Manadhoo Live

ނ. އަތޮޅު މަދަރުސާގެ ފުރަތަމަ 7 އަހަރަށް އަވަސް ނަޒަރެއް.
ތާރީޚް: 28/08/2008
 

ބެއްލެވި އަދަދު: 3| ޝާއިޢު ކުރެވުނީ: , މަގޭ ރިޕޯރޓް


- އަތިރިމަތިން -
Image
އަންނައަހަރުގެ މާރޗް 01 ވަނަ ދުވަހަކީ ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭ ދުވަހެވެ. މިދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި މަނަދޫގެ ހިތްވަރުގަދަ ކެރޭ ޒުވާނުންނާއި، މަނަދޫ ރައްޔިތުން ގުޅިގެން ގެންދަނީ ވަރަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިފަދަ މުހިންމު ވަގުތެއްގައި ނ. އަތޮޅު މަދަރުސާއާބެހޭ މަޢުލޫމާތު ޙިއްސާ ކުރުމާއި، ސްކޫލްގެ ތަރައްޤީއާމެދު ކުރެވޭ އުންމީދާއި، ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމާބެހޭ ތަފާތު ލިޔުންތައް ފެންނަމުން ދާ މިދަނޑިވަޅުގައި، ނ. އަތޮޅު މަދަރުސާގެ ފުރަތަމަ 7 އަހަރުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލާ، އެދުވަސްވަރު ސްކޫލްގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް ރިޕޯޓެއް ލިޔެ ހުށަހަޅާ ލުމަކީ މިއަދުގެ އާޒުވާނުންނަށް ކޮންމެވެސް ވަރެއްގެ މަޢުލޫމާތުކޮޅެއް ލިބިގެން ދާނެ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ.

:: މިލިޔުމަށް ޚިޔާލުފާޅުކުރެއްވުމަށް :: އިތުރު ތަފްސީލް

މަނަދޫ ރކ ކޮމެޓީގެ ކޯރަމް ގެ މައްސަލަ
ތާރީޚް: 28/08/2008
 

ބެއްލެވި އަދަދު: 45| ޝާއިޢު ކުރެވުނީ: , ތަވީދު ކޮލަމް


ލިޔުނީ: ޢަބްދުﷲ ސަޢީދު

Imageމަނަދޫ ރކ ކޮމެޓީގެ ކޯރަމް ހަމަނުވެގެން ތިން ހަތަރު ޖަލްސާ ބާއްވަން އުޅެ ނުބޭއްވިދާ ކަމުގެ ޚަބަރު އެމްއެލް އިން ލިބެން ފެށުމާއެކު މިއީ ކިހިނެތްވެގެންއުޅޭ ގޮތެއްތޯ ބަލާލުމުގެ ޝައުޤުވެރިކަން ހިތަށް ވެރިވެގެން ދިޔައެވެ. މީގެކުރިންވެސް މިކަހަލަ ކަންތައްތައް ހިނގާފައިނެތް ކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ މީގެ ކުރިން މިކަހަލަ ޚަބަރުތައް އަޅުގަނޑުމެންނާ ހަމައަށް އަންނަމުން ނުދާކަމެވެ.
ޚިޔާލުތައް (8) :: އިތުރު ތަފްސީލް

ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ނ. އަތޮޅުގެ ގޮޑިއަށް ކުރިމަތި ލެއްވުންއެދި އަތޮޅު ބަޔަކު މަނަދޫ މުޙަންމަދު ޠާރިޤަށް ބައިޢަތު ހިފައިފި
ތާރީޚް: 27/08/2008
 

ބެއްލެވި އަދަދު: 72| ޝާއިޢު ކުރެވުނީ: , ފަހުގެ ޚަބަރު


Imageކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނ.އަތޮޅުގެ ގޮނޑިއަށް ވާދަކުރެއްވުމަށް އެދި ނ.މަނަދޫ ރަތްވިލާގޭ މުޙަންމަދު ތޯރިޤަށް ނ.އަތޮޅުގެ ބައެއްރަށްރަށުގެ ޒުވާނުންގެ ވަފުދަކުން ދަންނަވައިފިއެވެ. ރޭއިރާކޮޅު ނޯތުކެފިޓީރިއާގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޒުވާނުންގެ ފަރާތުން އެކިރަށްރަށުގެ ބޭކަލުން ބައިވެރިވެފައިވެއެވެ. މިވަފުދުގައި ވެލިދޫ، ހޮޅުދޫ، މަނަދޫ، މާފަރު، ލަންދޫ، ކެނދިކޮޅު، ކުޅުދޫ، ހެނބަދޫ، ކުޑަފަރި، މިލަދޫ އަދި ޅޮހީގެ ޒުވާނުން ބައިވެރިވެފައިވެއެވެ.
ޚިޔާލުތައް (12) :: އިތުރު ތަފްސީލް

މަނަދޫ ރކ ކޮމެޓީގެ ކޯރަމް ހަމަނުވާ މައްސަލައިގައި ކޮމެޓީގެ މެންބަރުންނާއި އަތޮޅުވެރިޔާގެ މުއާވިން ބައްދަލުކުރައްވައިފި
ތާރީޚް: 27/08/2008
 

ބެއްލެވި އަދަދު: 27| ޝާއިޢު ކުރެވުނީ: , ފަހުގެ ޚަބަރު


Imageމަނަދޫގެ ރކ ކޮމެޓީގެ ކޯރަމް ހަމަނުވެގެން ކޮމެޓީ މެދުވެރިކޮށް ކުރަންހުރި ކަންތައްތައް ނުނިމި ދިގު ދެމިގެންދާ މައްސަލައިގައި ކޮމެޓީގެ މެންބަރުންނާ އަތޮޅުވެރިޔާގެ މުއާވިން ޢަބްދުﷲ ޢަބްދުލްވާޙިދު މިރޭ ބައްދަލު ކުރައްވައިފިއެވެ. އަތޮޅު އޮފީހުގައި ބޭއްވެވި މި ބައްދަލުކޮށްލުމަށް  ހަތަރު މެންބަރުން ހާޒިރުވެލެއްވިއިރު، ދެ މެންބަރުން ތިއްބެވީ ސަލާމުގައެވެ. އެއް މެންބަރު ރަށުގައިނެތްއިރު، ދެ މެންބަރަކު ސޮއިކުރެއްވުމަށްފަހު، ބައްދަލުވުމުގައި ބައިވެރިވެ ލައްވާފައެއްނުވެއެވެ.
ޚިޔާލުތައް (1) :: އިތުރު ތަފްސީލް

ހަލާދަނޑީގެ ދެކޮޅުބަލާށެވެ!
ތާރީޚް: 27/08/2008
 

ބެއްލެވި އަދަދު: 89| ޝާއިޢު ކުރެވުނީ: , މަގޭ ރިޕޯރޓް


ލިޔުނީ: އަތިރިމަތިން-

Imageމީހުންގެ ވިސްނުމާއި ފިކުރު ބަދަލުކުރުމަށް ކުރެވޭ ހަނގުރާމަ މިއަދު މިވަނީ ވަރަށް ވަރުގަދަވެފައެވެ. ކޮންމެ ގޮތަކުންވެސް އެބަޔަކު ބޭނުންވާ ގޮތަކަށް މީހުންގެ ހިތްތައް ލަންބުވާލުމަކީ މިއަދު އެބައިމީހުންގެ ޢަޒުމެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ފަތުރައި، ދޮގު ވާހަކަތައް ދައްކައި، ކަންކަން އޮޅުވާލުމަކީ މިއަދު ވަރަށް ގިނަބަޔަކު ކުރަމުންދާ މަސައްކަތެކެވެ. އެއްގޮތަކުން ނުވެއްޖެއްޔާ އަނެއް ގޮތަކުންވެސް އެބަޔަކު ބޭނުންވާ ނަތީޖާ ހޯދުމަށެވެ.
ޚިޔާލުތައް (8) :: އިތުރު ތަފްސީލް

މަނަދޫ ރކ ކޮމެޓީން ވަކިވުމަށް އަސްލަމް އިސްތިޢުފާ ހުށަހަޅުއްވައިފި
ތާރީޚް: 27/08/2008
 

ބެއްލެވި އަދަދު: 55| ޝާއިޢު ކުރެވުނީ: , ފަހުގެ ޚަބަރު


Imageމަނަދޫ ރކ ކޮމެޓީގެ މެންބަރު އަދި މިދައުރުގެ އެކޮމެޓީގެ ސެކްރެޓަރީ މަނަދޫ ނޫރުވާދީ އިބްރާހިމް އަސްލަމް ރކ ކޮމެޓީން އިސްތިޢުފާ ދިނުމަށް ހުށަހަޅުއްވައިފިއެވެ. މުއުތަބަރު ފަރާތަކުން މިޚަބަރު އެމްއެލްއަށް ލިބުމާއެކު އަސްލަމަށް އެކަން ދަންނަވާލުމުން އެކަންވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އަސްލަމް ބުނުއްވި ގޮތުގައި ރކ ކޮމެޓީން އިސްތިޢުފާ ދެއްވުމަށް ހުށަހެޅުއްވި ނަމަވެސް ކޮމެޓީގެ ރައީސް އެކަން ޤަބޫލުކުރައްވާ އެކަން އަންގަވަންދެން ޖަލްސާތަކުގައި ބައިވެރިވެ، ކޮމެޓީގެފަރާތުން ކުރާ ކޮންމެ ކަމެއްގައިވެސް އަމަލީގޮތުން ހަރަކާތްތެރިވެ އުޅުއްވާނެއެވެ.
ޚިޔާލުތައް (5) :: އިތުރު ތަފްސީލް

މަނަދޫ ރކ ކޮމެޓީގެ ކޯރަމް ހަމަނުވެގެން 4 ވަނަ ޖަލްސާވެސް ކެންސަލް ކުރައްވައިފި
ތާރީޚް: 27/08/2008
 

ބެއްލެވި އަދަދު: 38| ޝާއިޢު ކުރެވުނީ: , ފަހުގެ ޚަބަރު


މަނަދޫ ރކ ކޮމެޓީގެކޯރަމް ހަމަ ނުވެގެން 4 ވަނަ ޖަލްސާވެސް ކެންސަލް ކުރައްވައިފިއެވެ. ރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލް ކުރެއްވީ ޢާންމު މެންބަރުންގެ ގޮތުގައި ހާޒިރުވާންޖެހޭ 5 މެންބަރުން ހަމަނުވެގެންނެވެ. ރޭގެ ޖަލްސާއަށް ހާޒިރުވީ ރކ ކޮމެޓީގެ ރައީސްގެ ހައިސިއްޔަތުން ކަތީބު ޙަސަން އިބްރާހިމްގެ އިތުރުން 4 މެންބަރުންނެވެ.
ޚިޔާލުތައް (4) :: އިތުރު ތަފްސީލް

<< ފެއްޓުން < ކުރީގެ ބައި 1 2 3 4 5 6 7 8 9 10 އިތުރު ބައިތައް > ނިމުން >>

ސަފްހާ 1 - 12 ގެ 533

ހިޔާލު

މަނަދޫގައި މިހާރު އެންމެ ޙަރަކާތްތެރި ޖަމުޢިއްޔާއަކީ
 

މިވަގުތު ސައިޓް ބޭނުންކުރަނީ

މިވަގުތު 1 މެހުމާން އޮންލައިން

Dhivehi Font

އިތުރު ވެބްސައިޓް ތައް

Noonu Atoll Office

ތާރީޚް


ދަތުރު ޝެޑިއުލް

މާފަރު ބޯޓް
މިހާރު  ނ. އަތޮޅު ގައި
ގުޅޭނެ ނަމްބަރ: 9768002
ލަންދޫ ބޯޓް

 މިހާރު  މާލޭ ބަނދަރުގައި .  މިރޭ 9:30 ގައި މާލޭ ބަނދަރުން ފުރުމަށްވަނީ ހަމަޖެހިފައި
ގުޅޭނެ ނަމްބަރ: 9972555

 

Fund

Purple Garden Restaurant
ފުރަތަމަ ސަފްޙާ