އަހަރެމެންނަށްއެނގެނީ 2008ގެ ރިޔާސީއިްނތިޚާބުގެ ފުރަތަމަބުރުގެ ނަތީޖާއިން.

  19. 120 ދުވަސް ކުރިން ޝިޔާމް މަނަދޫ

    މިސޮރު އަވަސްގޮތަކުން ގުރައިދުއަށް ގެންދަންވީ

  20. 120 ދުވަސް ކުރިން ސަތޭކަ 100

    ސާކުގެބާނީ ކޯފާވެވަޑައިގެންފައި ހުންނެވިވަރުން ރާއްޖޭގެ ފޮރިންމިނިސްޓަރ ވެސްއެނގިވަޑައިނުގެންނެވީތާ؟
    ޙަޤީޤަތުގައި ޙަސަދަޔާއި ރުޅިޔަކީ އިންސާނާގެ ބުއްދިފިލާދާވަރުގެ ނުރައްކާތެރިއެއްޗެއް.
    އަޞްލުގައި މިވާގޮތަކީ ވެރިކަމުގެ ޢިއްޒަތާއި ޤަދަރު އެކަމުގެ އަރާމާއި އުފާއެއްމެބޮޑަށް މިރާއްޖެއިން ޙާޞިލްކުރެއްވި ލޮބުވެތިޒަޢީމަށްވީކަމުން އެމަނިކުފާނަށް ޝާކުސަމިޓްގެ ދަޢުވަތުނުދެއްވީމާ އެފަދަގޮތަކަށް އެވާހަކަ މީޑިއާއާއމިޙިއްޞާކުރެއްވީ.
    ޢެނޫންޙާލަތެއްގައި އެފަދަ ޒަޢީމަކު ނުދައްކަވާނެފަދަ އޮއްޓަރެއް ބުރަދަނެއްނެތް ޒާތީވެވަޑައިގެން ވަރަށްބޮޑަށް ކޯފާއިސްކުރެއްވިގެން ވިދާޅުވެވުނު ބަސްކޮޅެއްކަމަށް ލަފާކުރެވެނީ އެވިދާޅުވެވުނީ…
    އެހެނީ ބާޒާރީބަހުން ޒުވާބުކޮށްހެއްދެވުމަކީ އެފަދަބޭބޭފުޅުންނަށް ވަރަށްއައިބުކަމަކަށް އަޅުގަނޑަށް ފެއްނަނީ.
    ޢިތްޒަތްތެރިކަމާއި އެކުޤައުމުގައި އުޅުއްވަން އެނގިވަޑައިނުގެއްނެވީތީ ހިތާމަކުރާ އެމަނިކުފާނު ބިނާކުރެއްވިޖީލުގެ އެމަނިކުފާނަށް ވަރައްޤަދަރުކުރާ އެހެނަސް މިހާރުކަންކުރައްވާގޮތުން އެޤަދަރުވެރިކަން ނެތިފައިވާ މީހެއް އަޅުގަނޑަކީވެސް.
    ލިބިފައިވާ ރީތިނަން މިހާރު ރައްޔިތުންގެކުރިމަތީގައި ވަރަށްހުތުރުވެއްޖެ.
    ވިދާޅުވާއެއްވެސް ބަސްފުޅެއްގައި އިތުބާރެއްނެތް،
    އެމަނިކުފާނު ކަންކުރައްވާގޮތުން ލަދުގަންނަންމިޖެހެނީ އެހެންމީހުން،
    ޝަރަފުވެރިކަމާއިއެކު ދެމަފިރިންނަށް އުޅުއްވޭނެވަރުގެ އެލަވަންސާއި ދަތުރުފަތުރުކުރެއްވޭނެގޮތް އެވަނީ ޤާނޫނުހަދާމަޖިލީހުން އެމަނިކުފާނަށް ސަޕޯޓްކުރައްވާމެންބަރުންގެ ތާޢީދާއިއެކު ފާސްކޮށް ދިވެހިރައްޔިތުންގެ ފައިސާއިން ސަރުކާރުން ލިބޭނެގޮތް އިންތިޒާމްކޮށްދެއްވާފަ.
    އެވަރުންވެސް އެއުޅުއްވަނީ ނުހުންނެވިގެން.

  21. 120 ދުވަސް ކުރިން ްއިދުރީސް

    ވެރިކަމުން ވައްޓާލާފައި ހުރިބޭފުޅަކު ސާކުގެ ތާރީހުގަވެސް ސާކުސަމިޓުގައި ބައިވެރިވިކަމެއް އެގިފައެނެތް. ނުޖެހޭ ދައުވަތު ދޭކަށެއް.އަދިނުވެސް ދޭނަން.

  22. 120 ދުވަސް ކުރިން ބިސް މަޅި

    އަޅުގަނޑަކީ އެންމެ ގިނައިން ރައްޔިތުންނައް އަނިޔާކުރިމީހާ، އަޅުގަޑަކީ އެންމެގިނައިން ރައްޔިތުން ފެލިމީހާ، އަޅުގަނޑަކީ އެންމެގިނައިން ރައްޔިތުންނައް ދީންއޮޅުވާލިމީހާ. މިފަހަރަކު ނުދޭނަށް ދައުވަތެއް ދެންދޭ

  23. 119 ދުވަސް ކުރިން ބަކުރު ކަޑަވާ މަނަދޫ

    މިފަހަރު ތޮށިމަތީގަ ފޯމަތީގަ ގޮޅާސަމިޓެއްބާއްވަންވީނުން ގޮޅާބެއިސްވެރިއެއްގޮތުގަ ހުންނަވައިގެން

  24. މިހާރު އެއުޅެނީ ކަދަވެގެން…ސާކްސަމިޓައް ނުގެންގޮސްގެން….ހިހިހިހިހި މައުމޫން ދެން ލަލަލަލަލަލާ…ކަޑަވިޔަސް ތީ ދެން ބޮޑުވަރު….

  25. މައުމޫން ވަރެއްނެތް އެމަނިކުފާނަކީ ދިވެހިރާއްޖެއަށް ތަރައްޤީ ގެނެސް ދެއްވި ބާނީ

  26. މައުމޫން އެކަނިތަ މުސްކުޅިވަނީ ކެރަފާ ނަސީމް ވަރަށް ޒުވާންތަ؟ މި ރީދުކުލަ ޖެހިއްޖެނަމަ ތިމާއަށް މިބުނެވެނީ ކޮންކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއްކަންވެސް ނޭގޭ ޙަޤީގަތަށް ވާހަކަ ދެއްކުމަށް މިބައިމީހުންނަށް ވަރަށް އުދަގޫވާނެ. މިސަރުކާރުން ކަންތައްކުރަމުން ގެންދާގޮތާމެދު ނިކަން ފުންކޮށް ވިސްނާލުން ރަގަޅު

  27. ހަޖަމް ކުރެވުނަސް ނުކުރެވުނަސް ޢުމުރުގަވެސް މިރާއްޖޭގެ ރައްޔިތުންނަށް ދެން މިފަދަ ރަނގަޅު ވެރިއެއް ނުލިބޭނެ،

  28. 27 ދުވަސް ކުރިން އިންްކްރެޑިބަލް

    އަޅުގަނޑަކީ 30 އަހަރު ވާންދެން ހަމައެކަނި ހުދުމުހުތާރު ވެރިކަން ކުރި މީހާ.

  29. ބޭފުޅާ އަތުގައެބޯތޯ ބާނީކަމުގެ ސަނަދު ދޯ

  30. 16 ދުވަސް ކުރިން މާފަރު ކަރޭ

    ތިއޮތީ ދެން ސުވަރުގެޔަށް ވަދެވިފަ ދޯ…..އުޅޭ ފާޑެއް ދޯ ގޮޅާ ބޯ…….ދެން ލަލަލާ،،،،،،،