ކައިވެންޏަކީ..

ސަމީރާ

 

 

 

 

 

 ނުހަނު މަތިވެރި ގުޅުމަކުން ދެހިތެއް ގުޅޭ މާތް ގުޅުމެކޭ

                  ނުހަނުގިނަގުނަ ތަޖުރިބާތައް ކޮށްލަންޖެހޭނޭ ގުޅުމެކޭ

 މާކުރިން އެނގިފައިނުވާ ބައިވެރިޔަކާއެކު ފެއްޓިޔަސް

                   ހީކުރެވިފައިނެތް ލައްޒަތެއް ލިއްބާލަދޭނޭ ގުޅުމެކޭ

 ވެއްޖެނަމަ ތެދުވެރި ވަފާތެރި އެކަކު އަނެކަކު ދަސްވެގެން

                  ގެއްލިނުމެގޮސް ބާއްޖަވެރި މަގަކުން ހިނގޭނޭ ގުޅުމެކޭ

 ދަތިކަމެއް ކުރިމަތިވިޔަސް އެކަމުން ނަޖާވާނޭގޮތުން

                 އަތުހިފައިގެން ދާނެ މިތުރެއް އެކުގައި ލިބޭނޭ ގުޅުމެކޭ

 އަހުދުތައް ކުރި އެއްފަރާތްކޮށް ޝައްކާއި ޝަކުވާ ގިނަވުމުން

                  އަހުވަޔެއް ކަމުގައި ވެގެން ހިތް ކަތިލަފާނޭ ގުޅުމެކޭ

 ބާއްޖަވެރި މުސްތަޤުބަލެއް ލިބުމަށް އެދޭހާ ފަރުދުނަށް

                 ބާއްޖަވެރި ގޮތުގައި އުޅެން ފުރުޞަތުލިބޭނޭ ގުޅުމެކޭ

 

2 thoughts on “”

  1. 201 ދުވަސް ކުރިން ކެއްތެރިޔާ މަނަދޫ

    ނާޒިންބެޔާ ގުޅިފަ ފުރުސަތު ނުލިބިގެންތަ ވަކިވީ ޅެންވެރިޔާގެ ހިޔާލަކީކޮބާ ؟