އަސާ

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ވެރިކަމުގެ ފުރަތަމަކޮޅު 1979ގައި ނ.މަނަދޫ ޕްރައިމަރީ ސްކޫލަށް ޒިޔާރަތް ކުރެއްވުން
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމްގެ 30 އަހަރުވީ ވެރިކަމުގައި، ދިވެހި ގައުމަށްޓަކައި ކަމެއް ކޮށްދެއްވާފައި ނުވާކަމަށް ބައެއް މީހުންބުނާތީ ހައިރާންވެ ހިތާމަކުރަމެވެ. އަޅުގަނޑު މިހެން މިދަންނަވަނީ އެއްގޮތަކަށްވެސް ސިޔާސީ ފިކުރެއްގައެއް ނޫނެވެ. ނަމަވެސް މިވާހަކަ މިގޮތަށް ދެކެވޭނަމަ، ދިވެހި ޖީލުތަކުގެ ތާރީޚް އޮޅިގެން ހިނގައިދާނެ ކަމުގެ ބިރުހީވާތީ އެކަމާ ކަންބޮޑުވަނީއެވެ. ކޮންމެ މީހަކާމެދުވެސް ހިތްހަމަޖެހޭ ބަޔަކާއި އެމީހަކަށް ނަފުރަތުކުރާނެ ބަޔަކު އުޅޭނެއެވެ. އެގޮތުން ރާއްޖޭގެ ރަސްރަސްކަލުންނާއި ރައީސުންނާއި މެދުވެސް މީހުން މިދެގޮތަށްމެ ދެކެއެވެ. ރައީސް މުހައްމަދު އަމީންގެ ދުވަސްވަރު އެމަނިކުފާނު ކަންތައްތައް ކުރެއްވިގޮތުން ނުރުހުންވީ މީހުން ނުކުމެ ފުރާނަދުއްވާލުމަށްފަހު، އޭގެ ދުވަސްތަކެއްފަހުން ލިޔެވުނު ފޮތްތަކާއި ދެކެވުނު ވާހަކަތަކުގައި އެމަނިކުފާނަށް ތައުރީފު ކުރެވެން ފެށިއެވެ. ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އެމަނިކުފާނުގެ ނުފޫޒުން، ހަމަޔާ އިންސާފުން ބޭރުގައި ކަންތައްތަކެއް ކުރެއްވިކަމަށް ބުނެ އެމަނިކުފާނުގެ ވެރިކަމާ ދެކޮޅަށް ކެމްޕޭނުތައް ހިންގިއެވެ. ރައީސް މައުމޫނުގެ ދައުރުގައި ނާސިރުގެ ވާހަކަދެކެވުން ހުއްޓިފައި އޮތުމަށްފަހު މިހާރު އެމަނިކުފާނުގެ ހުރި ސިޔާސީ ބުރަދަނުގެ ވާހަކަތައް އާއްމުވާން ފަށައިފިއެވެ. ރައީސް މައުމޫނަށް ސަނާކިޔުމާއި ތައުރީފު ކުރުމުގައި ދިގުމުއްދަތެއް ހޭދަވުމަށްފަހު ވެރިކަމުގެ ފަހުފަސްއަހަރު ވެގެންދިޔައީ އެމަނިކުފާނަށް އެތެރެޔާއި ބޭރުން ފިއްތުންތައް ކުރިމަތިވީ ދުވަސްވަރަކަށެވެ. ނަތީޖާއެއްގެ ގޮތުން ތަފާތު ވަނަންތަކުން މުޚާތަބުކޮށް، ކާޓޫނު ކުރަހާ، އެތައް އިލްޒަމެއް އަޅުވާހެދިއެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ދުވަހަކު ކިލަނބުނުވާ މިންވަރަށް، ހަޑިހުތުރުވެގެން ގޮސް އެމަނިކުފާނުގެ އެންމެއަރިސް މީހުންވެސް ވެރިކަމާ ދެކޮޅަށް ތެދުވުމުން، ދިވެހިންގެ ހިތްތަކުގައި ރައީސް މައުމޫނުގެ ސިޔާސީ ބުރަދަން ލުއިވެ ހައިބަތު ކުޑަވެގެން ދިޔައެވެ. އަދި ރައީސް މުހައްމަދު ނަޝީދުއާއި ވާދަކުރައްވާ ރިޔާސީ އިންތިޚާބުގައި ކުޑަތަފާތަކުން ބަލިވިއެވެ.
މިކަންކަން މިހެން ދިމާވެފައިވުމަކީ ފަހަރެއްގައިވެސް އެބޭފުޅަކު ކުރެއްވި ކަމެއް ނުކުރާކަމަކަށް ހަދަންޖެހޭ ސަބަބެއް ނޫނެވެ. ރައީސް މައުމޫނު ދިވެހި ގައުމަށްޓަކައި ނުކޮށްދެއްވަނީ ކޮންކަމެއްތޯއެވެ؟ ޚިދުމަތްތަކުގެ ގިނަކަމާއެކު ފަށާނީ ކިހާހިސާބަކުންތޯ ކަނޑައަޅަން ދައްޗެވެ. އަދި މިހާކުރު ލިޔުމެއްގައި ލިސްޓެއްގޮތަށް އެކަންކަން ތަރުތީބު ކުރުމަކީވެސް ފަސޭހަ ކަމެއްނޫނެވެ. ރައީސް މައުމޫނުގެ ވެރިކަން ފެށިގެން އައީ ދިވެހިރާއްޖޭގައި ޒަމާނީ ތަރައްޤީއަށް މަގުފަހިވާފަދަ ކަންތައްތަކެއް ރައީސް ނާސިރު ފައްޓަވާދެއްވާފައި ވަނިކޮށެވެ. ރައީސް ނާސިރު އެޅުއްވި ސުރުޚީތަކުގެ ތަފްސީލް ގެނެސްދެއްވަން ޖެހިވަޑައިގަތީ ރައީސް މައުމޫނަށެވެ. އެގޮތުން ނާސިރަށް ނިސްބަތްކޮށް އޭރުކިޔާ “ލެޓިންކަޅުބެ”ގެ އިނގިރޭސި ސްޓައިލް ކުރިއަރުންވަން ޖެހިވަޑައިގަތީ މައުމޫނަށެވެ. ދައުލަތުގެ ލިޔުންތައް ލެޓިން (ދިވެހިބަހުން ބުނާގޮތަށް އިނގިރޭސިއަކުރުން ލިޔުން) އާއި ސީދާ އިނގިރޭސިބަހުން ލިޔަންފެށުނެވެ. މާލޭގައި ކިޔަވައިދޭން ފެއްޓި އިނގިރޭސި މީޑިއަމް މުޅިރާއްޖެއަށް ފުޅާކޮށްދެއްވީ މައުމޫނެވެ. ރާއްޖެފަދަ ކުދިގައުމުތަކަށް ދެވަނަ ބޮޑު ހަނގުރާމައިން ލިބުނު ގެއްލުންތަކުން އަރައިގަތުމުގެ މަރުހަލާގައި އޮތުމާއެކު ރާއްޖެތެރެ އޮތީ ވަރަށްބޮޑަށް މާލެއާގުޅުން ކެނޑި އެކަހެރިވެފައެވެ. ނާސިރުގެ ވެރިކަން ނިމުނުއިރުވެސް މިކަމަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނެތުމާއެކު މައުމޫނުގެ ވެރިކަމުގައި ރާއްޖެތެރެއަށް ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ.
ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމު އެއްކަމަކީ ތައުލީމު ފެތުރުމާއި ކުރިއެރުވުން ކަމަށްވުމާއެކު މުޅިރާއްޖެއިން ލިޔަންކިޔަން ނޭންގުން ފޮހެލުމުގެ ބުރަމަސައްކަތް ފެއްޓެވީ މައުމޫނެވެ. ޒުވާނުންނާއި ބޮޑެތިމީހުންނާއި މުސްކިޅިންވެސް ހިމެނޭގޮތުން ހިންގެވި މަޝްރޫއުގެ ކާމިޔާބު ކަމާއެކު، ރާއްޖޭގެ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް 98 ޕަސެންޓަށް އުފުލިގެން ދިޔައެވެ. މިއީ މުޅި އޭޝިޔާ ސަރަހައްދުގެ އެންމެ މަތީ އެވްރެޖަށްވުރެވެސް މަތީ ނިސްބަތެވެ. އަސާސީ ތައުލީމަށްފަހު ޕްރައިމަރީ ތައުލީމު ފުޅާކުރެއްވިއެވެ. އެގޮތުން ރަށްފުށުގައި ހުރި އެދުރުގެތަކާއި، މަދަރުސާ އަދި މަކުތަބުތައް ހިންގުމުގެ ސްޓޭންޑަޑް ކަނޑައެޅިގެން ދިޔައެވެ. އަދި މަޑުމަޑުން ފަހަރަކުތަނަކާއި ސަރުކާރުން ހަވާލުވަމުންގޮސް މައުމޫނުގެ ވެރިކަން ނިމުނުއިރު މުޅި ދިވެހިރާއްޖޭގެ މީހުންއުޅޭ ކޮންމެރަށެއްގައި މަދުވެގެން ސަރުކާރުގެ އެއްމަދަރުސާ ހުއްޓެވެ. އަދި އަމިއްލަ ފަރުދުން ހިންގާ ޕްރީ ސްކޫލް ފަދަ ތަންތަނަށްވެސް ސަރުކާރުން ޚަރަދުކުރަން ފެށިއެވެ. ރާއްޖެތެރޭގެ މަދަރުސާތަކުގައިވެސް ގްރޭޑް އަށެއް އުފައްދަވާ “ލަންޑަން ޖީސީއީ އޯލެވެލް” ފެންވަރަށް ގިނަ މަދަރުސާތައް ބަދަލުވެގެން ދިޔައެވެ. ބައިބޯ ރަށްރަށުގެ ބައެއް މަދަރުސާތަކުގައި އޭލެވެލް ތައާރަފް ކުރެއްވިއެވެ. އަޅާލާނެ މީހުންނެތް ކުދިންނަށް ތައުލީމުދީ ހުނަރުދަސްކޮށް ދިނުމަށް ކ.މާފުށީގައި އިސްލާހިއްޔާގެ ނަމުގައި މަރުކަޒެއް އުފެއްދެވިއެވެ. މަދަރުސީ ތައުލީމަށްފަހު ތަފާތުދާއިރާތަކުން އިތުރު ތަމްރީނުދޭ މަރުކަޒުތަކުގެ ފެންވަރު މަތިވަމުންގޮސް ފެކަލްޓީ ތަކަކަށް ބަދަލުކުރެއްވިއެވެ. ރައީސް ނަޝީދުގެ ދައުރުގައި މިއެފުދުނު ގައުމީ ޔުނިވަސިޓީގެ ދަށުގައި މިހާރުހުރި ފެކަލްޓީތައް ވުޖޫދަށް ގެނެސްދެއްވީ މައުމޫނެވެ. ތަފާތު ރޮނގުތަކުން މަތީތަޢުލީމު ހާސިލްކުރުމަށް ރާއްޖޭން ބޭރަށް ކުދިން ފޮނުވުމުގައި ސަރުކާރުން މުހިންމު ރޯލެއް އަދާކުރިއެވެ. އެތައް ގައުމުތަކަކާއިއެކު ރަހުމަތްތެރިކަން އުފައްދަވައި ރާއްޖޭގެ ދަރިވަރުންނަށް ތަފާތު ރޮނގުތަކުން ސްކޮލަރޝިޕްތައް ހޯއްދަވައިދެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ބޮޑެތި ކުރިއެރުންތައް ރައީސް މައުމޫން ހޯއްދަވައިދެއްވިއެވެ. ފަންޑިތައާއި ތަށިތަވީދަށް ހޭނިފައިތިބި ގިނަމީހުންގެ ބަލިތަކަށް ހަގީގީ ޝިފާއެއް ލިބިދީފައިވަނީ މައުމޫނުގެ މޭސްތިރިކަމުގެ ދަށުން ރާއްޖެއަށް ގިނަވެގެންދިޔަ ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންނެވެ. ޅަފަތުގައި މަރުވާކުދިންގެ އަދަދު މަދުކުރެއްވުމަށްޓަކައި ފޫޅުމައިން ތަމްރީނު ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކަށް ޔުނިސެފްގެ މިންގަޑުން ގަވާއިދުން ވެކްސިންދިނުމުގެ ނިޒާމު އުފެއްދެވިއެވެ. ސިއްހީ ޚިދުމަތްތައް ހުރިހާ ރަށެއްގައި އެއްމިންގަނޑަކަށް ހިންގުމުގެ ބިންގަލެއްގެ ގޮތުން، އަތޮޅުވެރިކަން ކުރާ ކޮންމެ ރަށެއްގައި ހެލްތު ސެންޓަރުތައް ހެއްދެވިއެވެ. އެސެންޓަރުތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހެލްތުވޯކަރުން ތަމްރީނުކުރިއެވެ. އަދި އަތޮޅުގެ އެކިރަށްރަށަށް ހެލްތުވޯކަރުން ޒިޔާރަތްކޮށް ބޮޑެތި ރޯގާތައް ކޮންޓްރޯލް ކުރުމުގެ މެކޭނިޒަމެއް އުފެއްދެވިއެވެ. އިތުރު ޚިދުމަތްތަކާއެކު ހެލްތު ސެންޓަރުތައް ސިއްހީ މަރުކަޒަށް ބަދަލުވެގެން ދިޔައެވެ. އަތޮޅުވެރިކަން ކުރާ ރަށްރަށުގެ ސިއްހީމަރުކަޒުތަކުގެ ފެންވަރު މަތިކުރައްވާ، އަތޮޅު ހޮސްޕިޓަލްތަކަކަށް ބަދަލު ކުރެއްވިއެވެ. މުޅިރާއްޖެ ދާއިރާތަކަކަށް ބައްސަވަލައްވައި ރީޖަނަލް ހޮސްޕިޓަލްތައްވެސް ހެއްދެވިއެވެ. އަދި މާލޭގައި ހުރި ސެންޓްރަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ރަނގަޅު ކުރެއްވުމުގެ ގޮތުން އިންޑިޔާ ސަރުކާރުން އެހީހޯއްދަވައިގެން އެޒަމާނުގެ ނިސްބަތުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހެއްދެވިއެވެ. ރާއްޖޭގައި އޭގެކުރިން ދުވަހަކު ނުކުރާފަދަ ބޮޑެތި އޮޕަރޭޝަންތަކާއި ޓެސްޓުތައް ހެދޭނެ ފުރުސަތު ފަހިވެގެންދިޔައީ މިދެންނެވި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސަބަބުންނެވެ. މިހުރިހާ ވަސީލަތަކުންވެސް ރަނގަޅު ނުކުރެވޭ ބަލިތަކަށް ފަރުވަ ހޯދުމަށް ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް ދިޔުމަށް ސަރުކާރުން އެހީވެދޭން ފެއްޓެވީވެސް ރައީސް މައުމޫނެވެ. އަދި ދިގުމުއްދަތުގައި ބޭސްކުރަންޖެހޭ، އަޅާލަނެ މީހަކުނެތް ބަލިމީހުންނަށް ފަރުވާދިނުމާއި ބެލެހެއްޓުމަށް ޚާއްސަ މަރުކަޒެއް ގުރައިދޫގައި ގާއިމު ކުރެއްވިއެވެ. މައިންބަފައިން އަޅާނުލާ ކުޑަކުދިން ބެލެހެއްޓުމަށް ޚާއްސަ ދަނާލެއް ކ.ވިލިގިލީގައި އުފެއްދެވީވެސް މައުމޫނެވެ. ކުރުގޮތަށް މިދަންނަވާލީ ރައީސް މައުމޫނު ދިވެހިގައުމަށް ކޮށްދެއްވި އަގުހުރި އެތައްޚިދުމަތްތަކެއްގެ ތެރެއިން ހަމައެކަނި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ މަދު މިންވަރެކެވެ. އެހެން ފުރުސަތެއް ލިބިއްޖެނަމަ އިތުރު ޚިދުމަތްތައް ފާހަގަކޮށްލުމަށް އުއްމީދު ކުރަމުން ނިންމާލަމެވެ.


އިއްޔެރޭ ރައީސް ނަޝީދު ވިދާޅުވީ 30 އަހަރު އަޅުގަނޑުމެންނަށް ގެއްލިފައިވާ ކަމަށް… އަޅުގަނޑު ހިތައްއަރާ 30 އަހަރު ގެއްލުންނަމަ ނަޝީދަށް މެރީޓައިމްއިން ޑިގްރިއެއް ނެގުނީސްތޯ؟ ސަބަބަކި ނާޞިރުގެ ވެރިކަމުގައި ޖެހުނު “ކުންޏެއްގައި” މުޅިކެރަފާއާއިލާގެ މިލްކިއްޔާތުގައި އޮބިއަޅާފެލާލި…. ކެރަފާޢަބްދުއްސައްތާރުގެ 03 ފިހާރަ “ނާޞިރުގެ މިލްކިއްޔާތަށްނެގި” ނާޞިރުގެ މިލްކިއްޔާތަށް ނެތްގޭ މިދެންނެވީ މުދާތައް ނުއަގުގައި ކްރެސްނެޓް ފިހާރަތަކަށް ގަނެ ވެއްދީތީ.. ދެން ލިބުނު އެއްޗަކާ ވީމޮޅެއްވީ 30 އަހަރުގެ ތެރޭގައި… މައުމޫން ވެރިކަމަށް އެރި އިރު ރާއްޖެތެރޭގައި ހުރީ މަދުރަސާ ސިސްޓަމަށް ހިނގާ03 ތަން… ވެރިކަން ބަދަލް ވިއިރު އެހެންތޯ؟ އުތުރަށް ކުރެއްވި ދަތުރުފުޅެއްގައި މީހަކުމުރެން މައުމޫން އެއްސެވީ ދަރިފުޅު އެދުރުގެއަށް ނުފޮނުވަނީ ކީއްވެތޯ؟ ޖަވާބުގައި އެމީހާ ދެންނެވީ ފީދައްކަން ޖެހޭތީއޭ… މައުމޫން އެއްސެވީ ފީއަކީ ކިހާވަރެއްތޯއޭ… އެމީހާ ދެންނެވީ ފީއަކީ 01 ރުފިޔާއޭ … މީހާލަކީ …. މައުމޫންގެ ތިރީސް އަހަރު ނައިނަމަ އަދިވެސް އަހަރުމެން ތިބީހީ ގޮނޑުދޮށުގައި ރިނދަލި ކޮންނަން….
ވަރަށް ބޮޑަށް ތާއީދު…
100% ތާއީދު
މިއީ ހައްތާވެސް ހަގީގަތެވެ. ދެރެއީ ބައެއް ބޭފުޅުންނަށް މިކަން ހަޖަމް ކުރަން އުދަގޫވާތީއެވެ. ކޮންމެއަކަށް މިއީ މުޅި ދިވެހިރާއްޖޭގެ އެންމެންވެސް ގަބޫލު ކުރާނެ ތެދުހަގީގަތެކެވެ.
ޕަކާސް، ދިވެހި ރައްޔިތުން ފެންބޮވައިގަނެފަ ތިބި ބަޔަކަށް ވާތީ މައުމޫނުގެ ހިތްޕުޅަށް ހަމަ ކެއް ނުވެގެން ޒަހަރު ލާފަ ދިވެހި ރައްޔިތުންނަށް ފެންބޯދިން، މައުމޫން ވެރި ކަމަށް އަރަން ވެގެން އޭނަ އެންމެ ފުރަތަމަ އެޅި ސުކޫލް އަކީ މަނަދޫގަ އެޅި ސުކޫލް، ވެރިކަމުން ބޭލި އިރުވެސް ހުރީ ފަންޖިފުޓި ގަނޑު، އެކަމު މައުމޫން ތައުލީމަށް ކަންތައް ކޮށްދޭ ވާހަކަ ތި ދައްކަނީ، މަވެސް ގަބޫލް ކުރަން މައުމޫން ފަން ޖިފުޓި ގަނޑު އެޅިކަން، ެކަމު އެތަނުގައި ކިޔަވައެއް ނުދޭ، އެއީ ތޯ މައުމޫން ކޮށްދެއްވި އަގު ހުރި ހިދުމަތަކީ ، ނަމަވެސް ރައީސް ނަސީދު ވެރި ކަމަށް އަރާފަ މިއަދު މަނަދޫ ސުކޫލް ފެންނަން އެ ހުރި ގޮތައް ހަދާދީފައެހުރީ، ޖަޕާން ސަރުކާރުން އެހީދިނީމަ، ދާ ކޮންމެ ތަނެއްގަ ސަލާން ޖަހާގެން އެބަ ލާރި ހޯދަދޭ، ކަންކަން ކުރަން އެބަ މަގުފަހި ކޮށްދޭ، ރައީސް ނަސީދު އަކީ ވަށާޖެހޭ ތައުލީމްގެ ބާނީ، ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ހޯދައިދިން ހިދުމަށް ތެރިއަކީ ހަމަ ރައީސް ނަސީދު، މައުމޫނަށް ވީހާވެސް ކަމަކީ ދޮހޮއްކޮބެ ގެންގެސް ޖަލަށް …، އެއީތޯ މައުމޫނު އަށް ޒައީމޭ ކިޔަންޖެހޭ ސަބަބަކީ <؟؟
ލޮލަށް ރީންދޫ ހުމުގެ އަސަރު ކުރީމަކާ ނުފެންނާނެ…
ވަރަށް މޮޅު ރިޕޯރޓެއް. އަޅުގަނޑު މިލިޔުން ކިޔާލުމުން ގައިން ހީބިހި ނަގައިގެން ދިޔަ. ނޭގޭ އެތައް ކަމެއް އެގި މައުމޫނާމެދު ހިތުގައިވާ އިއްޒަތް އެތައް ގުނައެއް އިތުރުވެގެން ހިގައްޖ.ެ
30 އަހަރުން ގައުމުގެ ޖީލެއް ޑްރަގުގެ ވަބާގައި ޖެއްސީ މައުމޫން. ގައުމުގެ އަޚްލާގީ ފޭރާން ފިދާލީ މައުމޫން. ގައުމުގެ އިގުތިސާދު ފުޑުފުޑު ކޮށްލީ މައުމޫން. އާއިލާގެ ނިކަމެތި މީހުން މިލިޔަނަރުންނަށް ހެދުމަށް ގައުމުގެ ބަޖެޓް ހުސްކުރީ މައުމޫން. ސިޔާސަތަށް ފާޑުކިޔާމިޙުން ޖަލަށްލައި ޖަލުގައި އެތަށް ބަޔަކު މަރާލީވެސް މައުމޫން. ދީނީ އިލްމުވެރިން ޖަލަށް ލައި ނުކުޅެދޭމީހުންނަށް ހެދީވެސް މައުމޫން. މިހެންގޮސް އެތަކެއް ނުބައި ކަމެއް ކޮށްފައި ހުރިމީހެއް އެއީ. ރާއްޖެއަށް އައިސްފައިވާ ކުރިއެރުމަކީ ހަމައެކަނި މާލެއަށް ލިބިފައިވާ ކަމެއް. ރާއްޖޭގެ %95 ސްކޫލު އަޅާދީފައިވަނީ ޖަޕާނު ސަރުކާރުން ހިލޭ. އޭރު ފަޅެއް ކޮނުނަސް ކޮށްފައިވަނީ ބޭރުގެ އެހީގައި. ދައުލަތަށް ލިބު ފައިސާ ހޭދަކުރީ ތިމާގެ ދެފަރާތުގެ އާއިލާއަށް.
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫން ނާސިރު ދައުރުގައި ހަދަން ޖެހުނީ މިއުޅޭ ޒުހައިރަށް އަދަބް ދޭންވެގެން އެއީ 1977 ގައި… އެރުވެސް މައުމޫންތޯ ހުރީ……… އޭރުވެސް މަސްތުވާހަކެތި މިހާރުވެސް މަސްތުވާތަކެތި…
ދޮންކަނބުލޯ، މިހާރުވެސް ކުރާ ކަމެއްވިއްޔާ ކުރަނީ ލޯނު ނަގައިގެން ނޫނީ ޤައުމު ވިއްކައިގެން! ދިރާގުގެ އައު އިމާރާތުގެ ކޮންޓްރެކްޓް ހަވާލު ކުރީ ކޮން ކުންފުންޏަކާ؟ މުހިއްމު ވިޔަފާރި ތަކުގައި ތިބީ ކޮންބައެއް؟ މިހާރު އެއްވެސް ފަރާތެއް ބަންދެއް ނުކުރޭތޯ؟ ކުލަޔަކަސް ތީ ފުކެއް ބޮޑުވަރު
މައުމޫނު ވެރިމަކަށް އެރި މާލޭގަ ރާ ވިއްކާ ފިހާރަތައް، އަފިހުން ވިއްކާ ފިހާރަތައް ހުރޭ… ނާސިރު ދައުރުގަ ޖުހާ ބޮއިގެން ގޮޅިއަށްލީ..
މަަޢުމޫނު ކަންތައް ކޮންދީފައި އެބަހުރި ނަމަވެސް ، ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ ރައީސް ނަޝީދު ހުންނަހާ ގާތައްވެސް އިހްލާޞްތެރި ކަމެއްނެތްކަން. އެހެންނޫންނަމަ މިއަދު ރާއްޖެހާ މުއްސަނދި ޤައުމަކަށް ސްރީންލަންކާ ފަހަތަށް ޖައްސާލައިފައި ދިޔައީސް (އެންމެ ކުޑަމިނުން)
މިކަން އޮޅިފަ އޮތީ ވަކިބަޔަކައް، ހަގީގަތުގަ އޮލިގެންނެއްވެސް ނޫން، ތިމާމެންގެ ފިކުރު ބަދަލުވީމަ ބޭނުންނުވަނީ މިކަންކަން ގަބޫލުކުރަން، ގަބޫލުނުކުރާ މީހުންވެސް ކިޔެވީ މައުމޫނުގެ ރަން 30އަހަރުގަ އެޅި ސުކޫލަކުން ނުވަތަ މަކުތަބަކުން ނުވަތަ ސަރުކާރުަން ދިން ފައިސާގަ ރާއްޖޭން ބޭރައްގޮސް،، މީހަމަ ހުސް ހަގީގަތް،މިކަން ބަދަލެއްވެސް ނުވާނެ، ނަށީދުގެ ވެރިކަމުގަ ކުރާ ކަންތައްވެސް ހަމލިޔެވޭނެ،
ނާނާ މައުމޫނަށް ހުތުރު ބަސްތައް ރައްދުކުރައްވެ ފަހެ ތިޔަބައި މީހުންގެތެރޭގާ އެވެނި މީހަކުގެ ދަރި މިވެނި މީހާ އަބަހުރިތަ މީހަކު ރަނގަޅުކަމެއް ކޮށްފިއްޔާ ރަނގަޅުވާހަކަ ބުނަންވާނެ ގޯސް ކަމެއް ކޮށްފިއްޔާ އެވާހަކަވެސް ބުނަންވާނެ މައުމުނަކީ މިޤައުމުގެ ބާނީ މައުމޫނާ ނުލާ އަދިވެސް މިޤައުމު ޤައުމެއްގެގޮތުގައި ނޯންނާނެ
ތީ ހަމަ ހަގީގަތޭ……………………………….
އެމްޑީޕީގައި ނޫޅޭ ހަމަޖެހޭ އެކަތިވެސް. މުޅިންވެސް ވަގުތުކޮޅު އައިސްފައިތިބޭ އެއްޗެހިތަކެއް. ދެން ކޮންވިސްނުމެއް ވިސްނޭނީ. ހުސްމެ ވގނ. ޤައުމު ދަވާލައިފިއޭ. ދެރަކަމަކީ ހެޔޮވެރިކަމެކޭ ވަތަން އެދޭ ގޮތަށޭ ބުނީމަ އަހަރުމެންގެ ތެރެއިން ބައެއް މީހުން ގުއިރޯނުގައި ޖެހުނީމަ. އިރާދަކުރެއްވިއްޔާ 2013ގައި އަހަރުމެން އެންމެން ގުޅިގެން މިސަރުކާރަށް ނިމުމެއް ގެންނާނަން. އަތޮޅުގައިހުރި ހުރިހާ ފައިސާއަކާއި މުދަލެއްވެސް އެކަމަށް ދުއްވާލަން މިހުރީ ކެރިގެން.
ކުދިންނޭ މައުމޫނު ކޮށްދިން އެންމެ ބޮޑުކަމަކީ ދިވެހިރާއްޖޭގެ ހުރިހާ ޒުވާނުން ޣާފިލު ކުރުމުގެ ޕްރޮގްރާމް ހިންގައި ދިވެހި ޒުވާުނުންގެ ޒިންދަގީ ފެނުއަޅުވާލައި އެމީހުން ބޭކާރުބައަކަށް ހަދައި އިސްލާމް ދީނުގެ ނަމުގަައި އައުދީނެއް ( އިސްލާންދީން ) ކުރިއަރުވައި އިސްލާމްދީން ކިޔަވައިގެން ތިބި މީހުންގެ ތުނބުޅިތަށް ޗިލީސޯސް ލައިގެން ބޭލީއެވެ……. ދެންލަލަލާ…
ދީނޭކިޔައިގެން ވާހަކަ ދެއްކޭކަށްނެތް … މައުމޫން ވެރިކަމަށް އެރިއިރު ރާއްޖޭގެ މިސްކިތް ތަކުގައި ތިބި މުދިމުންނަކީ އޭރު އެންމެބޮޑަށް ރޯފިލާފައި ތިބިމީހުން… އެކަމަކު އެމީހުންނަށް އެނގެނީ ނަމާދުގައި އަބުއާޟް ސުންނަތާއި ހައިއާތު ސުންނަތް ހުނަނަކަން.. ވަކިކޮށްފައި ދައްކާކަށް ނޭނގޭ… މީހާލަކީ..
ރައީސް ނަޝީދު އަތުގައޮންނާނީ މެރިޓައިމް ޑިޕްލޮމާއެއް
މި ރާއްޖޭގެ އަމުނާ،އަމާނާ
މި އިސްލާމްދީނުގެ އަޤީދާ
އެކީވަޅުޖަހާ މިނެތިގެންދިޔައި
ތިރީސް އަހަރުދުވަހުގެތެރޭގާ…………….
މިވެރިކަން އައިފަހުން ދިވެހިންނަށް ރާއްޖެއަކުވެސް އަމާންކަމެއްނެތް… ނުވިތާކަށް އެންމެ ކައރީގައި އޮތް އިންޑިއާގައިވެސް އަމާންކަމެއްނެތް… އިންޑިއާގެ ސަލާމަތީ ބާރުތަކުން ދިވެހިންނަށް ފާރަލާން ފަށައިފި… މިއީ އެދައުރަކު ނޫން… ދަންނަވަންތޯ މިދައުރުގާ.. އިސްލާމްދިންގެ ކުޑިފުކެއް ކީއްކުރަންތޯ އަމިއްލަ އުޞޫލާ ރީތި އަޚްލާގެއްވެސް މަޢުމޫން ވެރިކަމަށް އެރިއިރަކުނެތް… ނަންމައްސޫރު ދަންނަބޭކަލުންނާ ރީތިމިސްކިއްތަކާ އިސްލާމިކް ކޮލެޖެއް ސުމަކުން ފައްޓަވައިގެން މައުމޫން އުފެއްދެވި އަސާސީތައުލީމް ޕޮރުގްރާމްގެ ތެރެއިން ދިވެހިންނަށް އެނގުނީ އަލިފަކީ ތެދަށް އޮންނަ އެއްޗެއްކަން ، ލާމަކީ ބުޅިއެއް ހެން އޮންނަ އެއްޗެއްކަން … މިއީ އެދައުރުން ތަންކޮޅެއް… ދެންއޮތީ މިދައުރު …. ފައްޅިއަޅާވާހަކަޔާ އެހެންދީންތަކުގެ އަޅުކަންކުރާ ތަންތަން ރާއްޖޭގައި ހުރުމުގެ މަޝްވަރާގެވާހަކަ… އަޚްލާޤީ ފެންވަރު ނެތިގެން ދިޔަވަރުން ތިމާ މޮޅުވަމުން ދުރޫސުލް އަޚްލާޤް “ދުރޫސަތުލް އަޚްލާގަށްވެ” ކޮންމެސް އެއްޗަކަށް ފައިންއެރޭ ވާހައަށްދާންދެން ދައްކައި، ފަޟީހަތްވީ ވެސް މިދައުރުގަ….
ދިވެހިރައްޔިތުން ވޯޓް ލިޔަނުދީ ހިފެހެއްޓީވެސް މައުމޫން ކިޔާ މީހަކު ކަމަށް ވަނީ
2008 ގަ ނަސިދުވެސް ވޯޓް ލިޔަނުދީ ހިފަހެއްޓެވި
އެއީ އެއުޅޭ ކިނބިގަސްދޮށު މައުމޫން. މައުމޫނަކީ ޤައުމަކުން ފެންނާނެ އެންމެ އަނިޔާވެރި ވެރިޔާ. ޕޮލްޕޮޓު އަދި އިޑި އަމީން މެންނަކީ މި އަނިޔާވެރި މައުމޫނާ އަޅާބަލާއިރު ހާސްބައި ރަނގަޅު މީހުން. އެމީހުން މީހުން މެރީ.. އެކަމް މީނާ މީހުންމަރާ ދީންވެސް ހަލާކުކުރި. މޫސާގެފާނު ފިރުއައުނާ އެންމެ ކައިރި ކުރަނީ. މަރުވާގޮތަކުން އިނގޭނީ އަބޫޖަހުލާ ގާތްކުރަންޏާ.. ބޮޑަށް ހީވަނީ ފިރުއައުނަށްވުރެ ނުބައި އަބޫޖަހުލާ އެއްފެންވަރުގަހެން އުޅޭނީ..
ކުދިންނޭ ވިސްނަންވީކަމަކީ އެންމެން އެއްގޮތެއްނުވާނެ. ވަކިމީހަކު ރަނގަޅުކޮށް ވަކިމީހަކު ނުބައިކޮށް ވާހަކަދައްކައިގެން މިއަދަކު އެއްވެސް މޮޅެއްނުވާނެ. މަޢުމޫނު މިޤަޢުމުފެށި ސުމަކުންކަން އަހަރެމެން އެންމެންވެސް ދަންނަން. އެދުވަހު ޕާޓީ ސިސްޓަމާ ހިޔާލުފާޅުކުރުމާއި މިނިވަން މުއަސްސަސާތަކާއި ކަމިޝަންތަކާއި ޓެކުހާއި މިފަދަ ކަންކަން ގެންނަން އުޅުންނަމަ މިއަދު މިއޮތް ހިސާބަކަށް މިޤަޢުމުނައީސް. އެހެނޔާފަހެ މިޤަޢުމުގައި ވެރިކަންކުރީ މަޢުމޫނު އެކަންޔެއްނޫން. ކީއްވެތޯ ޝަމްޝުއްދީން ރަދުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނުދިނީ، ކީއްވެތޯ ނާސިރު ދަޢުރުގައި ލޯކަލް ކައުންސިލްތައް ނުހެދީ ކީއްވެތޯ އަމީންދަޢުރުގައި ޖީ.އެސް.ޓީ ނުނެގީ. އޭރުވެސް ދުނިޔޭގެ ކުރިއަރާފައިވާ ޤަޢުމުތަކުގައި މިކަންތައްތައް ތަޢާރަފްކޮށް ކުރިއަށްގެންދެއެއނުންތޯ؟ ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިހުރިހާ ބަދަލެއް މިއަދު މިންނަންފެށި އަހަރެމެން ދުނިޔެއަށް ހޭލުންތެރިވެ ލޯހުޅުވެންފެށުމުންކަން. މިކަންތައްތައް ރަނގަޅަށް ހިނގައިނުގަނެގެންމިއުޅެނީ އަދިވެސް އަހަރެމެން އެވަރަށް ތަހުޒީބުނުވާތީކަން. ވީމާ މަޢުމޫނު ކަމެއް ނުކޮށްދެޔޭ ވާހަކަ ކިޔަންޔާ ރާއްޖޭގައި ކުރިން ވެރިކަންކުރި އެކަކުވެސް ހަމަ ކަމެއް ނުކޮށްދިނޭ ބުނަންޖެހޭނީ. އެކަމަކު އެއީ އިންސާފެއްނޫން. އަދި ރީތި ސިފައެއްވެސްނޫން. އަދި ބުއްދިވެރި ނުވަތަ ފައިދާހުރިގޮތެއްވެސްނޫން.
30 އަހަރުދުވަހުގެ ވެރިކަން 2008 ގައި ރައިތުން ނިކުމެ ވަށްޓާނުލިނަމަ” އެފަހަރު ވެރިކަމަށްކުރިމަތިލީ އެންމެން މިޔަދުތިބީހީ ޖަލުގަ “
މައުމޫނު ކޮށްދިން ކަމެއް ފެންނަން އޮތީ. އަންނި ވިދާޅުވި ތިމަންނަމެންގެ ވެރިކަމެއްގައި ކޮންމެ އަހަރަކު 1000 ފްލެޓް އަޅާދޭނަމޭ. 3 އަހަރު ވީއިރުވެސް އެންމެ ފުލެޓެއްވެސް އަންނިއަކަށް އަޅާދެވިފައެއް ނުވޭ. ދެން ވިދާޅުވި ކާބޯތަކެތީގެ އަގުހެޔޮކޮށްދޭނަމޭ. ހައްތާވެސް ދަނީ އަގުތައް މައްޗަށް. ޞިއްޙީ ޚިދުމަތް ދުވަހުން ދުވަހަށް ދަށަށްދާކަމަށް މިހާރު )ދިއްދޫމީހުންގެ ޒުވާބަށްފަހު( އެކަލޭގެ ވަނީ ޤަބޫލުކޮށްފަ. ސިފައިންނަށް އިތުބާރު ނުކުރާކަން އޭނާ ވަނީ އަމިއްލައަށް ވިދާޅުވެފަ. ޖީއެމް އާރަށް އެއަރޕޯރޓް ދިނީ އަމިއްލަ ފައިދާއަށްކަމަށް މިހާރު އެއޮތީ އިޢުތިރާފު ވެފައި. ލަންކާސިފައިން ސާކުސަމިޓަށް ގެންނަނީ ރާއްޖޭގެ ސިފައިންނަށް އިތުބާރު ނުކުރެވޭތީ. އެމީހުން ދެން މިވެރިކަމުގައި އަނބުރާ ފޮނުވާވެސް ނުލާގޮތަށް.
ވަޒީފާ ބަޔާނުގައިވާ މުސާރަ އާއި އެލަވަންސް ނުދީ އޮތީތަ.
ސުރުހީ ކިޔާފަ އާއެކޭ ނުވަތަ ނޫނެކޭ ބުނޭ؟
މައުމޫނަކީ މި ދިވެހި ޤައުމުގެ ހަލާކު. ދީން ފުނޑާލި، ޒުވާނުންގެ ހިތުން އިސްލާމްދީނުގެ އަޤީދާ ފޮހެލި، މުސްކުޅިންނާއި ދުވަސްވީ މީހުން ނަމާދާ ދުރުކުރުވި، މުސްކުޅިއެއްކައިރީ އަހާލަބަލަ މައުމޫން ވެރިކަމުގަހާ ރާއްޖޭގެ ރައްޔަތުން ނަމާދާ ދުރު ދުވަސްވަރެއް ރާއްޖޭގެ ތާރީޚްގައި އައިސްފައި ވޭތޯ؟ ޖަވާބު ނުވޭ.. މުޅި ރާއްޖޭގައި ޑުރަގުގެ ވަބާފެތުރި. ރިޝްވަތު ހައްދު ފަހަނައަޅާފަ. ނިކަމެތިންނަށް ނިކަމެތިކަން އިންތިހާއަށް، މަނަދޫ ސުކޫލަކީ ޖަޕާނު ސަރުކާރުން އަޅައިދިން ތަނެއް. އެދުވަސްވަރުގެ ކުރިން ޖަޕާނު ސަރުކާރުން ކަންކަންކުރަން ލާރި ދިނީ، އެކަމް ލާރިކޮޅު ކާތީ ފަހުން ތަކެތި، އޭގެފަހުން އައިސް ހަދައިދެނީ. މައުމޫނަކީ ދީނުގެ ނަމުގައި ހުރި ދީނުގެ އަދާވާތްތެރިއެއް. މީތޯ ތިބުނާ ތާރީޚް ފޮރުވުމަކީ.. މިކަހަލަ އާޓިކަލް ނުލިއުމަށް ނަސޭޙަތްތެރިވަން. އެހެންމީހުން ފާފަވެރި ކުރުވަން. އަހަރެން ހިތައް އަރާ މިއާޓިކަލް ލިއުނުމީހާއަށް ހަގީގަތް ނޭނގެނީ ބާއޭ! އަޖައިބުވަން.. މައުމޫން ދިވެހި ރައްޔިތުން ގެ ކިބައިން މާފަށް ނޭދޭހާ ހިނދަކު އޭނާ އަކަށް ދުވަހަކުވެސް ކާމިޔާބެއް ނުވާނެ. މާފަށް އެދި ތައުބާވެ ޞާލިޙް ޢަމަލް ކުރަން ފަށައިފިނަމަ އަހަރެން އޭނާއަށް މާފުކުރާނަން،.
އެއްޖިންސުން ކާވެނިކޮށްދިނުންފިޔަވާ މިގައުމުގައި މައުމޫން ނުފަތުރާނުބައިކަމެއްބުނެދީބަލަ. އެވަރުގެދަންނަބޭކަލެއްނަމަ ކީއްވެ ތިމާގެއަމިއްލަ ދަރިންނަށް ދީންކިޔަވައިނުދިނީ ލާރިނެތީތޯ ނުވަތަފޮނުވޭނެގޮތްނެތީތޯ ނޫނީ ރާއްޖެއިންބޭރަށްދާން ވިސާނުލިބުނީތޯ.
ބަލިމީހުންނަށް ޝިފާ ލިބެނީ މައުމޫނުގެ ކިބައިންކަން މިރިޕޯޓުން އެގެ ލިޔުންތެރިޔާ މުރުތައްދު ވާއިރުވެސް ނޭގެ މައުމޫނު ނަގަހައްޓަންވެގެން ބަލިތަކަށް ޝިފާދެއްވަނީ ގަދަކީރިތިވަންތަ ﷲ ކަންނޭގޭ މީހުން މިކަހަލަ ރިޕޯޓު ނުލިޔުން މާރަނގަޅުވާނެ އޭރުން މީހާ މުރުތައްދެއްނުވިސް
މަނަދޫ ރަންގަޅަށް ރިޕޯޓް ނުކިޔާ މީހުން މުރުތައްދު ކުރިޔަކަސް ނުވާނެ.. ހީވަނީ މަނަދޫ ވަގުތު ކޮޅު އައިސްފަހެން.. މަ ހީ ހީ
އަސާތީ ސުމެއް
ނޫނޭ މައުމޫނު ދިވެހިޤައުމަށްނޫނަކަސް ކަންކުރި އޭނާއަށްހޯދުނު ދަރިއެއްވިއްޔާ ހޯދިފައިވަނީ އޭނާގެއަމިއްލަމަސައްކަތުންނޭ އަޅުގަނޑު ދައްނާހިތްއޮތީ ކުރިބީ ޝައިޚް އެހެންފާޑުފާޑުގެ ވާހަކަދެއްކިޔަސް އެއީއެއްވެސް ޙަޤީޤަތެއްހުރިވާހަކައެއްނޫނޭ ވިދާޅުވެ އެޝޭޚުގެ ދުވަސްވެސްދުއްވާލީ އެމަނިކުފާނު.
އަދިހަމައެހެންމެ ހިންނަވަރު އަލްމަރްޙޫމް ޝައިޚް މުޙައްމަދު އިބްރާހީމް ރަޙިމަހުމުﷲ ( ޝައިޚް ޖަނާބް )
ގެދުވަސްވެސް ދުއްވާލި ހަމައެއާއި އެކުބީއޭނަސީމާއި ނޫރުމަޖައްލާ ނެރުމުގައި ޢަމަލީގޮތުންބައިވެރިވި އެތައްބައެއް ކަޅުބެ ޢަބުދުއއލަތީފް މެންކަހަލަ އޭނާވެރިކަމަށް ގެނައުމަށް މަސްޖިދުލް ޙަރަމަށްގޮސް ދުވާކޮށް އަމިއްލަޖީބުން ޚަރަދުކުރިމީސއމީހުންވެސް އޭނާގެ އަނިޔާގައި ޙަލާކުކޮށްލައިފައިވޭ މިހެންގޮސް އޭނާކުރި ވަރަށްް ގިނަކަންކަން ލިއެވިދާނެ ރާއްޖެއަށް ޑަޗްލޭޑީ މިލްކްތަޢާރަފްކޮށްދެއްވާ ކޮށްކޯފުޅު( ބަޓަރުބެ ) ކުޅުއްވާއުޅުއްވި ކުޅިވަރު ތަރައްޤީކޮށްދެއްވި ބޭބޭފުޅުންނަށް ހިތްވަރުދިނުމުގެ އިނާމުދެއްވާ އެކުޅިވަރު އާލާކޮށްދެއްވި.
އަދި މުޅިދުނިޔެއަށް އެކަމެއްގެސަބަބުން ނުރައްކާވެފައިވާ ޑްރަގްގެ ނުރައްކާތެރިކަން ހުރިވަރު ދިވެހިޒުވާނުންނަށް އަންގަވައިދެއްވާ އެކަމަށްދިވެހިޒުވާނުން ހޭލުންތެރިކޮށްދެއްވި.
އަލްމަރުޙޫމް އިބްރާހިމް ނާޞިރު އެމަނިކުފާނު ފައްޓަވައިދެއްވި މަސްވެރިކަމާއި ޓްވަރިޒަމް ދިވެހިޒުވާނުންގެ މިއްނެތްމަސައްކަތުން ދަތިއުދަގޫހުރަސްތައް ކަޑަޔުކޮށް ދުނިޔޭގެ މީހުންބަލައިގަންނަފަދަ ޚިދުމަތްތަކެއްދީ ކުރިއަރާފައިވާ ޤައުމުތަކާއިއެކު ފައިހަމަކޮށް ހޯދިނަމާއި ޝަރަފް އެމަނިކުފާނުކައްވާލެއްވި.
މިއީ އެމަނިކުފާނު ދިވެހިންނަށްޓަކާ ރެއާއިދުވާލު އެއްވެސް އަރާމެއްނެތި ކޮށްދެއްވިޚިދުމަތްތަކުގެތެރެއިން އަޅުގަނޑަށްފާހަގަކުރެވުނު މަދުކަމެއް.
ހީވަނީ މިލިއުމަކީ ކޮންމެވެސް އަތޮޅުވެރިއަކު ލިޔެފައިވާ ލިޔުމެއްހެން ،މައުމޫނަކީ ގޯސްމީހެއްނޫނޭ ،މާއްސަލައަކީ ޑިގްކުޅެފަ ނައިޓް ފިޝިން ނަށް ގޮސް. ހެދުނު އެގާރަ ބާރަ ޖަހާއިރު އޮފީސް ހުޅަވާފަ.. ފަރުވާ ކުޑަ ގޮތަކަށް ވެރިކަން ކުރުން، މަށާކީ އިކޮނަމިސްޓެއް، ތިރީސް އަހަރު މިގައުމާށް ހާދަފައިސާ އެއް ވަދެފަ ވީނުވީ އެއް ނޭގޭގި ގޮއްސާ ވެޔޭ . މިހެނެން ކީދާނެ. ކޯޓްތަށް ހަމަށް އަޅުވާލީމަ އޯކޭ ވާނެ، ދުބާއީން ފަޑިޔާރުން ގެން ނަނީ އޯ، ދޮހޮއްކޮބެ،
ރާއްޖޭގެ ތާރީޚުން މަސްތުވާތަކެތީގެ ވާހަކަ ފެންނަނީ މީލާދީން 1691 ން 1692 ށް ރަސްކަންކުރެއްވި މުހުޔިއްދީނުގެ ރަސްކަމުގެ ދުވަސްވަރު އެވެ. ޢާއްމުކޮށް އަފިހުން ވިއްކުން މަނަކުރެއްވީ 1965މ. ގަ އެވެ. މަސްތުވާތަކެތީގެ އެކިއެކި ބާވްތަތައް ޓޫރިސްޓުން ގެންނަންފެށީ 1974މ. ވަނަ އަހަރު އެވެ. ކ.ލ އަތޮޅުގައި މެރިޖުވާނާ ހެއްދީ 1984މ. ވަނަ އަހަރު އެވެ.