3 އިޑިއަޓްސްގެ ކާމިޔާބަށްފަހު ވިނޯދް ޗޯޕްރާ އާ ފިލްމަކަށް

ބޮލީވުޑްގް ފިޔަޖަހަމުންދާ އެކްޓަރ ރަންބީރު އަދި ޕްރޮޑިއުސަރު ވިނޯދް

3 އިޑިއަޓްސް، މުންނާ ބާއީ އެމް ބީބީއެސް، އަދި ލަގޭރަހޯ މުންނާބާއީފަދަ ކާމިޔާބު ފިލްމްތަކެއް ޕްރޮޑިއުސްކޮށްފައިވާ ވިނޯދް ޗޯޕްރާގެ މުޅިންއާ ފިލްމަކަށް، މަޝްހޫރު އެކްޓަރުންކަމަށްވާ ރަންބީރް ކަޕޫރް އަދި ޝަރްމަން ޖޯޝީ ހަމަޖައްސައިފިއެވެ. ވީވީސީ ޕްރޮޑަކްޝަންގެ މިފަހަރުގެ އުފެއްދުމަށްދީފައިވާ ނަމަކީ “ޗިތިޔާން.” އެވެ. މަޢުލޫމާތު ލިބެމުންތާގޮތުގައި، މިފިލްމަކީ  ރޮމޭންޓިކް ފިލްމެކެވެ.

އެގޮތުން މިފިލްމްވެގެންދާނީ 1942 އަ ލަވް ސްޓޯރީ އަދި ކަރީބްއަށްފަހު ވިނޯދް ޕްރޮޑިއުސްކުރާ ލޯބީގެ ފިލްމަށެވެ. އަދި މިފަހަރުގެ މިލޯބީގެ ފިލްމަކީ ތިންމީހެއްގެ ހަޔާތުގެ މައްޗަށް ބިނާވެފައިވާ ލަވް ޓްރެއިންގަލްއެއް ދައްކުވައިދޭ ފިލްމެއްކަމަށް ބައެއް މީޑިޔާތަކުން ބުނެފައިވެއެވެ.  އެގޮތުން ރަންބީރް އަދި ޝަރްމަން، ފިލްމްގެ ދެ ފިރިހެން ބަތަލާގެގޮތުގައި ފެނިގެންދާއިރު އަންހެން ބަތަލާއެއް އަދި ހަމަޖައްސާފައެއް ނުވެއެވެ.

ޝަރްމަން ޖޯޝީ ވިނޯދާއިއެކު

 ތަނޫޖާ ޗަންދާ ފިލްމްގެ ސްކްރިޕްޓް ލިޔަމުންދާއިރު އަދި މިފިލްމް ޑައިރެކްޓްކުރާނެ ފަރާތެއް ވިނޯދް ނުބުނެވެ. އެގޮތުން ފިލްމް ޑައިރެކްޓްކުރާނެ ފަރާތެއް ހަމަނުޖެއްސިގެން އުޅެނީ ފިލްމްގެ ލީޑް އެކްޓްރެސްގެ ބައި އަދާކުރާނެ ތަރިއަކާމެދު ވިސްނަމުންދާތީ ވިނޯދް ބުނެފައިވެ.

ކަމިޔާބު ހިޓް ފިލްމްތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ ވިނޯދް ޗޯޕްރާ ފިލްމްސްއަކީ އެންމެ ބޮޑެތި ޕްރޮޑަކްޝަން ކުންފުނިތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކުންފުންޏަކަށްވެފައި، ލީޑް ދެ އެކްޓަރުން މި ކުންފުންނީގެ މި ޕްރޮޖެކްޓްގެ ހިއްސާއަކަށްވުމުންތިބީ ވަރަށް އުފަލުންނެވެ.. މީގެއިތުރުން ފިލްމް ޕްރޮޑިއުސާރ ވިނޯދް މީޑީޔާއަށް މަޢުލޫމާތުދިންގޮތުގައި، އޭނާވެސް މިހުރީ ވަރަސްއުފަލުންކަމަށާއި، އަދި ފިލްމްގެ ސްކްރިޕްޓްގެ އެންމެފަހުގެ ޑްރާފްޓް ނިމިފައިއޮތުމުން މިހާރު ކުރަމުންދާ ކަމަކީ ސްކްރިޕްޓް ރީޗެކްކުރުމެވެ.. ކޮންމެއަކަސް މީޑިޔާއިން ފިލްމްގެ ދެ ލީޑްް އެކްޓަރުންނަށް ޝަރްމަންއާއި ރަންބީރް ހަމަޖެއްސީ ކޮންގޮތަކަށް ބެލުމަށްފަހުކަމަށް ކުރި ސުވާލަށް މިވަގުތު ޖަވާބުދޭން ބޭނުމެއްނޫންކަމަށް ފިލްމްގެ ޕްރޮޑިއުސާރ ވިނޯދް ބުނެފައިވެއެވެ.

މައުލޫމާތު | ހައްސާން

3 thoughts on “”

  1. 229 ދުވަސް ކުރިން ބެއްޔާ

    ވަރަށް ހިތްގައިމު ފިލުމަކަށް ވާނެކަމަށް އުންމީދު ކުރަމެވެ.

  2. 229 ދުވަސް ކުރިން ކިޔުންތެރިއެއް

    ވިނޯދު ލުކް ލައިކް އަ ވިމެން